Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިނަރެސް އެކްސިޑެންޓް

ވިނަރެސް ކައިރީގައި ހިނގި އެކްސިޑެންޓް - އިކްރާމް 70،000 ރުފިޔާއިން ޖޫރިމަނާކޮށް 3 މަހުގެ ޖަލުހުކުމެއް

12 ޖެނުއަރީ 2025 | އާދީއްތަ 14:01

ބަންދުގައި ހުރި ދުވަސްތައް އުނިކުރުމަށްފަހު ބަންދުގައި އިތުރަށް ހުންނާކަށް ނުޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖެނުއަރީ 2025 | އާދީއްތަ 14:01
ވިނަރެސް ކައިރި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ

ވިނަރެސް ކައިރި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް 70،000 ރުފިޔާއިން ޖޫރިމަނާކޮށް 3 މަހުގެ ޖަލުހުކުމެއް އިއްވައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓް ކައިރީގައެވެ. މި ހާދިސާގައި ރޭސިންގ ކާރެއް ދުއްވާފައި ގޮސް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައިވެއެވެ.

Advertisement - newsAdvertisement

ބާރު ސްޕީޑްގައި ދުއްވާފައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ވަނީ އެދުވަހު ފިލައިގެން ގޮސްފައެވެ. އަދި ފަހުން އޭނާއެކު އެ ކާރުގައި ތިބި އިތުރު 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ހ. ނޫރަަންމާގެއާގެ، އިކްރާމުއްރަހްމާން އާއި، މ. ލޭންޑްއޮފްގާރޑްން އިބްރާހީމް އިކްރާމާއި، ގއ. ކަނޑުހުޅުދޫ އާޒާދުގެ، ޖިނާހް އިސްމާޢީލްއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އާދީއްތަ ދުވަހު އޮތީ ހުކުމް އިއްވުމެވެ. މި މައްސަލާގައި އިކްރާމް ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވެއެވެ.

މި އަޑު އެހުމުގައި 4 ހުކުމެއް ވަނީ އިއްވާފައެވެ.

އެކްސިޑެންޓު ވުމުން އެ ކަމުގެ ރިޕޯޓު ނުކުރި މައްސަލައިގައި އިކްރާމްގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ ހުއްދަ ކުރެވިފައިވާ ވަރަށްވުރެ ބާރު ސްޕީޑެއްގައި ކާރު ދުއްވާފައިގޮސް ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގަށް ލަނބާލި ވަގުތު ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިލަލުގައި ކާރުން ޖެހި އެކްސިޑެންޓްވުމުން، އެކަން، ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓްނުކޮށް އެ ސަރަހައްދުން ގޮސްފައިވާކަން ސާބިތުވާކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 531 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން އިކްރާމާއި ދައުލަތާއި ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން 27 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމައި ކަނޑައަޅައި އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަދަބު 5400 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް 8 މަސް ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަންގާ ހުކުމްކޮށްފައެވެ.

އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިން މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ކާރު އައިސް ޖެހުނު ސައިކަލުގައި އިން އަހުމަދު އަބާން އަލީގެ ހަށިގަނޑަށް ބޮޑެތި އަނިޔާ ލިބިފައިވަނިކޮށް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމެއް ނެތި އެ ސަރަހައްދުން އިކްރާމް ގޮސްފައިވާ ކަން އޭނާގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 618 ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރުގެ ދަށުން އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން އިކްރާމާއި ދައުލަތާއި ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން 3 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމައި ކަނޑައަޅައި އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަދަބު 600 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް 8 މަސް ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަންގާ ހުކުމްކޮށްފައެވެ.

މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ އެކްސިޑެންޓްވުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި މީހުންނަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވާފައިވާކަން އިކްރާމުގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 121 ވަނަ މާއްދާގެ (ހ) އާއި 121 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން އިކްރާމާއި ދައުލަތާއި ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން 6 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމައި ކަނޑައަޅައި މި މުއްދަތުގެ ތެރެއިން 3 މަސް ދުވަހުގެ މުއްދަތަކީ އޭނާގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު ކަމަށް ކަނޑައަލައި ބާކީ 3 މަހާއި 6 ދުވަހުގެ ޖަލު އަދަބު 19،200 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް، މި ފައިސާ 8 މަސް ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަންގާ ހުކުމްކޮށްފައެވެ.

އަނިޔާއެއް ދިނުމުގެ މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ އިކްރާމް ދުއްވަން އިން ކާރުން އަހުމަދު އަބާން އަލީ އިން ސައިކަލުގައި ޖެހި އަބާންގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އިކްރާމުގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 121 ވަނަ މާއްދާގެ (ހ) އާއި 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން އިކްރާމާއި ދައުލަތާއި ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން 1 އަހަރާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމައި ކަނޑައަޅައި މި މުއްދަތުގެ ތެރެއިން 5 މަސް ދުވަހުގެ މުއްދަތަކީ އޭނާގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު ކަމަށް ކަނޑައަޅައި ބާކީ 7 މަހާއި 12 ދުވަހުގެ ޖަލު އަދަބު 44،800 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް، މި ފައިސާ 8 މަސް ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަންގާ ހުކުމްކޮށްފައެވެ.

އިކްރާމުގެ މައްޗަށް 70،000 ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައިވާއިރު، ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާތީ އޭނާ ބަންދުގައި ހުންނަން ނުޖެހޭނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް