Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް

މި މެޗުގައި އޭދަފުށީގެ ސެންޓޭގެ އިތުރުން، ހަމްޒާ މުޙައްމަދު (ހަމްޕު) އަދި ހައިޝަމް ޙަސަން (ބިޑި) ވަނީ ކުޅެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޑިސެމްބަރު 2024 | ބުރާސްފަތި 04:29
މެޗުގައި ލަނޑު ޖެހުމަށްފަހު އޭދަފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އޭދަފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ޅ.ނައިފަރުގެ މައްޗަށް ކުރި ހޯދައި، ބ.އޭދަފުށިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އޭދަފުށިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އަދި ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ އިތުރު ދެ ލަނޑު ޖަހައިގެން މެޗުން ބޮޑު މޮޅެއް ހޯދައިފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އޭދަފުއްޓަށް ލީޑު ލިބުނީ ނައިފަރުގެ އިބްރާހީމް ވިސާމް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 15 ވަނަ މިނެޓުގައި އޭދަފުށީގެ ދެ ވަނަ ލަނޑު ޖެހީ އަލީ ފާޞިރު (ސެންޓޭ) އެވެ. ފުރަތަމަ ހާފުގައި އޭދަފުށީގެ ތިން ވަނަ ލަނޑު، 22 ވަނަ މިނެޓުގައި ޖެހީ އަޙުމަދު އައިހަމް އެވެ. މެޗުގެ ދެ ވަަނަ ހާފުގައި އޭދަފުށީގެ ހަތަރު ވަނަ ލަނޑު މުޙައްމަދު ފާޞިރު (ފާއްޓޭ) ޖެހީ، 66 ވަނަ މިނެޓުގަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އޭދަފުށީގެ ފަސް ވަނަ ލަނޑު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

މި މެޗުގައި އޭދަފުށީގެ ސެންޓޭގެ އިތުރުން، ހަމްޒާ މުޙައްމަދު (ހަމްޕު) އަދި ހައިޝަމް ޙަސަން (ބިޑި) ވަނީ ކުޅެފަ އެވެ. މުބާރާތުގައި އޭދަފުށީގެ ޓީމު ލިސްޓުގައި މި ތިން ކުޅުންތެރިން ހިމެނި ނަމަވެސް، ތިން ކުޅުންތެރިން ނިސްބަތްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެ ކުޅުންތެރިން މުބާރާތަށް ދޫ ނުކުރަން ނިންމުމުން، ކުޅެވޭ ގޮތް އޮތީ ނުވެފަ އެވެ. ނަމަވެސް، އަލުން ފުރަތަމަ ޑިވިޝަންގެ ކުޅުން ފަށާނެ ފައިނަލް ތާރީޚެއް ޔަގީން ނުވާތީ މާޒިޔާ އިން އެ ޓީމުގެ ފަރިތަކުރުންތައް ހުއްޓާލުމާއެކު، މި ތިން ކުޅުންތެރިންނަށް ވަނީ ކުޅުނުގެ ހުއްދަ ދީފަ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު