Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ހާލަތު

ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017 | ހޯމަ 14:17

އަންނަ ސެޕްޓެމްބަރު މަހު އީޔޫގެ ޓީމެއް އަނެއްކާވެސް ރާއްޖެ އަންނާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 ޖޫން 2017 | ހޯމަ 14:17
އީޔޫ ޕާލިމެންޓްގައި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރަނީ

އީޔޫ ޕާލިމެންޓްގައި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރަނީ

ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގައި ހުރި، އިންސާނީ ހައްގުތަކާއި ގުޅޭ މައްސަލަތައް ކިޔައިދީ، ރާއްޖޭގައި ހުރި މައްސަލަތައް އަންގަންޖެހޭ ކަަމަށް ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ ހެޑް ޑިއެޓްމަރ ކްރިސްލާ ވިދާޅުވެއްޖެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓްގެ ފޮރިން އެޕެއާޒް ކޮމިޓީގައި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން، ޑިއެޓްމަރ ކްރިސްލާ ވިދާޅުވީ، 2008 ވަނަ އަހަރު ރާއްޖެއިން ވަރަށް މުހިއްމު އިސްލާހީ ބަދަލެއް ގައުމަށް ގެނައި ކަމަށެވެ. އެގޮތުން ރާއްޖެއަށް ޑިމޮކްރަސީގެނެސް އެ ގެނެވުނު ބަދަލުތަކުގެ ތެރެއިން މުހިންމު ގިނަ ހައްގުތަަކެއް ރައްޔިތުންނަށް ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ބަދަލު ގެނެވުނު ނަމަވެސް، 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވުމަށްފަހު، ޑިމޮކްރަސީ ނިޒާމަކުން ލިބިދޭންޖެހޭ، ވަރަށް މުހިއްމު އިންސާނީ ހައްގުތަކެއް ހަނިވެގެންދިޔަ ކަަމަށެވެ. އެގޮތުން ހިޔާލުފާޅު ކުރުމާއި، މިނިވަންކަމާއެކު ރައްޔިތުންނަށް އެއްވެ އުޅުމުގެ ފުރުސަތު ހަނިވެގެންދިޔަކަން ކްރިސްލާ ފާހަގަ ކުރެއްވި އެވެ.

ކްރިސްލާ ވިދާޅުޥީ، ރާއްޖޭގައި ސިޔާސީ ލީޑަރުންތަކެއް ހައްޔަރު ކުރެވި، އެތައް ލީޑަރުންނެއް ގައުމުން ބޭރަށް ދާންޖެހުނު ކަމީވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށްވެސް ރާއްޖެއާއެކު މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މިންވަރު ބަލާ އެކަން ހުއްޓުވުމަށް ރާއްޖޭގެ ސަރުކާރަށް މިހާރަށްވުރެ ބޮޑަށް ބާރުއަަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އީޔޫއިން ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ސިޔާސީ ތަފާތު މައްސަލަތައް ހައްލު ކުރުމަށް މިހާރަށްވުރެ ކައިރިން މަސައްކަތް ކުރަންޖެހޭ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އީޔޫގެ ހެޑްސް އޮފް މިޝަނުން މިދިޔަ މަހު ރާއްޖެއަށްގޮސް އީޔޫއިން ގަބޫލު ކުރާ މިންގަނޑުތައް ދިވެހި ސަރުކާރަށް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށް ކްރިސްލާ ވިދާޅުވި އެވެ. ކްރިސްލާ ވަނީ ސަރުކާރުން، ފާޅުގައި މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރާ ކުރުމާއި މެދު ކަންބޮޑުވުން ފާޅުކުރަށްވާފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ، ރާއްޖޭގައި އީޔޫގެ ދާއިމީ މިޝަން އެއް ގާއިމް ކުރުން މުހިއްމުކަން ފާހަގަކޮށް، ރާއްޖޭގައި ހުރި ކަންބޮޑުވާ މައްސަލަތައް ހައްލު ކުރުމަށް މިއީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް