Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

އަމޯރިމް ބުނީ މިއީ ޔުނައިޓެޑުގެ ތާރީޚުގައި ވެސް އެންމެ ދަށް ޓީމު ކަމަށް

މިވަގުތު ލީގު ތާވަލްގެ 13 ވަނައިގައި ޔުނައިޓެޑު އޮތްއިރު، މީގެ ކުރިން އަމޯރިމް ވަނީ ޔުނައިޓެޑު ރެލިގޭޓު ވެދާނެ ކަމަށް ވެސް ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2025 | އަންގާރަ 04:09
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގައި މިހާރު އޮތް ޓީމަކީ، އެ ޓީމުގެ ތާރީޚުގައި ވެސް އެންމެ ދަށް ޓީމު ކަމަށް، ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ރުބެން އަމޯރިމް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އަމޯރިމް ބުނީ މިވަގުތު ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ވެސް ހިތްދަތިކަން ތަހަންމަލު ކުރަން ޖެހިފައިވާކަން ޤަބޫލު ކުރާ ކަމަށެވެ. އަމޯރިމް ބުނީ އޭނާ އަށް މިވަގުތު ލިބިފައި އޮތް ޓީމަކީ ޔުނައިޓެޑުގެ ތާރީޚުގައި ވެސް އެންމެ ދަށް ޓީމު ކަމަށް ޤަބޫލު ކުރާ ކަމަށެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ބަލިވުމަކީ ބަލައި ގަންނަން އުނދަގޫ ކަމެއްކަން ފާހަގަ ކުރަމުން އަމޯރިމް ބުނީ، ޚާއްސަކޮށް ބައި ކޮޅަށް ލަނޑުތަކެއް ވަތް ގޮތަކީ އޭނާ އަށް ޤަބޫލު ކުރަން ދަތި ކަމެއް ކަމަށެވެ.

މީޣެ އިތުރުން އަމޯރިމް ބުނީ ބައެއް ވަގުތުތަކުގައި ޔުނައިޓެޑުން ރަނގަޅަށް ކުޅެން މަސައްކަތް ކުރި ނަމަވެސް، އެކަން ދަމަހައްޓަން އުނދަގޫވާ ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑުގެ ކުޅުންތެރިންގެ ކިބައިން ހާސްކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށާއި، އެކަމުގައ ފައިދާ އިދިކޮޅު ޓީމުން ނަގާ މަންޒަރު ފެންނަ ކަމަށެވެ. އެކަން ފާހަގަކޮށް އަމޯރިމް ބުނީ، ޙާލަތު ބަދަލު ކުރުމަކީ ނުވަތަ އަނބުރާލުމަކީ ވެސް ދަތިކަމެއް ކަމަށެވެ. އަމޯރިމް ބުނި ގޮތުގައި ކުރަން ޖެހިފައި އޮތީ އުނދަގޫ އަދި އެހާމެ ބުރަ މަސައްކަތެކެވެ.

މި ސީޒަންގައި ޔުނައިޓެޑުގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާއިރު، މިއީ ޔުނައިޓެޑުގެ ތާރީޚުގައި ވެސް އެ ޓީމަށް އެންމެ ދަށް ފަހަރެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޔުނައިޓެޑުގެ ކޯޗުކަމާ އަމޯރިމް ހަވާލުވީއިރު ވެސް، އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުގެ ނަތީޖާތައް ދަށްވާތީ، އޭނާ އަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. މިވަގުތު ލީގު ތާވަލްގެ 13 ވަނައިގައި ޔުނައިޓެޑު އޮތްއިރު، މީގެ ކުރިން އަމޯރިމް ވަނީ ޔުނައިޓެޑު ރެލިގޭޓު ވެދާނެ ކަމަށް ވެސް ބުނެފަ އެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން

26 އެޕްރީލު 2017
ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން
08 އެޕްރީލު 2017

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު