Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނޑުމަތީ އެކްސިޑެންޓް

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

2015 ވަނަ އަހަރު ހިނގި އެކްސިޑެންޓެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 11:32
އެކްސިޑެންޓުގައި މަރުވި ދެ ފަތުރުވެރިން

އެކްސިޑެންޓުގައި މަރުވި ދެ ފަތުރުވެރިން

ކ. މާފުށީ ކައިރީގައި ލޯންޗަކާއި ޑައިވިން ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި ދެ ފަތުރުވެރިއަކު މަރުވި މައްސަލާގައި، ލޯންޗު ދުއްވި މީހާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފި އެވެ.

މާފުށި ކައިރީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި އެ އެކްސިޑެންޓުގެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލޯންޗް ދުއްވަން އިން ފ. ނިލަންދޫ، އުނިމާގޭ އިބްރާހިމް ނާސިރުގެ މައްޗަށެވެ.

Advertisement - newsAdvertisement

އިބްރާހިމް ނާސިރުގެ މައްޗަށް ކޮށްފައިވަނީ މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި އިރު، ކޯޓުން ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހަށް ތާވަލުކޮށްފަ އެވެ.

ޑައިވިން ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި ޑައިވިން ދޯނީގައި ތިބި ދެ ފަތުރުވެރިއަކު މަރުވި އެވެ. މަރުވީ މެލޭޝިއާގެ 16 އަހަރުގެ އަންހެން ކުއްޖަކާއި ޗައިނާގެ 42 އަހަރުގެ އަންހެނެކެވެ.

އެ ދެ ފަތުރުވެރިންގެ މަރުގައި އިހުމާލުވި ކަމަށް ބުނެ އިބްރާހިމް ނާސިރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 112 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، މީހަކު ކުރާ އިހުމާލުގެ އަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލު ކުރި މީހާ އެ ކުރަނީ ކުށެއް ކަމަށެވެ.

އިހުމާލުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ މައްސަލަތަކުގައި ދައުވާ ކުރުމަކީ މީގެ ކުރިން އެހާ އާންމު ކަމަކަށް ނުވި ނަމަވެސް، މި ހާދިސާ ނޫން އެހެން ހާދިސާތަކުގައި ވެސް މިފަހުން ދައުވާ ކޮށްފައި ވެއެވެ.

އެގޮތުން ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަންހެނަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ. އަދި ވ. ރަކީދޫގައި މަންމަގެ އަނިޔާތަކުގެ ސަބަބުން މުހައްމަދު އިބްތިހާލް މަރުވި މައްސަލައިގައި އިހުމާލުވެފައިވާ ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު