Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާގެ ވެރިކަން ވެއްޓުން

ބައްޝާރު އަލް-އަސަދު ހުންނެވީ ރަޝިޔާ ގައި

ހަނގުރާމަވެރިންގެ ލީޑަރު އަބޫ މުޙައްމަދު އަލް-ޖައުލާނީ ދިމިޝްގު ގެ މިސްކިތެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ "މި ކާމިޔާބީއަކީ ސޫރިޔާގެ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް" ކަމަށެވެ.

ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 06:55
ކާޕެޓެއްގައި ޖަހާފައިވާ އަސަދުގެ ތަސްވީރުގެ މައްޗަށް ބަޔަކު ފައިން އަރައިގެން

ކާޕެޓެއްގައި ޖަހާފައިވާ އަސަދުގެ ތަސްވީރުގެ މައްޗަށް ބަޔަކު ފައިން އަރައިގެން

ސޫރިޔާގެ ވެރިކަމުން ކުއްލި ގޮތަކަށް ވެއްޓުނު ބައްޝާރު އަލް-އަސަދު ހުންނެވީ ރަޝިޔާގައި ކަމަށް އިންޓަރފެކްސް ނިއުސް އޭޖެންސީން ބުނެފިއެވެ.

އަސަދުގެ ވެރިކަމުގެ މުހިންމު އެކުވެރިއެއް ކަމުގައިވާ ރަޝިޔާގެ ސަރުކާރުގެ މީޑިއާއިން އާދިއްތަ ދުވަހު ބުނެފައިވަނީ އޭނާ އާއި އޭނާގެ ޢާއިލާ މޮސްކޯއަށް ވަޑައިގެންފައިވާ ކަމަށާއި "އިންސާނިއްޔަތު ކަމުގެ ގޮތުން" ރަޝިޔާގެ ސިޔާސީ ހިމާޔަތް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އޭނާ ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގަތީ އާދިއްތަ ދުވަހު އިދިކޮޅު ހަނގުރާމަވެރިން ކުއްލި ގޮތަކަށް ވެރިރަށް ދިމިޝްގް އަށް އަށް އަރާ ވެރިރަށް ހިފުމާއެކުގައެވެ.

އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބާ ގުޅިގެން ހަނގުރާމަވެރިންގެ ލީޑަރު އަބޫ މުޙައްމަދު އަލް-ޖައުލާނީ ދިމިޝްގު ގެ މިސްކިތެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ "މި ކާމިޔާބީއަކީ ސޫރިޔާގެ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް" ކަމަށެވެ.

ވެރި ރަށުގައި ކާފިޔު ހިންގާފައިވަނިކޮށް ސަރުކާރު ވެއްޓުނު ފަހުން އާދީއްތަ ދުވަހުގެ ރޭ ދިމިޝްގު ގައި ގޮވުންތަކެއްގެ އަ އަޑުތަކެއް އިވިފައިވެއެވެ. ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ އާދިއްތަ ދުވަހުގެ ރޭ އިސްރާއީލުން ދިމިޝްގުގައި ހުރި މުހިންމު ސެކިއުރިޓީ ކޮމްޕްލެކްސް އަކަށް ވައިގެ މަގުން ތިން ހަމަލާ ދީފައިވާ ކަމަށެވެ. އިޒްރޭލުން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އަސަދުގެ ވެރިކަން ވެއްޓުމާއެކު ދިމިޝްގް އަދި އަދި ސޫރިޔާގެ އެހެން ސަރަހައްދުތަކުގައި ގިނަ ބަޔަކު އަންނަނީ އުފާ ފާޅު ކުރަމުންނެވެ. އުފާފާޅު ކުރި ބައެއް މީހުން ބުނެފައިވަނީ މިހާރު އެމީހުންނަށް "ހަމަ ނޭވާ ލެވޭ" ކަމަށެވެ.

އަނެއްކޮޅުން ހަނގުރާމަވެރި ބާރުތަކުން ވަނީ ސަރުކާރުގެ ޖަލުތަކުން ބަންދުގައި ތިބި އެތައް ހާސް މީހުން ދޫކޮށްލާފައެވެ. 2011 އާއި 2018 އާ ދެމެދު މި ޖަލުތަކުގައި އެތައް ހާސް ބަޔަކު މަރައިލާފައިވާ ކަމަށް ނުވަތަ އަނިޔާގެ ސަބަބުންނާއި ބަނޑުހައި ހޫނު ކަމުގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސޫރިޔާގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެން ވިދާޅުވެފައިވަނީ އެ ޤައުމުން ސީރިއާގެ ކަންތައްތައް ގާތުން ބަލަމުންދާނެ ކަމަށާއި، ހަނގުރާމަވެރިންގެ ލީޑަރުން ވަޒަންކުރާނީ އެ މީހުންގެ ބަހަކުން ނޫން ކަމަށާއި އެ މީހުންގެ ޢަމަލުތަކުން ކަމަށެވެ.

ސީރިޔާބައްޝާރު އަލް-އަސަދްސީރިޔާގެ ދާޚިލީ ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު