Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާގެ ހަމަނުޖެހުން

އިޒްރޭލުން ސޫރިޔާގެ އަސްކަރިއްޔާގެ ކަނޑުމަތީ ވަސީލަތްތަކަށް ބޮން އަޅައިފި

11 ޑިސެމްބަރު 2024 | ބުދަ 13:29

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ސޫރިޔާގެ އެކި ސަރަޙައްދުތަކުގައި ހުރި އަމާޒުތަކަށް 350 އަށްވުރެ ގިނަ ވައިގެ ހަމަލާ މިހާތަނަށް ވަނީ ދީފައި

ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 13:29
ސޫރިޔާގެ އަސްކަރީ ކަނޑުގެ ވަސީލަތްތަކަށް އިސްރާއީލުން ހަމަލާދީ ހަލާކު ކޮށްލާފައި

ސޫރިޔާގެ އަސްކަރީ ކަނޑުގެ ވަސީލަތްތަކަށް އިސްރާއީލުން ހަމަލާދީ ހަލާކު ކޮށްލާފައި

އަސަދުގެ ވެރިކަން ވެއްޓުމާއެކު ސޫރިޔާގެ އަސްކަރީ ވަސީލަތްތައް ނައްތާލުމަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން، އެ ގައުމުގެ ކަނޑުމަތީގެ އަސްކަރީ ވަސީލަތްތަކަށް ބޮން އަޅާ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

އެ ހަމަލާތައް ދިން ކަމަށް އިސްރާއީލުން ވެސް އެއްބަސްވެފައެވެ.

އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހުގެ ރޭ އެމީހުންގެ ހަނގުރާމަމަތީ ބޯޓުތަކުން އަލް-ބައިދާ އަދި ލަޒާކިއާގެ ބަނދަރުތަކަށް ހަމަލާދީފައިވާ ކަމަށެވެ. ހަމަލާ ދިން އިރު މި ބަނދަރުތަކުގައި 15 އުޅަނދު އޮތެވެ.

ލަޒާކިއާ ބަނދަރުގައި ހިނގި ގޮވުންތައް ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައިވެސް ވަނީ އާންމުވެފައެވެ. މި ފުޓޭޖްތަކުން އުޅަނދުތަކަށާއި ބަނދަރުގެ ބައެއް ސަރަޙައްދުތަކަށް ލިބުނު ބޮޑެތި ގެއްލުންތައް ފެންނަން ހުއްޓެވެ.

އައިޑީއެފްއިން އިތުރަށް ބުނެފައިވަނީ އެމީހުންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ސޫރިޔާގެ އެކި ސަރަޙައްދުތަކުގައި ހުރި އަމާޒުތަކަށް 350 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވާ ކަމަށާއި، އަދި ސޫރިޔާ އާއި އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސް އާ ދެމެދު އޮންނަ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދަށް އިސްރާއީލުގެ އެއްގަމު ބާރުތައް ވަދެފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގައި މައި އޮފީސް ހުންނަ ސިރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) އިން މީގެ ކުރިން، ބުނެފައިވަނީ އާދިއްތަ ދުވަހު ސޫރިޔާގެ ސަރުކާރު ހަތިޔާރު އެޅި ޖަމާއަތްތަކުން ވައްޓާލިފަހުން އައިޑީއެފްއިން 310 އަށް ވުރެ ގިނަ ހަމަލާ ދީފައިވާކަން ލިޔެކިޔުމުން ފެންނަން ހުރި ކަމަށެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ސޫރިޔާ އަށް ދޭ ހަމަލާތަކުގައި އައިޑީއެފް ގެ މަޤްޞަދަކީ "އިސްރާއީލަށް ނުރައްކާވާ ފަދަ ސްޓްރެޓެޖިކް ޤާބިލުކަން ނައްތާލުން" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ސޫރިޔާގެ ކަނޑުގެ ބާރުތައް ނައްތާލުމުގެ އޮޕަރޭޝަން "ވަރަށް ބޮޑު ކާމިޔާބީއަކަށް" ވި ކަމުގައެވެ.

އައިޑީއެފްއިން ބުނެފައިވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ އިތުރުން ހުމްސް، ޠަރަޠޫސް އަދި ޕަލްމީރާގައި ހުރި ތަފާތު އެތައް އަމާޒުތަކަކަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ވައިގެ ބަނދަރުތަކާއި، އަސްކަރީ އުޅަނދުތަކާއި، މަތިންދާބޯޓު ތަކާއި، ހަތިޔާރު އުފައްދާ ތަންތަން ހިމެނެއެވެ.

ސީރިޔާގެ ދާޚިލީ ހަމަނުޖެހުންސީރިޔާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
05 އޮކްޓޯބަރު 2025

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި
22 ސެޕްޓެމްބަރު 2025

60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ

22 ސެޕްޓެމްބަރު 2025
60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ
03 ސެޕްޓެމްބަރު 2025

ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި

03 ސެޕްޓެމްބަރު 2025
ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި
18 ޖުލައި 2025

ދުރޫޒް-ބަދަވީ ހަނގުރާމަ ހޫނުވަމުން ދާތީ ސުވައިދާ އަށް ސޫރިޔާ ގެ ސަރުކާރު ސިފައިން އަލުން ފޮނުވަން ތައްޔާރު ވަނީ

18 ޖުލައި 2025
ދުރޫޒް-ބަދަވީ ހަނގުރާމަ ހޫނުވަމުން ދާތީ ސުވައިދާ އަށް ސޫރިޔާ ގެ ސަރުކާރު ސިފައިން އަލުން ފޮނުވަން ތައްޔާރު ވަނީ
18 ޖުލައި 2025

ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ސައުދީގެ ވަލީ އަހުދާއި، އަލް ޝަރާގެ ފޯނު ކޯލެއް

18 ޖުލައި 2025
ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ސައުދީގެ ވަލީ އަހުދާއި، އަލް ޝަރާގެ ފޯނު ކޯލެއް
16 ޖުލައި 2025

ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި

16 ޖުލައި 2025
ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް