Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ގުރުގެ ނަސީބުން، ފުވައްމުލައް ކުއާޓަރ ފައިނަލަށް

ފުވައްމުލަކާއި، ތިމަރަފުށި ޕޮއިންޓުގެ ގޮތުން އެއްވަރުވާއިރު، ދެން ހުރި ގޮތް ގޮތުން ވެސް ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޑިސެމްބަރު 2024 | ހޯމަ 04:32
މުބާރާތުގައި ފުވައްމުލައް ސިޓީން ކުޅުނު މެޗެއްގެ ތެރެއިން

މުބާރާތުގައި ފުވައްމުލައް ސިޓީން ކުޅުނު މެޗެއްގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގައި ނެގި ގުރު ކާމިޔާބުކޮށް، ފުވައްމުލައް ސިޓީން މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

މުބާރާތުގެ ގުރޫޕު އީގައި ފުވައްމުލަކުގެ އިތުރުން ދެން އޮތީ ކ.ގުރައިދޫ އަދި ތ.ތިމަރަފުއްޓެވެ. މި ގުރޫޕުގެ ހުރިހާ މެޗުތަކެއް ނިމުނުއިރު، އެއް ވަނައިގައި ކުއަޓަރ ފައިނަލަށް ދިޔައީ ގުރައިދޫ އެވެ. ފުވައްމުލަކާއި، ތިމަރަފުށި ޕޮއިންޓުގެ ގޮތުން އެއްވަރުވާއިރު، ދެން ހުރި ގޮތް ގޮތުން ވެސް ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

އެހެންވެ މުބާރާތުގެ ޤަވާއިދު އޮތް ގޮތުން ކުއަޓަރ ފައިނަލްގެ ޖާގަ ލިބޭ ޓީމެއް ކަނޑައަޅަނީ ގުރު ނަގައިގެންނެވެ. އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ނެގި ގުރުން، މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ލިބުނީ ފުވައްމުލަކަށެވެ. އެއާއެކު ތިމަރަފުށި ވަނީ މުބާރާަތުން ކަޓައިފަ އެވެ. ވަރުގަދަ ސްކޮޑަކާ އެކު އޮތް ފުވައްމުލައް ސިޓީން ވަނީ ފުރަތަމަ ބުރުގައި ކުޅުނު ހަަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އެ ޓީމުން ދެ ވަނަ ބުރުގެ ޖާގަ ހޯދީ ވެސް އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ފުވައްމުލައް ވަނީ ތިމަރަފުއްޓާ އެެއްވަރުވެފަ އެވެ. ދެ ވަަނަ މެޗުގައި ގުރައިދޫ އަތުން ބަލިވީއިރު، އެއީ މުބާރާތުގައި ފުވައްމުލަކުގެ ފުރަތަމަ ބައްޔެވެ. ގޯލްްޑް ކަޕް މުބާރާތުގައި ފުވައްމުލައް ސިޓީ އަށް އިރުޝާދު ދެމުން އަންނަނީ ތަޖުރިބާކާރު ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު