Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ބޯންމައުތު އަތުން ޔުނައިޓެޑަށް ލަދުވެތި ބައްޔެއް

މިއީ ޔުނައިޓެޑުގެ ތާރީޚުގައި ވެސް އެ ޓީމުގެ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަންގެ ލީގުގައި ވެެސް ޔުނައިޓެޑު ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2024 | ހޯމަ 04:41
މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިން

މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑަށް ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓީމު ބަލިވެފައި ވަނީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބޯންމައުތުން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ބޯންމައުތަށް ލީޑު ނަގައިދިނީ ޑީން ހިއުސަން އެވެ. އޭނާ އެ ލަނޑު ޖެހީ ރަޔާން ކްރިސްޓީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ 61 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ލަނޑު ޖެހީ ޖަސްޓިން ކްލައިވަޓް އެވެ. އޭގެ ދެ މިނެޓު ފަހުން ބޯންމައުތުން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައި، ޔުނައިޓެޑު ހާސްކޮށްލައިފަ އެވެ. އެ ލަނޑު ބޯންމައުތަށް ޖަހައިދިނީ އަންޓޮއިން ސެމެންޔޯ އެވެ.

މިއީ ޔުނައިޓެޑުގެ ތާރީޚުގައި ވެސް އެ ޓީމުގެ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަންގެ ލީގުގައި ވެެސް ޔުނައިޓެޑު ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވެފަ އެވެ. ބައްޔާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 13 ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 17 މެޗުން 22 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑު އަތުން މޮޅުވި ބޯންމައުތު އޮތީ 17 މެޗުން 28 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްބޯންމައުތު

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު