Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލު ކުރާނީ އޭދަފުއްޓާއި މާލޭ ސިޓީ އެވެ. ސެމީ ފައިނަލްގައި ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރާނީ އަލިފުއްޓާއި އައްޑޫ ސިޓީ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޑިސެމްބަރު 2024 | ހޮނިހިރު 04:27
މުބާރާތުގައި އޭދަފުށިން ކުޅުނު މެޗެއްގެ ތެރެއިން

މުބާރާތުގައި އޭދަފުށިން ކުޅުނު މެޗެއްގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ހޮނިހިރު ދުވަހު (މިއަދު)ގެ ހަވީރު އަދި ރޭގަނޑު އޮންނާނެ އެވެ.

ވަޅު ޖެހިފައިވާ ދިވެހި ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމުގެ މަޤުސަދުގައި މުޅިން އަލަށް ތަޢާރަފު ކުރި ގޯލްޑް ކަޕް ފުޓުބޯޅަ މުބާާރާތުގައި 17 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރެއިން މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އައިސްފައިވާ ހަތަރު ޓީމަކީ، މާލޭ ސިޓީ، އައްޑޫ ސިޓީ، ބ.އޭދަފުށި އަދި ރ.އަލިފުށި އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ މާލޭ ސިޓީން ހޯދީ ކުއާޓާ ފައިނަލްގައި ކ.ގުރައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. ކުއާޓާ ފައިނަލްގައި އައްޑޫ ސިޓީން ވަނީ ކ.މާފުށީގެ މައްޗަށް ކުރި ހޯދައިފަ އެވެ. އޭދަފުށިން ކުއާޓާ ފައިނަލްގައި ވަނީ ޅ.ނައިފަރުގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފަ އެވެ. އަދި އަލިފުށިން ވަނީ ފުވައްމުލައް ސިޓީގެ މައްޗަށް ކުއާޓާ ފައިނަލްގައި ކުރި ހޯދައިފަ އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލު ކުރާނީ އޭދަފުއްޓާއި މާލޭ ސިޓީ އެވެ. މި ދެ ޓީމު ވަނީ މުބާރާތުގެ ފުރަތަމަ ބުރުގެ ގުރޫޕު ސްޓޭޖުގައި ވެސް ބައްދަލު ކޮށްފަ އެވެ. އެ މެޗުގަައި އޭދަފުށިން ވަނީ މާލޭ ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. ސެމީ ފައިނަލްގައި ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރާނީ އަލިފުއްޓާއި އައްޑޫ ސިޓީ އެވެ.

ސެމީ ފައިނަލްގެ މެޗުތަކަަށް ފަހު، ގޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
19 ޑިސެމްބަރު 2024

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް

19 ޑިސެމްބަރު 2024
ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު