Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައުސިންގ މިނިސްޓްރީ ބޮޑު ހުޅު ހާދިސާ

އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިވަނީ

ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 13:05
ހައުސިންގ މިނިސްޓްރީ ހިނގަމުން އައި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރަން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަނީ

ހައުސިންގ މިނިސްޓްރީ ހިނގަމުން އައި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރަން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަނީ

ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއްގައި ރޯވި އަލިފާނުގެ ހާދިސާ އާއި ގުޅޭ ގޮތުން ހިންގާ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ކޮމިޝަަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުން ކަމަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ވަނީ އަލިފާން ނިއްވުމުގައި ސިފައިންނަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ފަދަ ބޮޑު ހާދިސާއެއްގެ ތަހުގީގު ފުލުހުން ފުރިހަމައަށް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އާއްމުންނަށް ސީޕީ ވަނީ ދެއްވާފައެވެ. އިތުރަށް ސީޕީ ވިދާޅުވީ އެ ތަހުގީގު ކުރިއަށްދާނީ ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަމާއި އެކުގައި ކަަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ސީޕީ ވަނީ ރައްޔިތުންނާއި ހަމައަށް އެކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ފާހަގަކުރައްވާފައެވެ. ސީޕީ އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ފުލުހުންނަށް ހަވާލު ކޮށްފައިވާ ކަމަށެވެ. އެއާއި އެކު ފުލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށާއި ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ބުނީ 2024 ޑިސެންބަރު 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށެވެ.

ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި ރޯވި އަލިފާން ކޮންޓްރޯލް ނުކުރެވި އެ ބްލޮކްގައި ހުންނަ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި މާލެ ސިޓީ ކައުންސިލްގެ ވައިޓަލް އައި ލޭންޑް ސެކްޝަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އަދި މި ހާދިސާ ތަހުގީގުކުރަމުން އަންނަ އިރު، ބޭރުން ތަހުގީގު ޓީމެއް ގެނެސްގެން އެ ހާދިސާ ތަހުގީކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް ތަހުގީގު ފެށުމުގެ ކުރިން އަލިފާން ރޯވި އިމާރާތް ތަޅާ އެތަން ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެތަކެއް ސުވާލުތަކެއް އުފެދިފައިވާއިރު، މިއީ ބަޔަކު ގަސްދުގައި ކުރިކަމެއް ކަމަށް ވެސް ތުހުމަތުކުރެވެއެވެ. ނަމަވެސް މިކަމާއި ގުޅޭ ސާފު މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

ަހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު