Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

މާލޭ ސިޓީ ބަލިކޮށް، އެއް ވަނައިގައި އަލިފުށި ކުއާޓާ ފައިނަލަށް

މޮޅާއެކު އަލިފުއްޓަށް ގުރޫޕުގެ އެއް ވަނަ ލިބުނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މާލޭ ސިޓީ ކުއާޓާ ފައިނަަލަށް ދިޔައީ ތިން ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2024 | އަންގާރަ 04:20
މެޗުގައި ލަނޑު ޖެހުމަށްފަހު އަލިފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އަލިފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި މާލޭ ސިޓީ ބަލިކޮށް، ގުރޫޕު އެޗުގެ އެއް ވަނައިގައި ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އަލިފުށިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މާލޭ ސިޓީންނެވެ. ނަމަވެސް އަލިފުށިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި މާލޭ ސިޓީ އަށް ލީޑު ލިބުނީ އަލީ ޝަރީފު ބޮލުން ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލިފުށިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، އަލިފުއްޓަށް ލިބުނު ހިލޭ ޖެހުމެއްގައި ބޯޅަ ގޯލަށް ވައްދާލައިގެން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުޙައްމަދު ރަޝީދު (ހޮކޭ) އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އަލިފުއްޓަށް ލީޑު ނަގައިދިނީ އިބްރާހީމް ސަލާމް އެވެ. އޭގެ އިރުކޮޅެއް ފަހުން އަޙުމަދު ހުޝާމް ވަނީ އަލިފުށީގެ ތިން ވަނަ ލަނޑު ޖަހައި އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ.

މޮޅާއެކު އަލިފުއްޓަށް ގުރޫޕުގެ އެއް ވަނަ ލިބުނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މާލޭ ސިޓީ ކުއާޓާ ފައިނަަލަށް ދިޔައީ ތިން ޕޮއިންޓާ އެކު އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
19 ޑިސެމްބަރު 2024

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް

19 ޑިސެމްބަރު 2024
ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް
18 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް ބުދަ ދުވަހު ފަށަނީ

18 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް ބުދަ ދުވަހު ފަށަނީ
16 ޑިސެމްބަރު 2024

އައްޑޫ ކުއާޓަރ އަށް، ތަފާތު ދެއްކީ އިއްބެ

16 ޑިސެމްބަރު 2024
އައްޑޫ ކުއާޓަރ އަށް، ތަފާތު ދެއްކީ އިއްބެ
16 ޑިސެމްބަރު 2024

މާލެ އާއި އަލިފުށި ކުޅޭ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި

16 ޑިސެމްބަރު 2024
މާލެ އާއި އަލިފުށި ކުޅޭ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި
16 ޑިސެމްބަރު 2024

ގުރުގެ ނަސީބުން، ފުވައްމުލައް ކުއާޓަރ ފައިނަލަށް

16 ޑިސެމްބަރު 2024
ގުރުގެ ނަސީބުން، ފުވައްމުލައް ކުއާޓަރ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު