Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައެއް ފަތުރުވެރިންނަށް ނުފުރުން

ފަތުރުވެރިން ނުފުރި އެއާޕޯޓްގައި ތާށިވެފަ އެތައް ގަޑި އިރެއް - ބައެއް ފަތުރުވެރިންނަށް ފުރޭ ގޮތެއް ނުވި!

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުން އާދިއްތަ ދުވަހަކީ ރާއްޖެ އަށް އާ އަހަރަށް އައި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ފުރުމަށް ހަމަޖެހިފައި އޮތް ދުވަސް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2025 | އާދީއްތަ 13:31
އެއަރޕޯޓުގައި ނުފުރިފައި ތިބި ފަސިންޖަރުން

އެއަރޕޯޓުގައި ނުފުރިފައި ތިބި ފަސިންޖަރުން

ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންގެ ތެރެއިން، އާދިއްތަ ދުވަހު ރާއްޖެއިން ފުރަން ހަމަޖެހިފައިވާ ފަތުރުވެރިން ފުރުމުގެ އިންތިޒާމްތައް ދޯހަޅިވެ، ބައެއް ފަތުރުވެރިންނަށް ނުފުރި އެއަރޕޯޓް ތޮއްޖެހިއްޖެއެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުން އާދިއްތަ ދުވަހަކީ ރާއްޖެ އަށް އާ އަހަރަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު އަނބުރާ ޤައުމަށް ދިއުމަށްފުރުމަށް ހަމަޖެހިފައި އޮތް ދުވަހެވެ. އާއްމު ގޮތެއްގައި ވެސް އާދިއްތަ ދުވަހަކީ އެއާޕޯޓް ބާރުބޮޑު ދުވަހަކަށް ވުމާއި އެކު މި އާދިއްތަ ދުވަހު ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފަ ހުންނާނެ ކަމަށް ފަތުރުވެރިންނަށް ޚިދުމަތްދެމުންދާ އެޖެންޓުން ތިބީ އުންމީދުކޮށްގެންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް ވަނީ އާދިއްތަ ދުވަހު އެއާޕޯޓްގެ ހާލަތު ދައްކުވައިދޭ ވީޑިއޯތަކެއް ލިބިފައެވެ. އެ ވީޑިއޯތަކުން އެއާޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލް އިން ބޭރުގައި ދިގު ކިއުތައް ހަދާފައިވާ މަންޒަރު ފެނެއެވެ. އެ ކިއުތައް އެއާޕޯޓް ޓަރމިނަލް އިން ބޭރަށް ދަމާލާފައިވާއިރު، ނުފުރި އެއާޕޯޓުގައި އެތައް ފަތުރުވެރިން ތިބި މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ.

ރާއްޖެ އެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ފަތުރުވެރިން ފުރުން ހަމަޖެހިފައިވާ ފްލައިޓް ފުރި އިރު ވެސް ޗެކިން ކައުންޓަރާއި ހަމައަށް ފަތުރުވެރިންނަށް ދެވޭ ގޮތް ނުވުމުން އެ ފަތުރުވެރިންނަށް ފުރޭ ގޮތް ވަނީ ނުވެފައެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ މީހަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެ އެމްވީ އަށް ކިޔާދިން ގޮތުގައި އެ މައްސަލަ ދިމާވީ ވާންޖެހޭ މިންވަރަށް އެއާޕޯޓުން ތައްޔާރުވެފައި ނެތުމުގެ ސަބަބުންނެވެ.

އެގޮތުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ޖެހޭ މިންވަރާއި ގާތަށް ވެސް ކެޕޭސިޓީ ނެތްކަމަށް ރާއްޖެއެމްވީ އާއި ވާހަކަދެއްކި މީހާ ވަނީ ބުނެފައެވެ. ފަތުރުވެރިންނަށް ފުރޭ ގޮތް ނުވުމުން ފަތުރުވެރިންގެ ބޮޑެތި ހިތްހަމަނުޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށް އޭނާ ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ހެނދުނު 07:30 އިން ފެށިގެން މެންދުރާއި ހަމައަށް ވެސް އިންޓަރނޭޝަނަލް ޓަރމިނަލް އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ. ރާއްޖެއެމްވީ އާއި ވާހަކަދެއްކި އިތުރު މީހަކު ބުނީ ސަރުކާރުން ވީއައިއޭ އޮތީ ސީޒަނަށް ތައްޔާރުވެފައި ކަމަށް ބުނި ނަމަވެސް، ހަގީގަތް އޮތީ އެއާއި މުޅިން ޚިލާފަށް ކަމަށެވެ. އެއާޕޯޓުގައި ފަތުރުވެރިން ދެ ތިން ގަޑި އިރު މަޑު ކުރުމަށް ފަހު ވެސް ގައުމަށް އެބުރި ދެވޭ ގޮތް ނުވުމަކީ އެއީ ފަތުރުވެރިން ވަރަށް މާޔޫސްވާކަމެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ދިމާވި ސަބަބު ރާއްޖެ އެމްވީ އާއި ހިއްސާކުރަމުން އިތުރު މީހަކު ބުނީ ވަރަށް ހެނދުނު ރިސޯޓްތަކުން ގައުމަށް ފުރަން އަންނަ ފަތުރުވެރިން އަންނަން ފަށާކަމަށެވެ. ފަތުރުވެރިން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާ ނަމަ އެމްއޭސީއެލް އިން ދެ ތިން ލަގެޖް މެޝިން ޖައްސާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ކެޕޭސިޓީގައި މަސައްކަތް ނުކޮށް ފަތުރުވެރިން ގިނަ ދުވަސް ދުވަހު ފުރުވާ ނުލެވޭ ކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް އާދިއްތަ ދުވަހު އެމްއޭސީއެލް އިން މަސައްކަތް ކުރީ ފުލް ކެޕޭސިޓީގައި ނޫން ކަމަށާއި، ލަގެޖް މެޝިން އޮޕަރޭޓްކުރުމަށް އެމްއޭސީއެލް އިން މުވައްޒަފުން ނުނެރޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. މުވައްޒަފުން އެ މަސައްކަތަށް ނުނުކުތީމަ ފަތުރުވެރިންގެ ލަގެޖްތައް ސްކޭންކޮށްފަ ފުރަން ވަނުމާއި ދެމެދު ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިން ފުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ދިގުދެމިގެންދާ ކަމަށް އެނާ ވަނީ ބުނެފައެވެ.

ހަމައެހެންމެ މޫސުން ގޯސް ނަމަ ސީޕްލޭން އިން އަންނަ މީހުންވެސް ތާށިވެފައި ޓަރމިނަލް އިން ބޭރުގައި ވެސް ތިބެން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ފަހަކަށް އައިސް މިފަދަ މައްސަލަތައް ދިމާވާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރާއްޖެއެމްވީ އާއި ވާހަކަދެއްކި މީހުންގެ ފަރާތުން އެނގުނު ގޮތުގައި ހެނދުނު 07:30 އިން 11:00 އާއި ހަމައަށް އެއާޕޯޓުގައި ތާށިވެފައި އެތައް ފަތުރުވެރިންނެއް ތިއްބެވެ. އަދި ނުފުރުނު ފަތުރުވެރިން އަނބުރާ ހޮޓެލްތަކާއި ރިސޯޓްތަކަށް ގެންދަން ޖެހުނީ އެޖެންޓުން އެކަމަށް އަގު ދައްކައިގެންނެވެ. އެކަމުގެ ސަބަބުން އެޖެންޓުންނަށް މާލީ އިތުރު ތަކްލީފެއް އުފުލަން ޖެހުނުކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅޭގޮތުން އެމްއޭސީއެލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އެހެންކަމުން މި މައްސަލަ ދިމާވި ސަބަބު، އަދި ނުފުރުނު ފަތުރުވެރިންގެ ސީދާ އަދަދު ވަނީ ސާފުވާގޮތް ނުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017
ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން އިނގިރޭސި ވިލާތުގެ އެއާޕޯޓްގައި ޖާބިރު "ބަންދުކޮށްފި"

ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން އިނގިރޭސި ވިލާތުގެ އެއާޕޯޓްގައި ޖާބިރު "ބަންދުކޮށްފި"

21 ޖޫން 2017
ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރި ލޯންޗެއް ދިޔަވާން ފަށައިފި

ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރި ލޯންޗެއް ދިޔަވާން ފަށައިފި

21 މެއި 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު