Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ބިދޭސީ ކުޅުންތެރިންގެ ޤަވާއިދު ބަދަލުކޮށް، ދެން ގެނެވޭނީ ބިދޭސީ ތިން ކުޅުންތެރިން

20 ޖެނުއަރީ 2025 | ހޯމަ 04:58

އެންމެ ފަހުން އަމަލު ކުރަމުން ދިޔަ ބިދޭސީ ކުޅުންތެރިންގެ ޤަވާއިދުގައި އޮތް ގޮތުން، ކޮންމެ ކުލަބަކަށް ވެސް ބިދޭސީ ހަ ކުޅުންތެރިން ގެނެވޭނެ އެވެ. އެގޮތަށް ޤަވާއިދަށް ބަދަލު ގެންނަން އެފްއޭއެމް އިން ނިންމީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖެނުއަރީ 2025 | ހޯމަ 04:58
މާޒިޔާގެ ފަރިތަކުރުމެއްގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔަކު ބައިވެރި ވަނީ

މާޒިޔާގެ ފަރިތަކުރުމެއްގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔަކު ބައިވެރި ވަނީ

ކުލަބުތަކަށް ބިދޭސީ ކުޅުންތެރިން ގެނެވޭ ޤަވާއިދު ބަދަލުކޮށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކަން ކުލަބުތަކަށް އަންގައިފި އެވެ.

އެންމެ ފަހުން އަމަލު ކުރަމުން ދިޔަ ބިދޭސީ ކުޅުންތެރިންގެ ޤަވާއިދުގައި އޮތް ގޮތުން، ކޮންމެ ކުލަބަކަށް ވެސް ބިދޭސީ ހަ ކުޅުންތެރިން ގެނެވޭނެ އެވެ. އެގޮތަށް ޤަވާއިދަށް ބަދަލު ގެންނަން އެފްއޭއެމް އިން ނިންމީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަމަވެސް މިހާރު އެފްއޭއެމް އިން ވަނީ، ކުލަބުތަކަށް ގެނެވޭނީ ބިދޭސީ ތިން ކުޅުންތެރިން ކަމަށް ކަނޑައަޅައި، އެ އަދަދު ކުޑަކޮށްފަ އެވެ. އެފްއޭއެމުން އެކަން ނިންމާފައި ވަނީ އެފްއޭއެމްގެ ޓެކްނިކަލް ކޮމެޓީއާ މަޝްވަރާކޮށް، އެ ކޮމެޓީން އިރުޝާދު ދީފައިވާ ގޮތުގެ މަތިން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެފްއޭއެމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ ފެބްރުވަރީ މަހުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމަށް މަސައްކަތް ކުރަމުންނެވެ. މިވަގުތު އެފްއޭއެމް އިން ތާވަލްކޮށްފައިވާ ގޮތުން އަންނަ ފެބްރުވަރީ މަހުގެ 14 ވަނަ ދުވަހު ސީޒަން ހުޅުވާ މެޗު ކުޅޭނެ އެވެ. އޭގެ ފަހުން ފެބްރުވަރީ މަހުގެ 21 ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތް ފަށާނެ އެވެ. އެ މުބާރާތަށްފަހު، ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލްކޮށްފައި ވަނީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު އެވެ.

އަންނަ މަހު ފުޓުބޯޅަ ސީޒަން ފަށަން ތައްޔާރުވަމުން އަންނައިރު، މިހާތަނަށް ރަސްމީކޮށް ފަރިތަކުރުންތައް ފެށި ހަމައެކަނި ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ކުޅުންތެރިންގެ ހިތްވަރަށް ސާބަސް، މޯހަން ބާގަން ބަލިކުރުން މަޖުބޫރު: ސެކުލޮވްސްކީ

02 މެއި 2017
ކުޅުންތެރިންގެ ހިތްވަރަށް ސާބަސް، މޯހަން ބާގަން ބަލިކުރުން މަޖުބޫރު: ސެކުލޮވްސްކީ
31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
18 މާރިޗު 2017

ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

18 މާރިޗު 2017
ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
27 ފެބުރުއަރީ 2017

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް