Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް ބުދަ ދުވަހު ފަށަނީ

18 ޑިސެމްބަރު 2024 | ބުދަ 04:07

މުބާރާތުގެ ކުއާޓާ ފައިނަލަށް ދިޔައީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، މާލޭ ސިޓީ، ކ.މާފުށި، ރ.އަލިފުށި، ކ.ގުރައިދޫ، ޅ.ނައިފަރު އަދި ބ.އޭދަފުށި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޑިސެމްބަރު 2024 | ބުދަ 04:07
މުބާރާތުގައި ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު ފުވައްމުލަކު ކުޅުންތެރިން އުފާ ފާޅު ކުރަނީ

މުބާރާތުގައި ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު ފުވައްމުލަކު ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ބުދަ ދުވަހުގެ ހަވީރު ފަށާނެ އެވެ.

ވަޅު ޖެހިފައިވާ ދިވެހި ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމުގެ މަޤުސަދުގައި މުޅިން އަލަށް ތަޢާރަފު ކުރި ގޯލްޑް ކަޕް ފުޓުބޯޅަ މުބާާރާތުގައި 17 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރެއިން މިހާރު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކުރާނެ އަށް ޓީމެއް ކަށަވަރުވެފަ އެވެ. އެއީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، މާލޭ ސިޓީ، ކ.މާފުށި، ރ.އަލިފުށި، ކ.ގުރައިދޫ، ޅ.ނައިފަރު އަދި ބ.އޭދަފުށި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ބ.އޭދަފުށި އަދި ޅ.ނައިފަރު އެވެ. ދެ ވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ބައްދަލު ކުރާނީ މާލޭ ސިޓީ އަދި ކ.ގުރައިދޫ އެވެ. ތިން ވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ރ.އަލިފުށި އަދި ފުވައްމުލައް ސިޓީ އެވެ. ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ބައްދަލު ކުރާނީ އައްޑޫ ސިޓީ އަދި ކ.މާފުށި އެވެ.

ކުއާޓާ ފައިނަލަށް ފަހު މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރު އަދި ރޭގަނޑު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލްކޮށްފައި ވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އެވެ.

ގޯލްޑް ކަޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
19 ޑިސެމްބަރު 2024

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް

19 ޑިސެމްބަރު 2024
ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް
17 ޑިސެމްބަރު 2024

މާލޭ ސިޓީ ބަލިކޮށް، އެއް ވަނައިގައި އަލިފުށި ކުއާޓާ ފައިނަލަށް

17 ޑިސެމްބަރު 2024
މާލޭ ސިޓީ ބަލިކޮށް، އެއް ވަނައިގައި އަލިފުށި ކުއާޓާ ފައިނަލަށް
16 ޑިސެމްބަރު 2024

އައްޑޫ ކުއާޓަރ އަށް، ތަފާތު ދެއްކީ އިއްބެ

16 ޑިސެމްބަރު 2024
އައްޑޫ ކުއާޓަރ އަށް، ތަފާތު ދެއްކީ އިއްބެ
16 ޑިސެމްބަރު 2024

މާލެ އާއި އަލިފުށި ކުޅޭ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި

16 ޑިސެމްބަރު 2024
މާލެ އާއި އަލިފުށި ކުޅޭ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި
16 ޑިސެމްބަރު 2024

ގުރުގެ ނަސީބުން، ފުވައްމުލައް ކުއާޓަރ ފައިނަލަށް

16 ޑިސެމްބަރު 2024
ގުރުގެ ނަސީބުން، ފުވައްމުލައް ކުއާޓަރ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް