Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާގެ ފްލެޓުތައް

ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ 28 ސެޕްޓެންބަރު 2025 ގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 08:30
ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވާހަކަދައްކަވަނީ-

ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވާހަކަދައްކަވަނީ-

މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން 4000 ފްލެޓު ދޫކޮށް، އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލްވެއްޖެ އެވެ.

މިނިސްޓަރު މުއްތަަލިބު މިޔަގީންކަން ދެއްވީ، 19 ޖޫން 2025 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ދުވަހު މިނިސްޓަރު މުއްތަލިބު ވިދާޅުވީ 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފަށައި، ސެޕްޓެންބަރު އަންނަންވާއިރަށް މީހުން ވައްދައި ނިންމައިލެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ފްލެޓުތައް ނިމެމުންދާ ގޮތުން އިރާދަ ކުރެއްވިއްޔާ ސެޕްޓެންބަރު އަންނަންވާއިރަށް މީހުން ވައްދައި ނިންމައިލެވޭނެ ކަމަށް ގަބޫލު ކުރެވެނީ. އިރާދަ ކުރެއްވިއްޔާ މިހާރު ނިމިފައިހުރި ފްލެޓުތައް ޖުލައި މަސް ތެރޭ އަޅުގަނޑުމެންނަށް އެ ފަރާތްތަކާ ހަވާލުކުރަން ފެށޭނެ ކަމަށް ގަބޫލުކުރަނީ
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ނަމަވެސް 4000 ސޯޝަލް ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ފަށާފައިވަނީ 28 ސެޕްޓެންބަރު 2025 ގައެވެ. އަމާން އުދަރެސް މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރަނީ 14 ވަނަ ޓަވަރުގެ ފްލެޓްތަކެވެ.

ފުރަތަމަ ފްލެޓްގެ ތަޅުދަނޑި ފްލެޓް ލިބުނު ފަރާތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މި ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދާ ކަމަށެވެ.

ހަމްދާން މިހެން ވިދާޅުވި ނަމަވެސް މިމަސައްކަތުގެ ސްޕީޑް ވަރަށް ލަސް ކަމަށާއި، ކުއްލިއަކަށް އަމާން އުދަރެސް ފްލެޓްތަކުގެ ތެރެއިން ފުރަތަމަ 14 ވަނަ ޓަވަރުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބާއްވާ ބޮޑު އެއްވުމާއި ގުޅިގެން ކަމަށް ފްލެޓު ލިބުނު ގިނަ ބަަޔަކު ދަނީ ބުނަމުންނެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން 4000 ފްލެޓު ދޫކޮށް މިމަސައްކަތް ނުނިންމުނު ގޮތާއި ގުޅޭގޮތުން ކަމާގުޅޭ އެއްވެސް ބޭފުޅެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި 4000 ހައުސިން ޔުނިޓްތަކަކީ ކުރީ ސަރުކާރުގައި އިމާރާތްކޮށް، ސްޓަރަކްޗަރގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ މަޝްރޫއެކެވެ. އަދި ފްލެޓު ލިބޭނެ މީހުންގެ ލިސްޓްވެސް ފައިނަލް ކޮށްފައިވެއެވެ. ނަމަވެސް މިސަރުކާރުން ފުރަތަމަ ވަނީ އެލިސްޓަށް ފްލެޓުތައް ދޫކުރުމަށް ދެކޮޅު ހަދައި، މައްސަލަތަކެއް ބަލާކަން ހާމަކޮށްފައިވެއެވެ. މިސަރުކާރަށް ދޮޅު އަހަރުވެގެން ދިޔައިރު ވެސް މި މައްސަލަ ނިންމިފައިނުވާތީ، އަދި ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށްނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ކުރީ ސަރުކާރުގެ ފްލެޓު ލިސްޓަށް ފްލެޓުތައް ދޫކުރަން ނިންމައި އެކަން 29 މެއި 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރިއެވެ.

ނަމަވެސް ނުހައްގުން މިހާރު ވެސް ގިނަ ފްލެޓުތަކެއް އަތުލާފައިވާ ކަަމަށް ފަހި ޔޫނިއަންއިން ތުހުމަތުކޮށްފައިވެއެވެ. ފްލެޓު ތަޅުދަނޑި ހަވާލުކުރުމާއި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވާތީ، ފްލެޓު ލިބޭ މީހުންގެ ލިސްޓުން އުނިކޮށްފައިވާ އަދަދު ހާމައެއް ނުވެއެވެ. އަދި 4000 ފުލެޓްގެ ތެރެއިން 350 ފުލެޓް ވިއްކަން އުޅޭ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން މި ފްލެޓްތަކުގެ އެގްރީމެންޓް މިސަރުކާރުން ބަދަލުކޮށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގަވާއިދާ ޚިލާފަށްކަމަށް ފަހިޔޫނިއަން ތަމްސީލު ކުރައްވާ ވަކީލު އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25000 ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާއެވެ.

ނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް މަހު ކުއްޔަށް 7000 ރުފިޔާ އަދި މެއިންޓެނެންސްއަށް 1000 ރުފިޔާއާ އެކު މަހަކު ޖުމްލަ 8000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަށް މަހު ކުއްޔަށް 9000 ރުފިޔާ އަދި މެއިންޓެނެންސްއަށް 1500 ރުފިޔާއާއެކު މަހަކު ޖުމްލަ 10500 ރުފިޔާ ދައްކަން ޖެހެއެވެ.

ޑރ. އަބްދުﷲ މުއްތަލިބުހައުސިންގް މިނިސްޓަރހައުސިން މަޝްރޫޢުމިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބުޑރ. އަބްދުﷲ މުއްތަލިބުގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

16 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު