Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބަލި ޤަބޫލު ކުރަން ދަތި، ހިތްވަރާ އެކު ކުރިއަށް ދާން ޖެހޭ

ކުލަބެއް ކުރިއަށް ދިޔުމުގައި ބައްޔަކީ ވެސް ހިމެނޭ ބައެއްކަން ފާހަގަ ކުރަމުން އެސިސްޓެންޓު ކޯޗު ބުނީ، ދެން ކުރަން ޖެހޭނީ ޙާލަތު ބަދަލު ކުރުމުގެ މަސައްކަތް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2024 | އަންގާރަ 04:17
ބާސެލޯނާގެ އެސިސްޓެންޓު ކޯޗު މާާކަސް ސޯގް

ބާސެލޯނާގެ އެސިސްޓެންޓު ކޯޗު މާާކަސް ސޯގް

ސްޕެނިޝް ލީގުގައި ލެގާނެސްއާ ދެކޮޅަށް ކުޅުނު މެޗުން ވީ ބައްޔަކީ ޤަބޫލު ކުރަން ދަތި ކަމެއް ކަމަށާއި، ހިތްވަރާ އެކު ކުރިއަށް ދާން ޖެހޭ ކަމަށް ބާސެލޯނާގެ އެސިސްޓެންޓު ކޯޗު މާކަސް ސޯގް ބުނެފި އެވެ.

ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ހަންސީ ފްލިކް އަށް ދެއްކި ރަތް ކާޑުގެ ސަބަބުން، އޭނާ ހުރީ ސަސްޕެންޝަންގަ އެވެ. އެހެންވެ ލެގާނެސް މެޗުގައި ފްލިކްގެ ބަދަލުގައި ބާސެލޯނާ އަށް އިރުޝާދު ދިނީ އެސިސްޓެންޓު ކޯޗު ސޯގް އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ އެސިސްޓެންޓު ކޯޗު ބުނީ، ބާސެލޯނާގެ ކުޅުންތެރިން މެޗު ފެށީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ބާސެލޯނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. މެޗުގެ ވަރަށް ކުރީ ކޮޅު ލެގާނެސް އިން ބާސެލޯނާ ކޮޅަށް ލަނޑު ޖެހިކަން ފާހަގަ ކުރަމުން އެސިސްޓެންޓް ކޯޗު ބުނީ، ބާސެލޯނާގެ ކުޅުންތެރިން އެނބުރި މެޗުގެ ތެރެއަށް އައުމަށް ވަރަށް މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް، އަލުން މެޗުގެ ތެރެއަށް އައުމުގައި ބާސެލޯނާގެ ކުޅުންތެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެސިސްޓެންޓު ކޯޗު ވަނީ ފާހަގަ ކޮށްފަ އެވެ. ޚާއްސަކޮށް ލީގުގައި އުނދަގޫ މެޗުތަކެއް ކުޅެން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި ލެގާނެސްއާ ދެކޮޅަށް ވެސް ބާސެލޯނާ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި، ނަަމަވެސް ލަނޑެއް ކާމިޔާބު ކުރުމުގައި ބާސެލޯނާގެ ކުޅުންތެރިންނަށް ނަސީބު ނެތީ ކަމށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ އެ ބައްޔަކީ ބާސެލޯނާ އަށް ވަރަށް އުނދަގޫ ބައްޔެއް ކަމަށާއި، އެ ބައްޔަކީ ޤަބޫލު ކުރަން ވެސް ދަތި ބައްޔެއް ކަމަށެވެ. އެހެން ނަމަވެސް، ކުލަބެއް ކުރިއަށް ދިޔުމުގައި ބައްޔަކީ ވެސް ހިމެނޭ ބައެއްކަން ފާހަގަ ކުރަމުން އެސިސްޓެންޓު ކޯޗު ބުނީ، ދެން ކުރަން ޖެހޭނީ ޙާލަތު ބަދަލު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތަކީ ވަރަށް ބުރަކޮށް ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި، އެ މަސައްކަތަކީ ހުއްޓާލުމެއް ނެތި ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވެސް އެސިސްޓެންޓު ކޯޗު ސާގް ވަނީ ބުނެފަ އެވެ.

މެޗުން ބާސެލޯނާ ބަލިވެފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅެފައިވާ 18 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އެތުލެޓިކޯ މެޑްރިޑަށް ވެސް ލިބެނީ 38 ޕޮއިންޓެވެ. ނަމަވެސް އެތުލެޓިކޯ އޮތީ ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެފަ އެވެ. އެހެންކަމުން، މެޗުގެ އަދަދު ހަމަކުރާއިރު، އެތުލެޓިކޯ އަށް އެއް ވަނަ މަގާމަށް ޖެހިލުމުގެ ފުރުސަތު އޮންނާނެ އެވެ. ލީގުގައި ބާސެލޯނާ އަށް ދެން އޮންނާނީ ވެސް އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗެވެ،

ބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު