Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިންގ މިނިސްޓްރީގެ ބޮޑު ހުޅު ހާދިސާ

އަލިފާނުގެ ހާދިސާގައި ހައުސިންގ އާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ - މުއްތަލިބް

މިނިސްޓަރ މުއްތަލިބް ވިދާޅުވީ ހައުސިންގެ ހުރިހާ މައުލޫމާތެއް ކްލައުޑްގައި ރައްކާކުރެވިފައިވާކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2024 | އާދީއްތަ 05:03
ޑރ. އަބްދުﷲ މުއްތަލިބު

ޑރ. އަބްދުﷲ މުއްތަލިބު

އަލިފާނުގެ ހާދިސާގައި ހައުސިންގ އާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އެފަދައިން ވިދާޅުވެފައި މި ވަނީ ހައުސިންގ މިނިސްޓްރީގެ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ހުރި ސަރވަރ އަށް އަސަރުކޮށްފައިވާ ކަމަށާއި ލިޔެކިޔުންތައް ގެއްލިއްޖެ ނަމަ ހޯދޭނެ ގޮތެއް ނެތް ކަމަށް ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވެފައިވާތީ އާއްމުންގެ ކަންބޮޑުވުން ހާމަކުރަމުން އައި ދަނޑިވަޅެއްގައެވެ. ހައިދަރު މިފަދައިން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ބަސްތީގަތުމެއްގައެވެ. މިނިސްޓަރ ވަނީ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންގެ މައުލޫމާތާއި މަޝްރޫޢުތަކުގެ މައުލޫމާތު ހިމެނޭ ސަރވަރ އަށް އަސަރުކޮށްފައިވާކަން ހާމަކުރައްވާފައެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު ރާއްޖެއެމްވީ އަށް ހިއްސާކުރައްވަމުން އަލިފާނުގައި އެ މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް ވަނީ އަނދާފައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މިނިސްޓަރ މުއްތަލިބް ވިދާޅުވީ ހައުސިންގެ ހުރިހާ މައުލޫމާތެއް ކްލައުޑްގައި ރައްކާކުރެވިފައިވާކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި ވުޒާރާތަކުގައި މުހިންމު ގިނަ ޑޭޓާތައް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މުއްތަލިބް އިތުރަށް ވިދާޅުވި ހައުސިންގ ލޯނުތަކާ ބެހޭ މައުލޫމާތުތައް ވެސް ރައްކާތެރިކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ޑޭޓާތަކާއި މައުލޫމާތުތައް ގެއްލިގެން ދިޔަ ވާހަކަ ފަތުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފުދޭ ވަރެއްގެ ގިނަ ޑޭޓާތައް ސްޓޯ ކުރެވިފައި، ބެކަޕް ހެދިފައި ހުރި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މުއްތަލިބްގެ ވާހަކައިގައި ބައެއް ޑޭޓާތަކާއި މައުލޫމާތުތައް ގެއްލިގެން ދިޔަ ވާހަކަ ފަތުރާ ކަމަށް ވިދާޅުވެފައިވާ އިރު ޑޭޓާތައް ގެއްލިއްޖެ ނަމަ އެ މައުލޫމާތު ނުލިބޭނެ ކަމަށާއި ސަރވަރ އަށް އަސަރުކޮށްފައިވާ ކަމަށް ވިދާޅުވީ ހައުސިން މިނިސްޓަރ އަލީ ހައިދަރުއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ. މިނިސްޓްރީން ބުނީ މިހާދިސާއާ ގުޅިގެން މިނިސްޓްރީން ކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި، ލިޔުންތަކަކީ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތު ކަމަށެވެ. އަދި މިހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބުަހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!

ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!

17 އޮކްޓޯބަރު 2025
ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

01 އޮކްޓޯބަރު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މުއްދަތު ހަމަވިއިރު ފްލެޓް ލިސްޓަށް 8000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

މުއްދަތު ހަމަވިއިރު ފްލެޓް ލިސްޓަށް 8000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

16 އެޕްރީލު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު