Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިމާޔަތްކޮށްފައިވާ ރަށްތައް

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

ހިތާދޫ އަކީ ގިނަ އަދަދަކަށް ހޯރަ އަރާ ރަށެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2017 | ހޮނިހިރު 14:39
ގއ. ހިތާދޫ: ހޯރަ އަރާ މޫސުމުގައި މި ރަށަށް ގިނަ އަދަދަކަށް ހޯރަ އަރާ

ގއ. ހިތާދޫ: ހޯރަ އަރާ މޫސުމުގައި މި ރަށަށް ގިނަ އަދަދަކަށް ހޯރަ އަރާ

ތިމާވެށީގެ ނާޒުކުކަމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް އަރައި އެ ރަށަށް ގެއްލުން ދިން ފަތުރުވެރިން ޖޫރިމަނާކުރާނެ އަދަދެއް އަދި ނުނިންމާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެފި އެވެ.

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ހިތާދޫއަކީ ޅޮސްގަހާއި ހޯރައަށް މަޝްހޫރު ރަށެކެވެ. އެ ރަށަކީ ގިނަ އަދަދަކަށް ހޯރަ އަރާ ރަށެކެވެ.

Advertisement - newsAdvertisement

ހިތާދޫ އަށް ގެއްލުންދީފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ރަށަށް ސަފާރީއެއްގައި ދިޔަ ފަތުރުވެރިންތަކެކެވެ. އެ ފަތުރުވެރިން ވަނީ އެ ރަށުގެ ފަރަށް ނަގިލި ލައި، ރަށުގެ ގަސް ގަހަށް ވެސް ގެއްލުންދީފަ އެވެ. އަދި މީގެ އިތުރުން އެރަށުގެ ގޮނޑުދޮށުގައި ބާބަކިއު ހަދާފައިވެ އެވެ.

ފަތުރުވެރިންތައް އެ ރަށުން ބާލާފައިވަނީ ގއ. އަތޮޅު ކައުންސިލާއި، ކޮލަމާފުށީ ކައުންސިލުގެ އިތުރުން ފުލުހުން ގުޅިގެންނެވެ.

ހިމާޔަތްކޮށްފައިވާ ރަށްރަށަށް ހުއްދަ ނުހޯދައި އެރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ރަށްރަށުގެ ފަރަށް ނަގިލި ލައި ގަސްގަހާ ގެއްސަށް ގެއްލުން ދިނުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ ފަތުރުވެރިން ރާއްޖެ ގެނައި އެޖެންޓާ ވާހަކަ ދައްކަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އަދި ޖޫރިމަނާކުރާނެ އަދަދެއް ކަނޑައަޅާފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ބުނީ އެފަދަ ސަފާރީތައް ރާއްޖެ އަންނަނީ ކޮންމެވެސް އެޖެންޓެއް މެދުވެރިވެގެން ކަމަށާއި އާންމުކޮށް މިފަދަ ކަންކަން ހިނގަނީ އެޖެންޓުގެ ފަރުވާކުޑަކަމުން ނުވަތަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި ރީތި ގޮނޑުދޮށްތައް ހިމެނޭ ގިނަ އަދަދެއްގެ ރަށްތަކެއްވާއިރު، ހިމާޔަތް ކުރެވިފައިވާ ރަށްރަށާއި އެ ނޫން ރަށްރަށް ވަކިކުރަން އެޖެންޓުންނަށް އެނގެންޖެހޭ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ރަށަށް ދޭ ގެއްލުމާ ގުޅިގެން ފިޔަވަޅު އެޅި ނަމަވެސް، ރަށަށް ލިބެނީ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޑުއްވަރީގައި ފުލުހުންގެ ކާރަކަށް ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މަޑުއްވަރީގައި ފުލުހުންގެ ކާރަކަށް ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

26 ޑިސެމްބަރު 2017
އެއްވެސް ޕައިލެޓަކަށް ފިޔަވަޅެއް އަޅާފައެއް އަދި ނުވޭ: އައިލެންޑް އޭވިއޭޝަން

އެއްވެސް ޕައިލެޓަކަށް ފިޔަވަޅެއް އަޅާފައެއް އަދި ނުވޭ: އައިލެންޑް އޭވިއޭޝަން

14 ޑިސެމްބަރު 2017
ހިތާދޫ ގުރުއާނާއި ބެހޭ މަރުކަޒު ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރާތީ ކަންބޮޑުވުން ފާޅުކުރަނީ

ހިތާދޫ ގުރުއާނާއި ބެހޭ މަރުކަޒު ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރާތީ ކަންބޮޑުވުން ފާޅުކުރަނީ

26 ނޮވެމްބަރު 2017
ރާއްޖެއާ ދެކޮޅަށް އީޔޫއިން ފިޔަވަޅެއް ނާޅާނެ: ރާއްޖޭގެ ސަފީރު

ރާއްޖެއާ ދެކޮޅަށް އީޔޫއިން ފިޔަވަޅެއް ނާޅާނެ: ރާއްޖޭގެ ސަފީރު

05 އޮކްޓޯބަރު 2017
ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ޖެޓީއެއް އަޅަނީ

ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ޖެޓީއެއް އަޅަނީ

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު