Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ފެނުނީ ކުޅުންތެރިންގެ ފެންވަރު، މަސައްކަތް ރަނގަޅު: ފްލިކް

މެޗުގައި ޑޯޓްމަންޑު ޖެހި ދެ ވަނަ ލަނޑަކީ ބާސެލޯނާގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ސަބަބުން ޖެހި ލަނޑެއްކަން ފާހަގަކޮށް ފްލިކް ބުނީ، އަބަދު ވެސް ކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2024 | ހޮނިހިރު 03:26
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނީ ބާސެލޯނާ ކުޅުންތެރިންގެ ފެންވަރު ކަމަށާއި، ކުޅުންތެރިން ކުރީ ރަނގަޅު މަސައްކަތެއް ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ މޮޅުވީއިރު، އެ ޓީމުން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު ޑޯޓްމަންޑުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ބާސެލޯނާ ވަނީ އެ މެޗުން މޮޅުވެފަ އެވެ.

އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާގެ ކުޅުންތެރިން އެމީހުންގެ އަމިއްލަ ނަފްސަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، އެކަމާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، އެ މެޗުގައި ކުޅުންތެރިން އެ މީހުންގެ ހުނަރާއި ފެންވަރު ދައްކުވައިދިން ކަމަށާއި، މެޗާ މެދު ހިތްހަމަ ޖެހިފައި ހުރި ކަމަށް ވެސް ފްލިކް ބުންޏެވެ.

މީޣެ އިތުރުން ފްލިކް ބުނީ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. މެޗުގެ ދެ ވަނަ ހާފުގައި ޑޯޓްމަންޑުން ލަނޑު ޖެހުމާ އެކު ވެސް، ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ "ހަމަޖެހިގެން" ތިބި ކަހަލަ މަންޒަރެއް ކަމަށް ފްލިކް ބުނެފައިވެ އެވެ. އޭނާ ސިފަ ކުރި ގޮތުގައި އެ މެޗުގައި ޑޯޓްމަންޑުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޚާއްސަކޮށް އެ ޓީމުގައި ވެސް ހުނަރުވެރި ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިން ހުއްޓުވުމަށް ޑިފެންސްގައި ބާސެލޯނާ އިން މޮޅު ކުޅުމެއް ދެއްކި ކަމަށް ފްލިކް ޤަބޫލު ކުރެ އެވެ.

މެޗުގައި ޑޯޓްމަންޑު ޖެހި ދެ ވަނަ ލަނޑަކީ ބާސެލޯނާގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ސަބަބުން ޖެހި ލަނޑެއްކަން ފާހަގަކޮށް ފްލިކް ބުނީ، އަބަދު ވެސް ކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ރަނގަޅު ކުރުމަށާއި، އެކަންކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ވެސް ފްލިކް ބުންޏެވެ. ޖުމުލަ ގޮތެއްގައި އެ މެޗުގައި ބާސެލޯނާ އިން ދެއްކީ ފުރިހަމަ ކުޅުމެއް ކަމަށާއި، އޭނާގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔަން ބޭނުންވާ ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބާސެލޯނާ އިން ހަ މެޗު ކުޅެފައިވާއިރު، ފަސް މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އަދި އެއް މެޗުން ވަނީ ބަލިވެފަ އެވެ. މި ސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ ފްލިކްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، ސްޕެނިޝް ލީގުގެ ކުރީ ކޮޅު ބާސެލޯނާ އިން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ނަމަވެސް މި ފަހަކަށް އައިސް ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށްވެ، އެއް ވަަނައިގައި ހިފަހައްޓަމުން އައި ބޮޑު ލީޑު ވެސް ވަނީ ގެއްލިފަ އެވެ.

ބާސެލޯނާހަންސީ ފްލިކް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު