Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާޕާގެ ޖަލު ހުކުމް

ޕާޕާގެ އަނބިކަނބަލުންގެ ކަންބޮޑުވުންތައް ކޮމިޝަނަރ އޮފް ޕްރިޒަން އަށް ބަންޑުން ކޮށްލައިފި

20 އޯގަސްޓު 2017 | އާދީއްތަ 14:09

ޕާޕާއަށް އިންސާނީ ހައްގުތަށް ފުރިހަމައަށް ކަށަވަރުކޮށްދީފައެއް ނުވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 20 އޯގަސްޓު 2017 | އާދީއްތަ 14:09
އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)

އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)

ޕާޕާއަށް ލިބެން ޖެހޭ އިންސާނީ ހައްގުތަކުން މަހުރޫމު ކުރަމުންދާ ކަމަށް ބުނެ އޭނާގެ އަނބިކަނބަލުން ކޮމިޝަނަރ އޮފް ޕްރިޒަން އަށް ސިޓީއެއް ފޮނުވައިި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗު " ފިނިފެންމާ" ގައި ބޮމެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ރައީސް ޔާމީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އޭރު އެންމެ އިސްކޮށް ހުރި އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)ގެ މައްޗަށް އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމަށް ބުނާ ދައުވާ ސާބިތުވެގެން، ކޮށްފައިވާ ދެ އަހަރާއި 8 މަސް ދުވަހުގެ ޖަލު ހުކުމް އޭނާ ދަނީ ތަންފީޒު ކުރަމުންނެވެ.

Advertisement - newsAdvertisement

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް އެޑްރެސް ކުރައްވައި ޕާޕާގެ އަނބިކަނބަލުން މަރިޔަމް ހޫރުޝީދާ ފޮނުވައިފައިވާ ސިޓީގައި ބުނެފައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން މާފުށީ ޖަލުގައި 2 އަހަރާއި 8 މަހުގެ ޖަލު ހުކުމެއް ތަންޒީފު ކުރަމުންދާ އިރު 2015 ވަނަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހުން ފެށިގެން ނުހައްގުން ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ފުރަތަމަ ބަންދު ކުރެވުނީ ސިފައިންގޭގައި ކަމަށެވެ. އަދި އެއަށް ފަހު 2016 ވަނަ އަހަރުގެ ޖޫން މަހު މާފުށީ ޖަލަށް ގެންދެވުނީއްސުރެ މިއަދާއި ހަމައަށް ޕާޕާގެ އެތައް ހައްގުތަކުން ފާޅުގައި މަހުރޫމު ކުރަމުންދާކަމަށް ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.

އެގޮތުން ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ބެހޭ މީހުންނާއި ކޯޓު އަމުރުގެ ދަށުން ހުކުމް ތަންޒީފުކުރާ މީހުންނަށް އަމަަލުކުރަންޖެހޭ ގަވައިދާ ހިލާފަށް ޕާޕާއާއި މެދު އަމަލުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުުރުން މެޑިކަލް ގަވައިދާ ހިލާފަށް ކަރެކްޝަނުން ޕާޕާ އާއި މެދު އަމަލުކުރަމުންދާ ކަމަށް އޭނާގެ އަނބިކަނބަލުން ފޮނުވާފައިވާ ސިޓީގައި ބުނެ އެވެ. ޕާޕާގެ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދެއްކުމަށް ފަހު ގަވައިދުން ފިޒިޔޮތެރަޕީ ހެދުމަށް ޑޮކްޓަރު ލަފާދީފައިވީ ނަމަވެސް މީހާތަނަށް ފިޒިޔޮތެރަޕީ ހެދުމަށް ގެންގޮސްފައި ވަނީ ދެ ފަހަރު ކަމަށް ސިޓީގައި ބުނެ އެވެ. އެގޮތުން ފިޒިތެރަޕީ ނުދޭތާ 3 މަސްވެފައިވާ ކަމަށް ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. މީގެ އިތުރުން ޕާޕާގެ ދަތުގެ ފަރުވާއަށް ޑޮކްޓަރަށް ދައްކައިދިނުމަށް އެތައް ފަހަރަކު އެދުނު ނަމަވެސް އެކަން ވެސް މިއަދާއި ހަމައަށް ކަރެކްޝަނުން ކޮށްދީފައިނުވާ ކަމަށް ޕާޕާގެ އަނބިކަނބަލުން ވަނީ ފާހަގަ ކޮށްފައެވެ.

ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރުގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނަށް ލިބިދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާއި ބެހޭ ގަވައިދުގެ 13 ވަނަ މާއްދާގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މަސައްކަތް ނުކުރާ ގައިދީން މޫސުން ތަންދޭނަމަ ދުވާލަކު އެއް ގަޑިއިރަށް ކަސްރަތު ކުރުމަށްޓަކާއި ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެ ކަމަށް ސާފު އިބާރާތުން ބަޔާންކޮށްފައިވީ ނަމަވެސް ޕާޕާ 24 ގަޑިއިރު ބަންދުކޮށްފައި ބައިންދާ ކަމަށް ސިޓީފައި ބުނެ އެވެ.

ޕާޕާ އަކީ 30 އަހަރު ދުވަހަށް ވުރެ ގިނަ މުއްދަތައް ދައުލަތަށް ހިދުމަތް ކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ޕެންޝަން ހަމަޖައްސަވައި ދެއްވާފައިވާ ފަރާތްތަކަށް ވާހިނދު އޭނާއަށް އެފަދަ އެއްވެސް އިނާޔަތެއް މިއަދާއި ހަމައަށް ހަމަޖެހިފައިނުވާކަން ޕާޕާގެ އަނބިކަނބަލުން ވަނީ ފާހަގަކޮށްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ހައި ކޮމިޝަނަރު ޖޭމްސް ޑޯރިސް މްޔޫއޯ އާއި ބައްދަލު ކުރައްވައިފި

14 ފެބުރުއަރީ 2017
ހައި ކޮމިޝަނަރު ޖޭމްސް ޑޯރިސް މްޔޫއޯ އާއި ބައްދަލު ކުރައްވައިފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް