Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްއޭގެ ސަރވޭ

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

ފަތުރުވެރިކަމުގެ ދައިރާގެ 45 ޕަސެންޓް ވިޔަފާރިތަކުން ވަނީ އެފަރާތްތަކުގެ މާލީ ހާލަތު ހަތަރު ވަނަ ކުއަޓަރގައި ރަގަޅުކަން ފާހަގަކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 20 ޖެނުއަރީ 2017 | ހުކުރު 00:00
އެމްއެމްއޭ:ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ފަރާތްތަކުގެ ވިޔަފާރީގެ 40 ޕަސެންޓް ކުރިއެރުން ހޯދާފައިވާ ކަމަށް ސާވޭއިން ދައްކާ

އެމްއެމްއޭ:ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ފަރާތްތަކުގެ ވިޔަފާރީގެ 40 ޕަސެންޓް ކުރިއެރުން ހޯދާފައިވާ ކަމަށް ސާވޭއިން ދައްކާ | ގޫގުލް

މިދިއަ އަހަރުގެ އެންމެ ފަހު ކުއާޓަރގައި ރާއްޖޭގައި ހިންގާ ތަފާތު އެކި ވިޔަފާރިތަކުގެ ކުރިއަރުން ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި އެވެ.

ދައުލަތުގެ މަރުކަޒީ ބޭންކެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން އާއްމުކޮށްފައިވާ 2016 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ބިޒްނަސް ސަރވޭގައި ވާގޮތުން އެއަހަރުގެ ތިން ވަނަ ކުއާޓަރ އަށް ވުރެ ހުރިހާ ވިޔަފާރިތަކެއްގެ މުއާމަލާތްތައް ވަނީ އިތުރުވެ ކުރިއަރާފަ އެވެ.

އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ފަރާތްތަކުގެ ވިޔަފާރީގެ 40 ޕަސެންޓް ކުރިއެރުން ވަނީ ހޯދާފަ އެވެ.

އެދައިރާގާ މަސައްކަތްކުރި މުވައްޒަފުންގެ ނިސްބަތައް ބަލާ އިރު 2016 ވަނަ އަހަރުގެ ތިން ވަނަ ކުއަޓަރ އާއި އަޅާބަލާ އިރު މާ ބޮޑު ތަފާތެއް ނެތް ކަމަށް ސަރވޭގެ ނަތީޖާއިން އެނގޭކަމަށް އެމްއެމްއޭއިން ހާމަކުރެ އެވެ. އެހެން ނަމަވެސް ކުންފުނިތަކުގެ މާލީ ހާލަތަށް ބަލާ އިރު 44 ޕަސެންޓް ކުންފުނިން މާލީ ހާލަތު ދައްވިކަމަށް ފާހަގަކުރި އިރު 32 ޕަސެންޓް ކުންފުނިންވަނީ މާލީ ހާލަތު ރަގަޅުވިކަން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ފައިސާ ހޯދުމުގައި ތިން ވަނަ ކުއަޓަރ އަށްވުރެ ހަތަރުވަނަ ކުއަޓަރގައި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަަމަށް ސަރވޭގައި ބައިވެރިވި ފަރާތްތަކުގެ 80 ޕަސެންޓް ވަނީ ބުނެފަ އެވެ.

ހަތަރުވަނަ ކުއަޓަރ އަކީ އާއްމުގޮތެއްގައިވެސް ފަތުރުވެރިކަމުގެ އެންމެ ބޮޑު ފައިދާ އެއް ލިބޭ ދުވަސް ވަރަށްވާ އިރު 2016 ވަނަ އަހަރުގެ ތިން ވަނަ ކުއަޓަރ އަޅާ ބަލާ އިރު ރިސޯޓް ތަކުގެ ބުކިން ވަނީ 88 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން ރޫމް ރޭޓުތައްވެސް 91 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ދައިރާގެ 45 ޕަސެންޓް ވިޔަފާރިތަކުން ވަނީ އެފަރާތްތަކުގެ މާލީ ހާލަތު ހަތަރު ވަނަ ކުއަޓަރގައި ރަގަޅުކަން ފާހަގަކޮށްފަ އެވެ.

ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ބަލާ އިރު ތިން ވަނަ ކުއަޓަރ އާއި އަޅާ ބަލާ އިރު ހަތަރުވަނަ ކުއަޓަރގައިވަނީ 87 ޕަސެންޓް ވިޔަފާރީގެ ކުރި އެރުން ހޯދާފަ އެވެ. މިދައިރާގައިވެސް ވަޒީފާއަށް މީހުން އިތުރު ކުރުމުގާއި ތިން ވަނަ ކުއަޓަރ އާއި އަޅާ ބަލާ އިރު ތަފާތެއް ނެތް ކަމަށް ވިޔަފާރިތަކުން ވަނީ ބުނެފަ އެވެ.

އެމްއެމްއޭ އިން އަންނަނީ މަހުންމަހަށް ރާއްޖޭގެ އިގްތިސާދީ ބަދަލުތަކާއި، ވިޔަފާރީގެ ދައިރާ އަށް އަންނަ ބަދަލުތައް އާއްމުކުރަމުން ނެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
30 ޖޫން 2017

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
09 ޖޫން 2017

ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް

09 ޖޫން 2017
ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު