Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާގެ ހަމަނުޖެހުން

މިހާތަނަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލުން ސޫރިޔާ އަށް ދީފި

ހަމަލާ ދިން ތަންތަނުގެ ތެރޭގައި އެ ގައުމުގެ މައި ތިން ވައިގެ ބަނދަރަކާއި، ވެރިރަށް ދިމިޝްގުގައި ހުންނަ މުހިންމު އަސްކަރީ ވަސީލަތްތަކަށް ހިމެނޭ

ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2024 | އަންގާރަ 05:15
އިސްރާއީލު ސިފައިން ސޫރިޔާ އާއި ގޯލާން ހެއިޓްސް ގެ އިމުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ

އިސްރާއީލު ސިފައިން ސޫރިޔާ އާއި ގޯލާން ހެއިޓްސް ގެ އިމުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ

އިސްރާއީލުގެ ބާރުތަކުން ސޫރިޔާގެ އެކި ސަރަޙައްދުތަކަށް ބާރުގަދަ ހަމަލާތަކެއް ހަމަލާދީފިއެވެ.

ސޫރިޔާގައި ދިގު މުއްދަތަކަށް އޮތް ބައްޝާރު އަލް-އަސަދު ގެ ވެރިކަން ވެއްޓިފައިވާ މި ދަނޑިވަޅުގައި، ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން މިދިން ހަމަލާތަކަކީ މިހާތަނަށް ސޫރިޔާ އަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

ހަމަލާ ދިން ތަންތަނުގެ ތެރޭގައި އެ ގައުމުގެ މައި ތިން ވައިގެ ބަނދަރަކާއި، ވެރިރަށް ދިމިޝްގުގައި ހުންނަ މުހިންމު އަސްކަރީ ވަސީލަތްތަކަށް ހިމެނެއެވެ.

އަނެއްކޮޅުން ވެރިކަމުން ވައްޓާލެވުނު ރައީސް ބައްޝާރު އަލް-އަސަދުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން އެކުލަވާލާ ސަރުކާރަށް ބާރުތައް ހަވާލުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަލަށް އެކުލަވާލާ ސަރުކާރުގެ އިސްވެރިޔަކީ މުޙައްމަދު އަލް-ބަޝީރެވެ.

އިސްރާއީލުން މި ދަނޑިވަޅުގައި ގަދަފަދަ ހަމަލާތައް ސޫރިޔާ އަށް ދިނުމުގެ އިތުރުން ގޯލާން ހައިޓްސްގެ އިތުރު ބިންތައް ދަނީ ފޭރެމުންނެވެ. ޤަޠަރު، އިރާޤު އަދި ސަޢޫދީ ޢަރަބިއްޔާއިން ސީރިއާގެ ގޯލާން ހައިޓްސް އިސްރާއީލުން ހިސޯރުކުރުން ކުށްވެރިކޮށްފައިވެއެވެ. އަދި އދ. ގެ ސުލްޙަ ބަލަހައްޓާ ބާރުތަކުން ބުނެފައިވަނީ މިއީ 1967 ގެ ހަނގުރާމަ ނިމުމަކަށް ގެނައި 1974 ގެ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ ހޯމަ ދުވަހު، އެ ޤައުމުގެ ސިފައިން "ސީރިޔާގެ އެކި ކަންކޮޅުތަކުގައި ހުރި ބޮޑެތި ސްޓްރެޓެޖިކް ހަތިޔާރުތައް ނައްތާލާނެ" ކަމަށެވެ.

މީގެ ތެރޭގައި "ބިމުން ވަޔަށް ދޫކުރާ މިސައިލްތަކާއި، ވައިގެ ދިފާޢީ ނިޒާމުތަކާއި، ބިމުން ބިމަށް ދޫކުރާ މިސައިލްތަކާއި، ކްރޫޒް މިސައިލްތަކާއި، ދުރަށް ދަތުރުކުރާ ރޮކެޓްތަކާއި، އަދި ކަނޑުގެ ސަރަޙައްދަރަޙައްދުތަކަށް އަމާޒުކުރާ މިސައިލްތައް" ހިމެނެއެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވައިގެ ހަމަލާތައް ދެމުން ގެންދާނެ ކަމަށެވެ. "ހަމަލާ ދެނީ ސްޓްރެޓިޖިކް ހަތިޔާރު ނިޒާމުތަކަށް. މިސާލަކަށް، ބާކީ ހުރި ކެމިކަލް ހަތިޔާރުތަކާއި ނުވަތަ ދުރަށް ދަތުރުކުރާ މިސައިލްތަކާއި ރޮކެޓްތަކަށް. އެއީ މި ތަކެތި ހައްދުފަހަނައަޅާފަނައަޅާފައިވާ މީހުންގެ އަތްމައްޗަށް ނުދިއުމަށްޓަކައި،" ސާރު އަލް-ޤުދުސްގައި ނޫސްވެރިންނަށް ވިދާޅުވިއެވެ.

ސީރިޔާގެ ދާޚިލީ ހަމަނުޖެހުންސީރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު