Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަގަށް ޕީއެންސީ އަށް މީހުން ވެއްދުން

ޕީއެންސީން ބޭނުން ވަނީ ރައްޔިތުންނަށް ބިރުދައްކައި ބޭނުންކަމެއް މުވައްސަސާތައް މެދުވެރިކޮށް ކުރެވޭނެކަން ދައްކަން - ފައްޔާޒް

13 ޖެނުއަރީ 2025 | ހޯމަ 13:25

މިއަދު ފެނިގެން މިދަނީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ގަސްދުގައި އިލެކްޝަންސް ކޮމިޝަންގެ އިންޓެގްރިޓީ ރައްޔިތުންގެ ކުރިމަތީގައި ދުއްވާލާތަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޖެނުއަރީ 2025 | ހޯމަ 13:25
އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އިންޓަރވިއުދެއްވަނީ

އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އިންޓަރވިއުދެއްވަނީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭނުންވަނީ ރައްޔިތުންނަށް ބިރުދައްކައި ބޭނުންކަމެއް މުވައްސަސާތައް މެދުވެރިކޮށް ކުރެވޭނެކަން ދައްކަން ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދުގެ ނަމުގައި ހުށަހެޅި ވަގު ފޯމުގެ ކޮޕީއެއް ހޯދުމަށް ހޯމަ ދުވަހުގެ މެންދުރު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ބައްދަލުވުމަށްފަހު ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ކަންބޮޑުވުން އޮތީ އިލެކްޝަންސް ކޮމިޝަންގެ އިންޓެގްރިޓީއާއި އިތުބާރާއިމެދު ސުވާލު އުފެދިފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ މި ވާހަކަތައް ދައްކަނިކޮށް ފެނިގެންދިޔައީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ޕާޓީ އޮޅުވާލައިގެން ބަދަލުކުރިތަން ކަމަށެވެ. ދެން ފެނުނީ މަޖިލިސް މެންބަރެއްގެ ޕަޓީ ބަދަލުކުރިތަން ކަމަށެވެ. ފައްޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ތެރެއަށް އެއްވެސް ބަޔަކަށް ނުފޫޒު ނުފޯރުވޭނެކަމުގެ ޔަގީންކަން ރައޔްިތުންނަށާއި، ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންޖެހޭ ކަމަށެވެ. ފައްޔާޒް ވިދާޅުވީ ކުރިމަތީގައި އޮތީ އިންތިހާބުތަކެއް ކަމަށާއި، ފެބްރުއަރީ މަހުގައި ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަންތަކެއް އެބައޮތް ކަމަށާއި، 2026 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެބައޮތް ކަމަށެވެ. މީގެ 2028 ގައި ރިޔާސީ އިންތިހާބު އަދި 2029 ގައި މަޖިލިސް އިންތިހާބު އެބައޮތް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ޑިމޮކްރަސީގެ ދަތުރުގައި އެންމެ މުހިންމު އެއް މުއައްސަސާއަކީ އިލެކްޝަންސް ކޮމިޝަން ކަމަށާއި، ރައްޔިތުންގެ ބާރު ދެކޭގޮތް ތަންފީޒުކުރާ ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށާއި، ނަމަވެސް މިއަދު ފެނިގެން މިދަނީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ގަސްދުގައި އިލެކްޝަންސް ކޮމިޝަންގެ އިންޓެގްރިޓީ ރައްޔިތުންގެ ކުރިމަތީގައި ދުއްވާލާ، ތިމަންނާމެން ބޭނުން ގޮތަކަށް ކަންކަން ކުރެވޭނެ ކަަމަށް ރައްޔިތުންނަށް ދައްކާ ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އަދުލު އިންސާފު ގާއިމްކޮށް ދިވެހިންގެ މިނިވަންކަމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އުއްމީދުކުރަނީ އިލެކްޝަންސް ކޮމިޝަނާއިއެކު ދެކެވުނު ވާހަކައިގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުގައި އޮތް ކިލަނބުކަން ނައްތާލުމަށް ވައުދުވިގޮތަށް އަދި ދިން ޔަގީންކަމާއެކީގައި މަސައްކަތް ކުރައްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން އެ ފުރުސަތު ދޭނެކަމަށާއި، އަމަލީ ސިފައެއްގައި އެކަން ނުވާނަމަ ރައްޔިތުންގެ ދިފާއުގައި ކުރަންޖެހޭ ކަންކަން އެމްޑީޕީން ނިންމާނެ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސްކުރުން މަޑުޖައްސާލަން އެދުނު ނަމަވެސް މިހާތަނަށް ވެސް އެކަން ކޮށްފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެއްދި މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ކުށްވެރިކޮށްފައެވެ.

ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އެކި ފަހަރު މަތިން ގެނެސްފައިވައިވެއެވެ. ނަމަވެސް މިހާތަނަށް ވެސް އިލެކްޝަންސް ކޮމިޝަނުން މިކަމުގައި އެއްވެސްގޮތަކަށް އަމަލުކޮށްފައި ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް