Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

މުބާރާތުގައި އޭދަފުށި ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ދެ ވަނަ ބުރުގެ ގުރޫޕް ސްޓޭޖުގައި ކ.މާފުއްޓާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޑިސެމްބަރު 2024 | އާދީއްތަ 04:19
މެޗުގައި ލަނޑު ޖެހުމަށް ފަހު އޭދަފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އޭދަފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާަތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާލޭ ސިޓީ ބަލިކޮށް، ބ.އޭދަފުށިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އޭދަފުށިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް އޭދަފުށިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި މާލޭ ސިޓީން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ގޮސް، 20 ވަނަ މިނެޓުގައި އޭދަފުށިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އޭގެ ހަތަރު މިނެޓު ފަހުން ހަމްޕު ވަނީ ދެ ވަނަ ލަނޑެއް ޖަހައި އޭދަފުއްޓަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މެޗުގައި އޭދަފުށީގެ ތިން ވަނަ ލަނޑު އިޝާން އިބްރާހީމް (ސައްޓު) އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި މާލެ އިން ވަނީ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު މާލެ އަށް ޖަހައިިދިނީ އަލީ ޝިޔާހު އެވެ. އޭގެ ފަހުން މެޗުގެ 65 ވަނަ މިނެޓުގައި މާލެ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ދެ ވަނަ ލަނޑު ޖެހީ ރިޟްވާން ވަހީދު އެވެ. މެޗުގައި ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ވެސް މާލެ އަށް ލިބުނެވެ.

މުބާރާތުގެ ފައިނަލްގެ ޖާގަ އޭދަފުށިން ހޯދިއިރު، ފުރަތަމަ ބުރުގެ ގުރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ބައްދަލު ކުރި އެވެ. އެ މެޗު ވެސް ކާމިޔާބު ކުރީ އޭދަފުށިންނެވެ. މުބާރާތުގައި އޭދަފުށި ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ދެ ވަނަ ބުރުގެ ގުރޫޕް ސްޓޭޖުގައި ކ.މާފުއްޓާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
19 ޑިސެމްބަރު 2024

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް

19 ޑިސެމްބަރު 2024
ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު