Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ސުޕަ ކަޕް

އިޓާލިއަން ސުޕަ ކަޕްގެ ފައިނަލްގައި އިންޓަ މިލާން އާއި އޭސީ މިލާން

އިޓާލިއަން ސުޕަ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިންޓަ މިލާން އެވެ. ފައިނަލްގައި އޭސީ މިލާނާ ދެކޮޅަށް އިންޓަ މިލާން ނިކުންނާނީ ހޯމަ ދުވަހުގެ ރޭ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2025 | ހޮނިހިރު 05:11
ޔުވެންޓަސް އާއި އޭސީ މިލާން ކުޅުނު މެޗުގެ ތެރެއިން

ޔުވެންޓަސް އާއި އޭސީ މިލާން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ސުޕަ ކަޕްގެ ފައިނަލްގައި އިންޓަ މިލާން އާއި އޭސީ މިލާން ބައްދަލު ކުރަން ޖެހިއްޖެ އެވެ.

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިންޓަ މިލާން އިން ވަނީ 2-0ން އެޓަލަންޓާ ބަލިކޮށްފަ އެވެ. މެޗުގައި އިންޓަ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ ޑެންޒެލް ޑަމްފްރީސް އެވެ. އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ޑަމްފްރީސް ވަނީ އިންޓަ މިލާންގެ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.

ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އޭސީ މިލާން ނިކުތީ ޔުވެންޓަސްއާ ދެކޮޅަށެވެ. އޭސީ މިލާނުން އެ މެޗު ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ޔުވެންޓަސް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ކެނާން ޔިލްޑިޒް އެވެ. ދެ ވަނަ ހާފުގައި މިލާނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. އޭހެ ހަތަރު މިނެޓު ފަހުން މިލާނަށް ލީޑު ލިބުނީ ޔުވެންޓަސްގެ ފެޑެރިކޯ ގަޓީ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

އިޓާލިއަން ސުޕަ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިންޓަ މިލާން އެވެ. ފައިނަލްގައި އޭސީ މިލާނާ ދެކޮޅަށް އިންޓަ މިލާން ނިކުންނާނީ ހޯމަ ދުވަހުގެ ރޭ އެވެ. އިންޓަ އިން ވަނީ މިހާތަނަށް އަށް ފަހަރު އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އެންމެ ގިނަ އިން އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފައި ވަނީ ޔުވެންޓަސް އިންނެވެ. އެއީ ނުވަ ފަހަރު އެވެ. މިފަހަރުގެ މުބާރާތް ކާމިޔާބުކޮށް، ޔުވެންޓަސްއާ އަރާ ހަމަކުރުމުގެ ފުރުސަތު އިންޓަ މިލާނަށް އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު