Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގު ފޯރމް ހުށަހެޅުން

ވަގު ފޯރމް ހުށަހަޅާފައިވާތީ ޕީއެންސީގެ ފޯރމްތައް ޕްރޮސެސްކުރުން ހުއްޓުވާދޭން އެމްޑީޕީން އީސީގައި އެދިއްޖެ

އާދިއްތަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި ފޯރމްތަކާއި ގުޅުން ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އަނަސް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖެނުއަރީ 2025 | ހޯމަ 12:33
އިލެކްޝަން ކޮމިޝަނާއި ބައްދަލުކުރަން އެމްޑީޕީން ދިއުން

އިލެކްޝަން ކޮމިޝަނާއި ބައްދަލުކުރަން އެމްޑީޕީން ދިއުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަށް ވެއްދުމަށް ވަގު ފޯރމްތަކެއް ހުށަހަޅާފައިވާތީ އެކަމާއި ގުޅޭ ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާއި އެމްޑީޕީން ހިއްސާކޮށްފިއެވެ.

އެ ބައްދަލުވުން ބޭއްވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އެ ބައްދަލުވުމަށް ފަހު ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން، އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ވަގު ފޯރމް ހުށަހަޅާފައިވާތީ ޕީއެންސީގެ ފޯރމްތައް ޕްރޮސެސްކުރުން ހުއްޓުވާދޭން އެމްޑީޕީން އީސީގައި އެދިފައިވާނެ ކަމަށެވެ.

އަނަސް ވިދާޅުވީ އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަމުން މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ވަނީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ޕީއެންސީ އަށް އުސޫލާއި ޚިލާފަށް ވައްދާފައިވާ ކަމަށް އަނަސް ފާހަގަކުރެއްވިއެވެ. އާދިއްތަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި އެކަންކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އަނަސް ވަނީ ވިދާޅުވެފައެވެ.

އަނަސް ވިދާޅުވީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާ މައްސަލަ ފާހަގަކުރެވިފައިވާކަމަށެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަަމަށާއި ވަކިވަކިން ފޯރމްތައް ބެލުމަށް ފަހު ނޫނީ ޕީއެންސީގެ ފޯރމްތައް ޕްރޮސެސްކޮށް ނުދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް އަނަސް ވިދާޅުވިއެވެ. އަނަސް ވިދާޅުވި މި މައްސަލަތައް ދިމާވާކަން އެނގުނީ ޕާޓީގެ މެމްބަރުންގެ ނަން ކުއްލިއަކަށް ޕާޓީއަށް އުނިވުމުން އެކަންކަން އިތުރަށް ބެލި ބެލުމުން ކަމަށެވެ.

އަނަސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާކަން މިކަމުން އެނގޭ ކަމަށެވެ. ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައިގެން މިފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އަނަސް ވިދާޅުވިއެވެ.

އޮޅުވާލައިގެން ފޯރމް ހުށަހަޅައިގެން ޕީއެންސީ އަށް ވެއްދި މީހުންގެ ތެރޭގައި މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގް ހިމެނިވަޑައިގަންނަވައެވެ. ހޯމަ ދުވަހުގެ ބައްދަލުކުރެއްވުމުގައި އޭނާވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ތޯރިގް ވިދާޅުވީ އޭނާގެ ފޯރމް ހުށަހެޅީ އެހެން މީހެއްގެ ފޮޓޯ ބޭނުންކޮށްގެން ކަމަށެވެ. އަދި އެ ފޯމްގައި ޖަހާފައި ވަނީ އެހެން މީހެއްގެ ފޮޓޯ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ފޯރމްގައި ހިމަނާފައިވާ ފޯނު ނަމްބަރަކީ ވެސް ނުބައި ނަމްބަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަމުގައި ގޯސްތަކެއް ހެދިފައިވާކަން އީސީން ވެސް ޤަބޫލުކުރާ ކަމަށް ތޯރިގް ފާހަގަކުރެއްވިއެވެ.

މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރާ މައްސަލަ ބެލުމަށް އެމްޑީޕިން ވަނީ މީގެ ކުރިން ވެސް ގޮވާލާފައެވެ. އެގޮތުން އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުން ވަގަށް އެހެނިހެން ޕާޓީތަކުގެ ދަފްތަރުގައި ހިމެނުން އެ ޕާޓީން ވަނީ ކުށްވެރިކޮށްފައެވެ.

މިފަދަ ގިނަ މައްސަލަތަކެއް ތިލަވެފައިވާއިރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އިލެކްޝަން ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު