Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުލެޓް ލިސްޓް

މުއްދަތު ހަމަވިއިރު ފްލެޓް ލިސްޓަށް 8000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

ޝަކުވާތަކުގެ ތެރޭގައި 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ޕޯޓަލް މެދުވެރިކޮށް ހުށައެޅި ޝަކުވާތަކާއި، އަދި އާއްމުކޮށް ހުޅުވާލި ފުރުޞަތުގައި އީމެއިލުންނާއި ސިޓީގެ ޒަރިއްޔާއިން އާއްމުން ހުށައަޅާފައިވާ ޝަކުވާތައް ހިމެނޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 16 އެޕްރީލު 2025 | ބުދަ 13:56
ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތައް: ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓް ތަކަށް  8000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނޭ

ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތައް: ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓް ތަކަށް 8000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނޭ

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި 4000 ފްލެޓް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 3،119 ބާކީކޮށް މި ސަރުކާރުން ނެރުނު ފްލެޓް ލިސްޓަށް 8،602 ޝަކުވާ ހުށަހަޅައިފި އެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ މި ޝަކުވާތަކުގެ ތެރޭގައި 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ޕޯޓަލް މެދުވެރިކޮށް ހުށައެޅި ޝަކުވާތަކާއި، އަދި އާއްމުކޮށް ހުޅުވާލި ފުރުޞަތުގައި އީމެއިލުންނާއި ސިޓީގެ ޒަރިއްޔާއިން އާއްމުން ހުށައަޅާފައިވާ ޝަކުވާތައް ހިމެނޭކަމަށެވެ.

Advertisement - newsAdvertisement

ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5236 ޝަކުވާ ވަނީ ހުށައަޅާފައި ކަމަށާއި އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ ހުށައަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބިފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެފައިވެ އެވެ.

ޝަކުވާ ހުށައެޅުމުގެ މުއްދަތު ފުރަތަމަ ހުޅުވާލީ މަރިޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށެވެ. ފަހުން އިތުރު 15 ދުވަސް އިތުރުކޮށްދީ، މި މުއްދަތު އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރި އެވެ.

މިފަހަރު ފުރުޞަތު ހުޅުވާލިއިރު، އިތުރު ލިޔެކިޔުންތައް ހިމެނުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. ފުރުޞަތު ދިނީ، އެމީހަކު ހިމަނަން ބޭނުންވާ މަޢުލޫމާތުތައް ލިޔެ، ހުށައެޅުމަށެވެ.

މި ސްކީމްގެ އުސޫލުގައިވާގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހޭނެއެވެ. ނަމަވެސް ފަހުން ގެނައި ބަދަލުގައި ވަނީ ޙާއްސަ ޙާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް، އެކަން ބަލައިގަތުމަށް ނިންމާފަ އެވެ.

ފްލެޓް ލިސްޓު ފެބްރުއަރީ 27، ގައި އިއުލާން ކުރުމަށްފަހު، އެއް މަސް ދުވަސް ތެރޭގައި ޝަކުވާ ހުށަހަޅަން ހުޅުވާލީ މާޗު 1، ގަ އެވެ. ނަމަވެސް ފަހުން އޭޕްރީލް 15، ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރި އެވެ.

ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ.

ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓަރު ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ގިނަ މީހުން އުނިކޮށް އާ ލިސްޓެއް މި ސަރުކާރުން ހެދުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ދަނީ އަޑުއުފުލަމުންނެވެ.

ގެދޮރުވެރިޔާ ސްކީމްފުލެޓް ލިސްޓްމިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބު4,000 ފްލެޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!

ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!

17 އޮކްޓޯބަރު 2025
ފްލެޓް ދޫކުރުމުގެ އުޞޫލުގެ ދަށުން ފުލެޓު ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ބުދަ ދުވަހު!

ފްލެޓް ދޫކުރުމުގެ އުޞޫލުގެ ދަށުން ފުލެޓު ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ބުދަ ދުވަހު!

07 އޮކްޓޯބަރު 2025
ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

01 އޮކްޓޯބަރު 2025
ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހިފައިގެން އާންމުން ހައުންސިން މިނިސްޓްރީ އަށް

ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހިފައިގެން އާންމުން ހައުންސިން މިނިސްޓްރީ އަށް

07 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު