Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަސަދުގެ ވެރިކަން ވެއްޓުން

ވެރިކަން ވެއްޓުނު ފަހުން އަސަދުގެ ފުރަތަމަ ބަޔާން - ފިއްލަވައިގެން ވަޑައިގެންނެވި ގޮތާއި ސަބަބު ހާމަ ކުރައްވައިފި

ބައްޝާރު އަލް-އަސަދު ސޫރިޔާ ދޫކޮށް ވަޑައިގަތުމަށްފަހު އޭނާއަށް ނިސްބަތްކޮށް ޢާންމު ކުރި ފުރަތަމަ ބަޔާނުގައި، އޭނާގެ ވެރިކަން ދިފާޢުކުރައްވައި، ހަތިޔާރުއެޅި އިދިކޮޅު ފަރާތްތަކުން ދިމިޝްގަށް އަރަން އައި އިރު ސޫރިޔާ ދޫކޮށް ވަޑައިގަތުމަށް ރާވާފައި ނުވާ ކަމަށް ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2024 | އަންގާރަ 02:43
ބައްޝާރު އަލް-އަސަދުގެ ފޮޓޯ އަކަށް މީހަކު ބަޑި ޖަހަނީ

ބައްޝާރު އަލް-އަސަދުގެ ފޮޓޯ އަކަށް މީހަކު ބަޑި ޖަހަނީ

ހޯމަ ދުވަހު ސޫރިޔާގެ ރިޔާސީ ޓެލެގްރާމް ޗެނަލްގައި ޝާއިޢުކޮށްފައިވާ އަލް-އަސަދު ލިޔުއްވި ކަމަށް ބުނާ ބަޔާނެއްގައި، ކުރީގެ ރައީސް ސީރިޔާ އިން ފިއްލަވައިގެން ވަޑައިގެންނެވި ގޮތާއި ސަބަބު ހާމަ ކުރައްވައިފިއެވެ.

"އެންމެ ފުރަތަމަ، އަޅުގަނޑު ސޫރިޔާ އިން ފުރައިގެން ދިއުމަކީ ރޭވިގެން ހިނގި ކަމެއް ނޫން، އަދި ބައެއް މީހުން ބުނާ ގޮތަށް ހަނގުރާމައިގެ އެންމެ ފަހު ވަގުތު ހިނގި ކަމެއްވެސް ނޫން،" ބަޔާނުގައި ބުނެފައިވެއެވެ.

"އޭގެ ބަދަލުގައި، އަޅުގަނޑު ދިމިޝްޤުގައި ހުރެ، 2024 ވަނަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހުގެ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތުތަކާ ހަމައަށް ޒިންމާތައް އަދާކުރަމުން ގެންދިޔައީމެވެ."

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "ޓެރަރިސްޓް" އިން ކަމަށް އަލް-އަސަދު ސިފަކުރައްވަމުން ގެންދެވި އިދިކޮޅު ހަނގުރާމަވެރިން ވެރި ރަށަށް އެރުމުން، ހަނގުރާމައިގެ ކަންކަން ބެލެހެއްޓުމަށްޓަކައި ލާޒިކިއްޔާ ގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒަކަށް އޭނާ ބަދަލުވެވަޑައިގަތް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހަތިޔާރުއެޅި އިދިކޮޅު ފަރާތްތަކުން އެ މަރުކަޒަށް ވެސް ޑްރޯން ހަމަލާތައް ވަނީ ދީފައެވެ.

"މަރުކަޒުން ނުކުމެގެން ދެވޭނެ އެއްވެސް ގޮތެއް ނެތުމާއެކު، މޮސްކޯ އިން އެންގީ ޑިސެމްބަރު 8 ވީ އާދީއްތަ ދުވަހުގެ ރޭ ވަގުތުން ރަޝިޔާއަށް ގެންދިއުމަށް މަރުކަޒުގެ ކޮމާންޑުން އިންތިޒާމު ކޮށްދިނުމަށެވެ." ބަޔާނުގައި ބުނެފައިވެއެވެ.

"މިކަން ހިނގީ އެންމެ ފަހުން ހަރަކާތްތެރިވަމުން އައި އަސްކަރީ މަޤާމުތައް ފެއިލް ވެ، އޭގެ ސަބަބުން ދައުލަތުގެ މުއައްސަސާ ތަކަށް މަސައްކަތް ނުކުރެވޭ ހާލަތަށް ދިޔުމާ އެކު ދިމިޝްގު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔަ ދުވަހުގެ އަނެއް ދުވަހު."

ރަޝިޔާއިން އަލް-އަސަދު އާއި އޭނާގެ އާއިލާ އަށް ހިމާޔަތް ދިން ފަހުން އޭނާ މީޑިއާ އިން އެއްވެސް ވަރަކަށް ފެނިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

އަސަދުގެ ވެރިކަން ވެއްޓުނީ ހަޔަތު ތަޙްރީރު އައް-ޝާމް (އެޗްޓީއެސް) އިން އިސްވެ އޮވެ އިދިކޮޅު ބާރުތަކުން ނޮވެމްބަރު މަހު ފަހުކޮޅު ކުއްލި ހަމަލާތަކެއް ދޭން ފަށާ އިދްލިބު ޕްރޮވިންސުން ފެށިގެން ސިޓީ އަކަށް ފަހު ސިޓީއެއް ހިފަމުން ގެންދިއުމުގެ ތެރެއިންނެވެ. އިދިކޮޅު ފަރާތްތަކުން ދިން ހަމަލާތަކަށް ސަރުކާރުގެ ބާރުތަކުން މާބޮޑު ދެކޮޅުވެރިކަމެއް ދައްކާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

އިދިކޮޅު ބާރުތަކުން ޑިސެމްބަރު 8 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުތަކުގައި ދިމިޝްޤަށް ވަދެ، ސޫރިޔާގައި އޮތް އަލް-އަސަދު ޢާއިލާގެ 50 އަހަރަށް ވުރެ ދިގުލައިގެން ދިޔަ އަނިޔާވެރި ވެރިކަން ނިމުމަކަށް އައިސްފައިވާކަން އިޢުލާނު ކުރިއެވެ.

ބައްޝާރު އަލް-އަސަދުގެ ވެރިކަން ފެށުނީ 2000 ވަނަ އަހަރު އޭނާގެ ބައްޕަ ހާފިޒު އަވަހާރަ ވުމާ ގުޅިގެންނެވެ.

"ދައުލަތް ޓެރަރިޒަމްގެ އަތްމައްޗަށް ވެއްޓި، މާނަހުރި ދައުރެއް އަދާކުރުމުގެ ޤާބިލުކަން ގެއްލުމުން، ކޮންމެ މަޤާމެއް ވެސް ބޭނުމެއް ނެތް އެއްޗަކަށް ވެ، އެ މަޤާމެއްގައި ހުރުމަކީ މާނައެއް ނެތް ކަމަކަށް ވެގެންދެއެވެ." އަސަދުގެ ބަޔާނުގައި އޭނާ ގައުމު ދޫކުރައްވާ ވަޑައިގެންނެވި ސަބަބު ހާމަ ކުރައްވަމުން ވިދާޅުވެފައިވެއެވެ.

ސީރިޔާގެ ދާޚިލީ ހަމަނުޖެހުންބައްޝާރު އަލް-އަސަދް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

15 އޮކްޓޯބަރު 2025
ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި

ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި

03 ސެޕްޓެމްބަރު 2025
ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި

ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި

16 ޖުލައި 2025
ޓްރަމްޕް ސީރިއާ ގެ ރައީސް ޝަރާއާ ބައްދަލު ކުރައްވައިފި

ޓްރަމްޕް ސީރިއާ ގެ ރައީސް ޝަރާއާ ބައްދަލު ކުރައްވައިފި

14 މެއި 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު