Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މިނިވަން ވިޔަފާރި

ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން – މަހުގެ ބާވަތްތައް އިމްޕޯޓު ކުރާ ވާހަކަ

ދިވެހި ސަރުކާރުން ސީއެންއެފްޓީއޭ ފާސްކުރަން މަޖިލީހަށް ފޮނުވި ލިޔުންތަކުގައި ސިނާއަތްތަކާ މަޝްވަރާ ކުރި ކަމަށް އެބައޮތެވެ. ސީފުޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ނަން ލިޔެފަ އެބަ އޮތެވެ. ނަމަވެސް ސަރުކާރުގެ މި އައު ސިޔާސަތަށް ސިނާއަތުގެ ފާރާތްތަކުން ތިބީ ހައިރާންވެފައެވެ.

ރިޔާޒް މަންސޫރު
ރިޔާޒް މަންސޫރު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 08:54
ދޯންޏެއްގެ ތައްޓުމަތީގައި މަސްވެރިއަކު ކަންނެއްޔެއް ކަނޑަނީ

ދޯންޏެއްގެ ތައްޓުމަތީގައި މަސްވެރިއަކު ކަންނެއްޔެއް ކަނޑަނީ

ދިވެހި ސަރުކާރުން ނުދައްކާ ވާހަކައެވެ. އެއްވެސް ވަރަކަށް ނުދައްކާ ވާހަކައެވެ. ކޮންވާހަކައެއްދޯއެވެ؟ ސީއެމްއެފްޓީއޭގެ ދަށުން ދިވެހިރާއްޖެއަށް މަހުގެ ބާވަތްތައް އިމްޕޯޓު ކުރުމުގެ ވާހަކައެވެ. މިހާތަނަށް ދިވެހިރާއްޖޭގައި ވެރިކަންކުރި ހުރިހާ ސަރުކާރެއް ގަބޫލުކޮށް އަމަލުކުރި ސިޔާސަތުގެ މިސްރާބު އުތުރުން ދެކުނަށް އަނބުރާލި ވާހަކައެވެ.

ސީއެމްއެފްޓީއޭ އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ގިނަ ވީޑިއޯތަކެއް ނެރުނެވެ. ދިވެހި ސަރުކާރުން ދެކޭގޮތުގައި ދިވެހި މަސްވެރި އެކްސްޕޯޓަށް އަންނާނެ ހެޔޮބަދަލުގެ ވާހަކަ ދެއްކެވިއެވެ. ހަމަ ރަނގަޅެވެ. އެހެންނަމަވެސް، މަސްވެރި އެކްސްޕޯޓުގެ ވާހަކަ ދެއްކެވިއިރު، މަސްވެރި އިމްޕޯޓުގެ ކަންކަން އޮތްގޮތާމެދު އެއްވެސް ވާހަކައެއް ވިދާޅެއް ނުވެއެވެ. މިކަން ގޯހެވެ.

Advertisement - businessAdvertisement

ދިވެހިރާއްޖޭގެ މަހުގެ އެކްސްޕޯޓަށް ބަލާލާއިރު 2 ބާވަތެއް އުޅެނީ މާކުރީގައެވެ. އެއީ ގަނޑުކުރި ރޯމަހާއި (030343) ދަޅުމަސް ފަދަ މަހުގެ ތައްޔާރީ (160414) އުފެއްދުމެވެ. މިބާވަތްތަކުން 2023 ގައި 84 މިލިއަން ޑޮލަރާއި އަދި 39 މިލިއަން ޑޮލަރުގެ އެކްސްޕޯޓު ކުރިއެވެ. މި އަދަދުތަކުން މިފެންނަނީ އެކިއެކި ސަރުކާރުތަކުގައި އެކިއެކި ރައީސުންނާ ވަޒީރުންނާ މަސްވެރި ސިނާއަތުގެ މީހުން ދައްކަމުންދިޔަ ވާހަކައެވެ. ރޯމަސް އެކްސްޕޯޓު ކުރުން މަދުކޮށް ފައިދާ ބޮޑު ދަޅުމަސް ފަދަ ތައްޔާރީ އުފެއްދުންތަކުގެ އެކްސްޕޯޓު އިތުރު ކުރަން ޖެހޭކަމެވެ. އެހެން ގައުމުތަކުން ފައިދާ ބޮޑު އުފެއްދުންތައް ހަދާ އެކްސްޕޯޓު ކުރަނީ ދިވެހިރާއްޖޭގެ ރޯމަސް އެ ގައުމުތަކަށް އެތެރެ ކޮށްގެންނެވެ.

މިއަދުގެ ހާލަތަށް ބަލާއިރު، ދިވެހިރާއްޖޭން އެންމެ އިސްކަމެއް ދީގެން ރައްކާތެރިކަން ދޭންޖެހެނީ 160414 ގެ އުފެއްދުމާއި އެބާވަތުގެ އެކްސްޕޯޓް ރައްކާތެރި ކުރުމަށެވެ. އަގުހެޔޮ އިމްޕޯޓްތަކުން މިބާވަތުގެ އުފެއްދުންތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި ހުރިހާ ސަރުކާރަކުންވެސް ދިޔައީ އިމްޕޯޓު ޑިއުޓީއެއް ނަގަމުންނެވެ. އެންމެ ފަހުން ނަގަމުން ދިޔައީ 35 އިންސައްތަ އިމްޕޯޓު ޑިއުޓީއެކެވެ. ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާގެ އެފްޓީއޭ (ސާފްޓާ) ގެ 15 އަހަރުވީ މެމްބަރެކެވެ. އެހެންނަމަވެސް، ސާފްޓާ އަށްވެސް އެއްވެސް ލުޔެއް ނުދީ 35 އިންސައްތަ އިމްޕޯޓު ޑިއުޓީ ދިޔައީ ނަގަމުންނެވެ. ސަރުކާރުގެ ސިޔާސަތު އެއްކޮށް ބަދަލުކޮށް ސީއެމްއެފްޓީއޭގެ ތެރޭން މިބާވަތުގައި ހިމެނޭ ކަނޑުމަހަށް ނަގާ އިމްޕޯޓު ޑިއުޓީ ވަނީ 0 އިންސައްތައަށް ހަދާ އެއްކޮށް އެވަނީ ކަނޑާލާފައެވެ. ދިވެހިރާއްޖޭގެ ކަސްޓަމްސް އިދާރާގެ ވެބްސައިޓުގައި މިކަން ސާފުކޮށް ލިޔެ ފެންނަން އެބައޮތެވެ. 

ނިމިދިޔަ އަހަރު (2024) ގައި ފިހާރަތަކުގައި ހިނގާލާއިރު އިމްޕޯޓު ކޮށްފަހުރި (ކަނޑުމަހުގެ) ދަޅުމަސް ފެނެއެވެ. ތައިލެންޑް، ޗައިނާ (ހޮންގް ކޮންގް) ގެ ދަޅުމަސް ވިއްކަން ހުރެއެވެ. އެ ދަޅުމަސް އެތެރެކޮށްފައި އެހުރީ 35 އިންސައްތަ އިމްޕޯޓު ޑިއުޓީ ދައްކައިގެންނެވެ. އިމްޕޯޓު ޑިއުޓީ ދައްކައިގެންވެސް ވިޔަފާރި ކުރެވެއެވެ. ޗައިނާއަކީ މިބާވަތުގެ ދުނިޔޭގެ 3 ވަނަ އެކްސްޕޯޓަރެވެ. މިހާލުގައި އިމްޕޯޓު ޑިއުޓީ 35 އިންސައްތައިން 0 އިންސައްތަ ބަދަލު ކުރީމާ ވާނެގޮތް ނޭގޭނީ ކާކައްހެއްޔެ؟

އަދި ނިމުނީ އެއް ނޫނެވެ. ސީއެމްއެފްޓީއޭގައި މި (160414) ބާވަތުގެ ހިމެނޭ ބޮޑުކަންނެލި މަހަށް ކުރީގައި 35 އިންސައްތް އިމްޕޯޓު ޑިއުޓީ ނަގަމުން ދިޔަނަމަވެސް، މިހާރު ވަނީ 15 އިންސައްތައަށް އިމްޕޯޓު ޑިއުޓީ ކުޑަކޮށްދީފައެވެ. ކަންމިހެން އޮތްނަމަވެސް، ދިވެހިރާއްޖޭގެ ކަސްޓަމްސް އިދާރާގެ ވެބްސައިޓުގައި މި ބަދަލެއް އަދި ނުގެނެއެވެ. މިކަމުގައި މިވަގުތު ސީއެންއެފްޓީއޭ އާއި ދިވެހި ސަރުކާރުގެ ނިންމުން ތަފާތެވެ. މިކަން މިވާގޮތެއް ސަރުކާރާއައި ކަސްޓަމްސް އިން ސާފުކޮށްދެއްވަން ވީނޫންތޯއެވެ؟

މިހާތަނަށް ރާއްޖޭގެ ވެރިކަންކުރި ހުރިހާ ސަރުކާރަކަށް ވުރެ މިސަރުކާރު ކުޅަދާނައީ ހެއްޔެވެ؟ ސިނާއަތުގައި އެތަށް އަހަރެއްގެ ތަޖުރިބާހުރި އެތައް ފަރާތަކަށް ވުރެ މިސަރުކާރު ތަޖުރިބާ ބޮޑީ ހެއްޔެވެ؟

ދިވެހި ސަރުކާރުން ސީއެންއެފްޓީއޭ ފާސްކުރަން މަޖިލީހަށް ފޮނުވި ލިޔުންތަކުގައި ސިނާއަތްތަކާ މަޝްވަރާ ކުރި ކަމަށް ބަޔާން ކޮށްފައި އެބައޮތެވެ. ސީފުޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ނަން ލިޔެފަ އެބަ އޮތެވެ. ނަމަވެސް ސަރުކާރުގެ މި އައު ސިޔާސަތަށް ސިނާއަތުގެ ފާރާތްތަކުން ތިބީ ހައިރާންވެފައެވެ.

ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ މިފްކޯ ކުންފުންޏަކީ ދިވެހި ބާޒާރަށް ގިނަ އަދަދަކަށް މަސްދަޅު ނެރޭ އަދި ވިއްކާ ކުންފުންޏެކެވެ. ކުންފުނީގެ ދަރަނި ބޮޑުވެގެން ސަރުކާރުން އަބަދުމެ ވާހަކަދައްކާ ކުންފުންޏެކެވެ. ކުރިއަށްއޮތް ދުވަސްތަކުގައި ދިވެހި ބާޒާރުގައި މިފްކޯއަށް ވާދަ ކުރެވޭނެ ތޯއެވެ؟ ކުންފުނީގެ ދަރަންޏަށް ވާނީ ކިހިނެއްތޯއެވެ؟

އެންމެ ރަނގަޅު ގޮތެއް ނޫނަސް، މަސްވެރި ސިނާއަތް ހިނގަމުންދިޔައީ ސަބަސިޑީ ދީގެންނެވެ. އެމްޑީޕީ ސަރުކާރުގައި ގާތްގަނަޑަކަށް އަހަރަކު 400 މިލިއަން ރުފިޔާ ގެ ސަބަސިޑީ ދިނެވެ. މި ސަބްސިޑީގެ މައްޗަށް ސީދާކޮށާ ނުސީދާކޮށް ބިނާވާ ސިނާއަތުގައި 17،000 މަސްވެރިންނާއި އާއިލާ، 600 މަސްވެރިކަން ކުރާ އޮޑިފަހަރު، މަސްވެރިކަން ވަށާ އެނބުރޭ އެތައް ކުދި ވިޔަފާރިތަކާ މަސް އެކްސްޕޯޓަރުންވެސް ހިމެނެއެވެ. މަސްވެރިންގެ ބޭރުންވެސް މިއީ އެތައް ހާސް ވަޒީފާއެކެވެ. ހަމައެކަނި އެކްސްޕޯޓުން 2023 ގައި 2.5 ބިލިއަން ރުފިޔާގެ އާމްދަނީ ބޭރުފައިސާއިން ލިބުނެވެ.

ތެދެކެވެ. އިމްޕޯޓަށް ހުޅުވާލީމާ އަގުގެ ހެޔޮކަމެއް ލިބޭނެއެވެ. އެއަގު ހެޔޮވުމަށްވެސް އަގެއް ދައްކަން ޖެހެއެވެ. އެއަގު ދައްކާ ފަރާތަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތެވެ. އެސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނެވެ. ޗައިނާގެ އަގުހެޔޮ މަސް ރާއްޖެއަށް އިމްޕޯޓު ކުރަން ފެށުމުން ދިވެހިން ފަޚުރުވެރިވާ ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާ މަސްވެރިކަމަށް ވާނީ ކިހިނެއްތޯއެވެ؟ މަސްވެރި އާއިލާތަކަށް ވާނީ ކިހިނެއްތޯއެވެ؟ އެއާއެކު ތިޔަ ވިދާޅުވާ ގައުމިއްޔަތައް ވާނީ ކިހިނެއްތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު