Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

މޮޅާއެކު އައްޑޫ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ފައިނަލްގައި އެ ޓީމު ނިކުންނާނީ ބ.އޭދަފުއްޓާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޑިސެމްބަރު 2024 | އާދީއްތަ 04:27
މެޗުގައި ލަނޑު ޖެހުމަށްފަހު އައްޑޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އައްޑޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރ.އަލިފުށި ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު އައްޑޫ ސިޓީން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އައްޑޫ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އައްޑޫ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ވެސް އައްޑޫ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި އައްޑޫ އިން ލަނޑު ޖަހައި ލީޑު ހޯދީ، ދެ ވަނަ ހާާފު ފަށައިގެން ހަތް ވަނަ މިނެޓުގަ އެވެ. އެ ލަނޑު އައްޑޫ އަށް ޖަހައިދިނީ ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. އެ ލަނޑު އޭނާ ޖެހީ އައްޑޫގެ އިސްމާއީލް އީސަ (މެސީ) ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި އައްޑޫގެ ދެ ވަނަ ލަނޑު، 69 ވަނަ މިނެޓުގައި ޖެހީ އިބްރާހީމް މަހުދީ ޙުސެއިން (ފޭދޫ އިއްބެ) އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު އައްޑޫ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ފައިނަލްގައި އެ ޓީމު ނިކުންނާނީ ބ.އޭދަފުއްޓާ ދެކޮޅަށެވެ. ގޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ރޭ އެވެ. މިއަހަރުގެ މުބާރާތުގައި އައްޑޫ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، މުބާރާތުގައި އެއްވެސް މެޗަކުން ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އައްޑޫ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
19 ޑިސެމްބަރު 2024

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް

19 ޑިސެމްބަރު 2024
ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު