Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާގެ ހަމަނުޖެހުން

ބައްޝާރުގެ ވެރިކަން ވެއްޓިއްޖެ، ހަނގުރާމަވެރިން ވެރިރަށް ހިފައިފި

އަސަދުގެ ވެރިކަމުން ސޫރިޔާ މިނިވަންވެއްޖެ ކަމަށް އިދިކޮޅު ބާރުތަކުން އިއުލާނުކުރި އިރު، އޭނާ ޤައުމުން ފިއްލަވައިގެން ވަޑައިގެންފި ކަމަށް ރިޕޯޓުތައް ބުނޭ

ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2024 | އާދީއްތަ 04:23
ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ޕޯސްޓަރެއް ވީދާލާފައި

ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ޕޯސްޓަރެއް ވީދާލާފައި

އިދިކޮޅު ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްގު ހިފައި، ރައީސް އަސަދުގެ ވެރިކަން ނިމިއްޖެ ކަން އިއުލާނު ކޮށްފިއެވެ.

އަސަދުގެ ވެރިކަމުން ސީރިއާ މިނިވަންވެއްޖެކަމަށް އިދިކޮޅު ބާރުތަކުން އިއުލާނުކުރި އިރު، އަސަދު ޤައުމުން ފިއްލަވައިގެން ވަޑައިގެންފި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސޫރިޔާއާގެ ރައީސް ބައްޝާރު އަލް-އަސަދު ދިމިޝްގުން ވަޑައިގެންނެވީ ކޮންތާކަށް ކަމެއް ސާފެއް ނުވެއެވެ. އިދިކޮޅު ހަނގުރާމަވެރިން ވެރިރަށަށް ވަދެ، އާންމުން ގެންދަނީ މަގުމައްޗަށާއި އާންމު މައިދާންތަކަށް ނުކުމެ އުފާފާޅުކުރަމުންނެވެ.

ހަނގުރާމަވެރިން ދިމިޝްޤުގެ މައި ސަރަޙައްދަށް ވަދެ، ބަދަލުހިފުމެއްނެތި "އައު ޒަމާނެއް" ފެށުނު ކަން އިއުލާނުކޮށް، ބޭރުގައި ތިބި ސޫރިޔާގެ ރައްޔިތުންނަށް އެނބުރި ގައުމަށް އައުމަށް ގޮވާލައިފިއެވެ.

ބޭރުގައި ހުރި ސީރިއާގެ ސިޔާސީ އިދިކޮޅު އިއްތިހާދުގެ އިސްވެރިޔާ ހާދީ އަލް-ބަހްރާ ވަނީ ދިމިޝްގް "އަލް-އަސަދުގެ ކިބައިން މިނިވަންވެއްޖެ" ކަމަށް ބުނެ، ސީރިއާގެ ރައްޔިތުންނަށް މަރުޙަބާ ކިޔައިފައެވެ.

ސޫރިޔާގެ ބޮޑުވަޒީރު މުޙައްމަދު ޣާޒީ އަލް-ޖަލާލީ ވިދާޅުވީ އޭނާ އަދިވެސް އޭނާގެ ގޭގައި ހުންނެވި ކަމަށާއި، އިދިކޮޅު ފަރާތްތަކާއެކު އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ދައުލަތުގެ އާންމު މުއައްސަސާތައް މަސައްކަތްކުރަމުން ގެންދިއުން ކަށަވަރުކުރަން ބޭނުންވާކަމަށެވެ.

ހަނގުރާމަވެރިންގެ އިސް ޖަމާޢަތް ކަމުގައިވާ ކަމުގައިވާ ހަޔާތު ތަޙްރީރު އައް-ޝާމްގެ އިސްވެރިޔާ އަބޫ މުޙައްމަދު އަލް-ޖޫލާނީ ވަނީ އިދިކޮޅު ހަނގުރާމަވެރިންނަށް އެއްވެސް އާންމު މުއައްސަސާއަކަށް ނުވަތަ ޚިދުމަތަކަށް ހަމަލާ ނުދިނުމަށް އަމުރުކޮށްފައެވެ.

ބައްޝާރު އަލް-އަސަދަށް ވެރިކަން ލިބިވަޑައިގަތީ އޭނާގެ ބައްޕަ، މިލިޓަރީ ވެރިއެއްކަމުގައިވާ ހާފިޒް އަލް-އަސަދުގެ ފަރާތުންނެވެ.

ހާފިޒް އަލް-އަސަދު ސީރިޔާގެ ވެރިކަން ކުރެއްވީ 1971 އިން ފެށިގެން 2000 ވަނަ އަހަރުގެ ޖޫން މަހު އޭނާ އަވަހާރަވުމާ ހަމައަށެވެ.

2000 ވަނަ އަހަރުގެ ޖުލައި މަހު، ކުރީގެ މެޑިކަލް ދަރިވަރު، އަސަދު އެ ގައުމުގެ ރައީސްކަމާއި، ބައަތު ޕާޓީގެ ވެރިކަމާއި، އަދި މިލިޓަރީގެ ކޮމާންޑަރ އިން ޗީފްގެ މަޤާމާ ހަވާލުވިއެވެ.

11 އަހަރު ފަހުން، ސޫރިޔާގެ ރައްޔިތުން ޑިމޮކްރަސީ އަށް އެދި މަގުމައްޗަށް ނުކުތުމުން، އަލް-އަސަދު ޖަވާބުދެއްވީ ގޮއްމުށުގެ ބާރުންނެވެ. ގިނަ އަދަދެއްގެ ސޫރިޔާގެ ރައްޔިތުން މުޒާހަރާތަކުގައި ބައިވެރިވަމުން ދިޔައިރު، އިދިކޮޅު ފަރާތްތައް އޭނާ ސިފަ ކުރެއްވީ "ޓެރަރިސްޓުން" ގެ ގޮތުގައެވެ. މުޒާހަރާ ކުރާ މީހުންނާ ކުރިމަތި ލައްވާ އޭނާގެ ބާރުތައް އިތުރަށް ގަދަ ކުރައްވަން ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށްވީ، އެންމެ ފަހުން އަހުލީ ހަނގުރާމައަކަށް މަގުފަހިވިއެވެ.

އޭގެ ފަހުން އައި އަހަރުތަކުގައި އެތައް ސަތޭކަ ހާސް ސޫރިޔާގެ ރައްޔިތުން މަރުވެ، އަދި އެންމެ ފަހުން ރައްޔިތުންނާ ދެކޮޅަށް އަލް-އަސަދު ކެމިކަލް ހަތިޔާރު ބޭނުންކުރެއްވި ކަމުގެ ތުހުމަތު ކުރެވުނެވެ.

ހަނގުރާމައިގެ ހިޔަނީގައި، އޭނާ ސަރުކާރުގެ ބާރު ހިނގާ ސަރަޙައްދުތަކުގައި އޭނާ އިންތިޚާބުތައް ބޭއްވިއެވެ. ނަމަވެސް ގިނަ ބަޔަކު މި އިންތިޚާބުތައް ބެލީ ޑިމޮކްރެޓިކް ނޫން އިންތިޚާބުތަކެއްގެ ގޮތުގައެވެ.

ދާޚިލީ ހަނގުރާމަ ކާމިޔާބު ނުކުރެއްވުނު ނަމަވެސް، އަލް-އަސަދު ވެރިކަމުގައި ދެމިހުންނެވީ އޭނާއަށް ތާއީދުކުރާ ފަރާތްތަކުގެ އެހީގައެވެ. އޭގެ ތެރޭގައި ރަޝިޔާ އާއި އީރާނު ހިމެނެއެވެ.

ސީރިޔާގެ ދާޚިލީ ހަމަނުޖެހުން

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2024

ވެރިކަން ވެއްޓުނު ފަހުން އަސަދުގެ ފުރަތަމަ ބަޔާން - ފިއްލަވައިގެން ވަޑައިގެންނެވި ގޮތާއި ސަބަބު ހާމަ ކުރައްވައިފި

17 ޑިސެމްބަރު 2024
ވެރިކަން ވެއްޓުނު ފަހުން އަސަދުގެ ފުރަތަމަ ބަޔާން - ފިއްލަވައިގެން ވަޑައިގެންނެވި ގޮތާއި ސަބަބު ހާމަ ކުރައްވައިފި
15 ޑިސެމްބަރު 2024

ސޫރިޔާ ގައި އަސަދުގެ ވެރިކަން ވައްޓާލި "ޓެރަރިސްޓް ގްރޫޕް" އާ އެމެރިކާއިން "ސީދާ ގުޅުން" އޮތް ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

15 ޑިސެމްބަރު 2024
ސޫރިޔާ ގައި އަސަދުގެ ވެރިކަން ވައްޓާލި "ޓެރަރިސްޓް ގްރޫޕް" އާ އެމެރިކާއިން "ސީދާ ގުޅުން" އޮތް ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
14 ޑިސެމްބަރު 2024

ދިމިޝްގުގައި ހުންނަ ޖެނެރަލް އިންޓެލިޖެންސް ބްރާންޗް 251 ޖަލުގެ އެތެރޭގެ އައު މަންޒަރުތައް

14 ޑިސެމްބަރު 2024
ދިމިޝްގުގައި ހުންނަ ޖެނެރަލް އިންޓެލިޖެންސް ބްރާންޗް 251 ޖަލުގެ އެތެރޭގެ އައު މަންޒަރުތައް
11 ޑިސެމްބަރު 2024

އިޒްރޭލުން ސޫރިޔާގެ އަސްކަރިއްޔާގެ ކަނޑުމަތީ ވަސީލަތްތަކަށް ބޮން އަޅައިފި

11 ޑިސެމްބަރު 2024
އިޒްރޭލުން ސޫރިޔާގެ އަސްކަރިއްޔާގެ ކަނޑުމަތީ ވަސީލަތްތަކަށް ބޮން އަޅައިފި
10 ޑިސެމްބަރު 2024

މިހާތަނަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލުން ސޫރިޔާ އަށް ދީފި

10 ޑިސެމްބަރު 2024
މިހާތަނަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލުން ސޫރިޔާ އަށް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު