Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

މާލެ އާއި އަލިފުށި ކުޅޭ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި

މައްސަލަ ބެލުމަށްފަހު މުބާރާތުގެ ޑިސްޕްލިނަރީ ކޮމެޓީން ނިންމާފައި ވަނީ މާލޭ ސިޓީން ކުޅުންތެރިން ރަޖިސްޓްރީ ކޮށްފައި ވަނީ ޤަވާއިދާ އެއްގޮތަށް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޑިސެމްބަރު 2024 | ހޯމަ 04:37
މާލެ އާއި އަލިފުށި ކުޅެން އޮތް މެޗުގެ ކުރިން ކުޅުންތެރިން ދަނޑުގައި

މާލެ އާއި އަލިފުށި ކުޅެން އޮތް މެޗުގެ ކުރިން ކުޅުންތެރިން ދަނޑުގައި

ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގައި މާލޭ ސިޓީ އާއި ރ.އަލިފުށި ބައްދަލު ކުރަން އޮތް މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅެން އޮތް މެޗު ފަސްކުރަން ނިންމީ، މެޗު ފަށަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ. އެ މެޗު ފަސް ކުރަން ނިންމާފައި ވަނީ މާލޭ ސިޓީއާ ގުޅޭ ގޮތުން، ޅ.ކުރެންދޫ އިން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. އެގޮތުން ކުރެންދޫ ޓީމުން ހުށަހަޅާފައިވާ މައްސަލަ އަކީ މާލޭ ސިޓީގެ ޓީމުގައި އެހެން ރަށަކަށް ރަޖިސްޓްރީ އޮތް ދެ ކުުޅުންތެރިން ހިމެނިގެން ކުޅެފައިވާ މައްސަލަ އެވެ.

އެގޮތުން ޝަކުވާ ހުށަހަޅާފައިވާ ދެ ކުޅުންތެރިން، މުބާރާތެއްގައި ކުޅުމަށްޓަކައި ރަޖިސްޓްރީ ބަދަލު ކޮށްފައިވާ ކަމަށް މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެ ދެ ކުޅުންތެރިންގެ ރަޖިސްޓްރީ ދ.ހުޅުދެއްޔަށް ބަދަލު ކޮށްފައިވާ ކަމަށް ބުނެ، ކުރެންދޫ އިން ވަނީ އެކަމުގެ ހެކި ވެސް ހުށަހަޅައިފަ އެވެ.

މައްސަލަ ބެލުމަށްފަހު މުބާރާތުގެ ޑިސްޕްލިނަރީ ކޮމެޓީން ނިންމާފައި ވަނީ މާލޭ ސިޓީން ކުޅުންތެރިން ރަޖިސްޓްރީ ކޮށްފައި ވަނީ ޤަވާއިދާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެ ކުޅުންތެރިންގެ މައްސަލަ ތަހުގީގު ކުރިއިރު، އެ ކުޅުންތެރިންނަކީ މާލޭގެ ކުޅުންތެރިންކަން ޔަގީންވާ ކަމަށް ވެސް ޑިސިޕްލިނަރީ ކޮމެޓީން ވަނީ ނިންމައިފަ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި މާލޭ ސިޓީ އާއި ކުރެންދޫ ބައްދަލު ކުރި މެޗު 1-0 އިން ކާމިޔާބު ކޮށްފައި ވަނީ މާލޭ ސިޓީންނެވެ. މި ދެ ޓީމު ހިމެނޭ ގުރޫޕު އެޗުގައި ދެ ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ދެ ޓީމަށް ވެސް ތިން ޕޮއިންޓު ލިބޭއިރު، މި ގުރޫޕުގެ އެއް ވަނަ ކަށަވަރު ވާނީ މި ދެ ޓީމު ބައްދަލު ކުރާ މެޗުންނެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު