Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިޔާ ރިލްވާން

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

މައްސަލައާ ގުޅޭ މައުލޫމާތު އެންމެ ފަހުން ހާމަކުރިތާ އަހަރެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 14:31
ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި، ހޯދުނު ކަންތައްތަކަކާ ގުޅޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތު ހާމަނުކުރާތާ އަހަރެއް ވެއްޖެ އެވެ.

ރިލްވާން ވަގަށް ނެގީ 2014 ވަނަ އަހަރުގެ އޯގަސްޓް 8 ވަނަ ދުވަހުގެ ރޭ އެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލުންނެެވެ. ވީނުވީއެއް ނޭނގި އޭނާ ގެއްލުނު އިރު ލައިގެން ހުރީ ކަޅު ގަމީހަކާއި، ކަޅު ފަޓުލޫނެކެވެ.

Advertisement - newsAdvertisement

ރިލްވާނު ވަގަށް ނެގިތާ ދެ އަހަރާއި ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މައްސަލައާ ގުޅޭ ގޮތުން އެންމެ ފަހުން ފުލުހުން މައުލޫމާތު ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 2 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 2 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހުޅުމާލެއިން ރިލްވާން ވަގަށް ނަގައިގެން އަރުވާފައިވަނީ ރަތް ކުލައިގެ ކާރަކަށެވެ. އެ ކާރުން ފެނުނު އިސްތަށިތަކުން ރިލްވާންގެ މަންމަގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އަދި ރިލްވާނަށް މާލެއިން ފެށިގެން ބަޔަކު މީހުން ފާރަލި ކަމަށް ވެސް ފުލުހުން ބުނެފައިވާއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެންމެން ވެސް ވަނީ ދޫކޮށްލާފަ އެވެ.

އެ ބައްދަލުވުމުގައި ފުލުހުންގެ ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަތީހު ވިދާޅުވީ ރިލްވާނު ވަގަށް ނެގި ރޭ ދަންވަރު އޭނާ ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން ވަރަށް ބާރަށް މީހަކު ދެތިން ފަހަރު ހަޅޭއްލަވައިގަތް އަޑު ބަޔަކަށް އިވިފައިވާ ކަމަށާއި އަދި ފުލެޓު ކަންމަތިން ކާނޭޝަން މަގާވީ ކޮޅަށް ރަތް ކުލައިގެ ކާރެއް ދަތުރު ކުރަމުން ދިޔަކަމަށެވެ. އަދި އޭރު އެކާރު ވައަތް ފަރާތު ފަހަތު ދޮރު ހުޅުވާފައި ހުރި ކަމަށާއި އަދި އެދޮރާއި ދިމާލުން ކާރު ތެރެއިން އަތެއް ހޫރަނިކޮށް ބަޔަކަށް ފެނިފައިވާ ކަމަށް ޝަތީހު ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ އެ ކާރު ފެނުނު ސަރަހައްދުން ބެނެޓް ވަޅިއެއް ފެނިފައިވާ ކަމަށާއި އެ ވަޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޮރެންސިކް ތަހުލީލުތަކަށް ފޮނުވި ކަމަށެވެ. ނަމަވެސް، އެ ވަޅިން މާއްދީ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުއައިދު ރިލްވާނަށް ފާރަލަނީ، ފުލުހުން އާންމު ކުރި ވީޑިއޯގެ ސްކްރިންޝޮޓެއް

ޝަތީހު ވިދާޅުވި ގޮތުގައި ރިލްވާންގެ ޑީއެންއޭ ފެނުނު ކާރަކީ ހ. ހިލްޓަން، އާލިފް ރައޫފްގެ ކާރެކެވެ. އަދި ރިލްވާނަށް މާލެއިން ފާރަލި މީހުންގެ ތެރޭގައި އައްޑޫ ސިޓީ ހުޅުދޫ، އަތިރިއާގޭ މުހައްމަދު ސުއައިދު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިލްވާނުގެ މައްސަލައާ ގުޅިގެން 2015 ވަނަ އަހަރުގެ ތެރޭގައި ސުއައިދު ހައްޔަރުކުރި އެވެ. ނަމަވެސް، ހެކި ނުލިބޭ ކަމަށް ބުނެ އޭނާ ދޫކޮށްލިއިރު، ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި އޭނާ މަރުވެފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ގޮތުގައި ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ވެސް ހައްޔަރުކުރި، ހ. ހިލްޓަން އަޒްލިިފް ރައޫފެވެ.

ސީރިއާ ހަނގުރާމާގައި އަޒްލިފް ވެސް މަރުވެފައިވާ ކަމަށް އަޑުފެތުރިފައިވާއިރު، އޭނާ މަރުވެފައި އޮތްވާ ނަގާފައިވާ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

ރިލްވާނުގެ މައްސަލައާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ވެސް ފުލުހުން، ބުނީ އާންމުކޮށް ބުނަމުންދާ ބަސްތަކެވެ. އެގޮތުން މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، ތަހުގީގާ ގުޅޭ މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު