Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓާއި ގޯތީގެ މައްސަލަ

ފްލެޓާއި ގޯތީގެ މައްސަލާގައި ފަހި ޔޫނިއަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މިނިސްޓަރު މުއްތަލިބު ދެކޮޅު ހައްދަވައިފި

ފްލެޓުތައް ދޫނުކޮށް ލަސްވާ މައްސަލާގައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖެނުއަރީ 2025 | އާދީއްތަ 08:54
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ފްލެޓާއި ގޯތީގެ މައްސަލާގައި ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކުރާ އެއްޖަމިއްޔާ ކަމަށްވާ ފަހި ޔޫނިއަންގެ ބޭފުޅުންނާއި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައްދަލުކުރެއްވުމަށް ދެކޮޅު ހައްދަވައިފިއެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކޮށްފައިވާ ފްލެޓު ލިސްޓު އާއްމުނުކުރާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް، ދަރުބާރުގޭގެ ދޮރުމަތީގައި އާދިއްތަ ދުވަހުގެ ހެނދުނު ވަނީ މުޒާހަރާކޮށްފައެވެ. މި މުޒާހަރާގައި ހުންނަވައި، ރާއްޖެއެމްވީއަށް ފަހިޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު ވިދާޅުވީ ފްލެޓުތައް ދޫނުކޮށް ލަސްވާ މައްސަލާގައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.

ރޯދަމަހުގެ ކުރިން ފްލެޓު ލިސްޓް އާއްމު ކުރުމަށް މަސައްކަތްކުރާ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ނޫރު ވިދާޅުވީ ރޯދައަށް ފްލެޓުތަކަށް ވަންނަން ބޭނުންވާ ގިނަ އާއިލާތައް ތިބި ކަމަށާއި، ވީހާ ވެސް އަވަހަށް ފްލެޓު ލިސްޓް އާއްމު ކުރުމަށް އެދި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ފަހި ޔޫނިއަންގެ ފަރާތުން ބައްދަލުކުރަން ބޭނުންވާތީ، އެކަން ވެސް ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފަހި ޔޫނިއަންނާއި ބައްދަލުކުރުމަށް މިނިސްޓަރު މުއްތަލިބު ދެކޮޅު ހައްދަވާފައިވާ ކަމަށާއި، ބައްދަލުކުރެއްވުމަށް ދެކޮޅު ހެއްދެވީ މިމައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް ސިޓީގެ ޖަވާބުގައި ދަންނަވާފައިވާ ކަމަށެވެ.

ނޫރު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާ ބަޔަކާ ބައްދަލުކުރަން އެދުމުން މިނިސްޓަރު މުއްތަލިބު ދެކޮޅު ހެއްދެވުމުގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށެވެ. މިއީ އެބޭފުޅުންގެ އިހުލާސްތެރިކަމާއި، އިންސާފުވެރިކަމާމެދު ގިނަ ރައްޔިތުން ސުވާލު އުފެއްދުމަށް ދިން ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓް އާއި ގޯތި މުޒާހަރާފަހި ޔޫނިއަންމިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބު

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!

17 އޮކްޓޯބަރު 2025
ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!
08 އޮކްޓޯބަރު 2025

ފްލެޓް ލިބުނު ފަރާތްތަކާއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އޮއްވައި، ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ނިންމަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން

08 އޮކްޓޯބަރު 2025
ފްލެޓް ލިބުނު ފަރާތްތަކާއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އޮއްވައި، ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ނިންމަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން
01 އޮކްޓޯބަރު 2025

ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

01 އޮކްޓޯބަރު 2025
ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް
27 ސެޕްޓެމްބަރު 2025

ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި

27 ސެޕްޓެމްބަރު 2025
ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި
25 ސެޕްޓެމްބަރު 2025

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑު ވެއްޖެ!!

25 ސެޕްޓެމްބަރު 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑު ވެއްޖެ!!
25 ސެޕްޓެމްބަރު 2025

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިފާ ފްލެޓްތަކަށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން

25 ސެޕްޓެމްބަރު 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިފާ ފްލެޓްތަކަށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
10 ޖުލައި 2025

ސިވިލް ސާރވިސްގެ ވަޒީފާ އެއްގައި ދުވަހަކު ނޫޅޭ މީހަކު، އެތަނުގެ ރެކޯޑްތަކުގެ މައްޗަށް ކަމަށް ބުނެ ފްލެޓް ކަޓުވާލައިފި

10 ޖުލައި 2025
ސިވިލް ސާރވިސްގެ ވަޒީފާ އެއްގައި ދުވަހަކު ނޫޅޭ މީހަކު، އެތަނުގެ ރެކޯޑްތަކުގެ މައްޗަށް ކަމަށް ބުނެ ފްލެޓް ކަޓުވާލައިފި
16 އެޕްރީލު 2025

މުއްދަތު ހަމަވިއިރު ފްލެޓް ލިސްޓަށް 8000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

16 އެޕްރީލު 2025
މުއްދަތު ހަމަވިއިރު ފްލެޓް ލިސްޓަށް 8000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު