Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާގެ ހަމަނުޖެހުން

ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ދަރްއާ ސިޓީގެ ކޮންޓްރޯލް ހަނގުރާމަވެރިން ނަގައިފި

ދަރްއާ ޕްރޮވިންސްއަކީ 2011 ވަނަ އަހަރު ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަމާ ދެކޮޅަށް ފެށުނު އިންޤިލާބު ފެށުނު ސަރަޙައްދެވެ. ނަމަވެސް 2018 ވަނަ އަހަރު އަސަދުގެ ރަހްމަތްތެރި ރަޝިއާގެ މެދުވެރިވެގެން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން އެ ސަރަޙައްދު އަނބުރާ ސަރުކާރުގެ ބާރުގެ ދަށަށް އައިސްފައިވެއެވެ.

ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2024 | ހޮނިހިރު 07:39
ސޫރިޔާގެ އިދިކޮޅު ހަނގުރާމެރިން ހުމްސް ގެ މަގުތަކުގައި ކާމިޔާބު ފާޅު ކުރަނީ

ސޫރިޔާގެ އިދިކޮޅު ހަނގުރާމެރިން ހުމްސް ގެ މަގުތަކުގައި ކާމިޔާބު ފާޅު ކުރަނީ

ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ދަރްއާ ސިޓީގެ ކޮންޓްރޯލް ހުކުރު ދުވަހު ހަނގުރާމަވެރިން ނަގައިފިއެވެ.

ސޫރިޔާގެ އަސްކަރިއްޔާ އެ ސަރަޙައްދުތަކުން ފައިބައިގެން ދިޔުމާއެކު، ލޯކަލް ފެކްޝަންތަކުން ދަރްއާ ޕްރޮވިންސްގެ އިތުރު ސަރަޙައްދުތަކުގެ ކޮންޓްރޯލް ނެގީ ކަމަށް ރިޕޯޓުތައް ބުނެއެވެ. "މީގެ ތެރޭގައި ދަރްއާ ސިޓީވެސް ހިމެނެއެވެ. މިހާރު އެމީހުން ޕްރޮވިންސްގެ 90 އިންސައްތަ އަށްވުރެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކުރެއެވެ،" ހަނގުރާމަވެރިން ހޯދަމުންދާ ކުރިއެރުންތަކާ ބެހޭ ގޮތުން ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފައިވެއެވެ.

ހުކުރު ދުވަހުގެ ކުރީކޮޅު، ރައީސް ބައްޝާރު އާ ދެކޮޅު ޖަމާއަތްތަކުން އުރުދުން އާއި ސޫރިޔާ އާ ދެމެދު އޮންނަ ނާސިބް-ޖަބާރު ބޯޑަރ ކްރޮސިންގގެ ކޮންޓްރޯލް ވެސް ނަގައިފިކަމަށް އޮބްޒަވޭޓަރީން ބުނެފައިވެއެވެ. އަދި އުރުދުންގެ ދާޚީލީ ވަޒީރު މާޒިން އަލް-ފަރާޔާ ވިދާޅުވި ގޮތުގައި އުރުދުން އާ ވީ ފަޅިން އެ ޤައުމުން ވަނީ ބޯޑަރ ކްރޮސިންގ ބަންދު ކޮށްފައެވެ.

ދަރްއާ ޕްރޮވިންސްއަކީ 2011 ވަނަ އަހަރު ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަމާ ދެކޮޅަށް ފެށުނު އިންޤިލާބު ފެށުނު ސަރަޙައްދެވެ. ނަމަވެސް 2018 ވަނަ އަހަރު އަސަދުގެ ރަހްމަތްތެރި ރަޝިއާގެ މެދުވެރިވެގެން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން އެ ސަރަޙައްދު އަނބުރާ ސަރުކާރުގެ ބާރުގެ ދަށަށް އައިސްފައިވެއެވެ. 2010 ގެ އަހަރުތަކުގެ ކުރީކޮޅު ދާޚިލީ ހަނގުރާމައިގެ އެންމެ ހޫނު ދުވަސްވަރު އެތަނަކީ ސަރުކާރާ ދެކޮޅު ބަޣާވާތްތެރިންގެ މައި މަރުކަޒެއްގެ ގޮތުގައި އޮތް ތަނެކެވެ.

ފާއިތުވި އަހަރުތަކުގައި ދަރްއާ ޕްރޮވިންސްގައި ގިނަ ހަމަނުޖެހުންތައް ހިނގައިފައިވެއެވެ. މީގެ ތެރޭގައި ގިނަ ހަމަލާތަކާއި، މީހުން މެރުމުގެ ޙާދިސާ ތައް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ހަމަލާތަކުގެ ޒިންމާ އައިސިސް އިން ނަގައިފައިވެއެވެ.

ހުކުރު ދުވަހު ސޫރިޔާގެ އިދިކޮޅު ބާރުތަކުން ބުނި ގޮތުގައި އެމީހުންގެ ކުއްލި ކުރިއެރުން ހުމްސް ސިޓީއާ ހަމައަށް ވަނީ ފޯރާފައެވެ.

"އަހަރުމެންގެ ބާރުތަކުން ހުމްސް ސިޓީގެ ބޭރުން އޮންނަ ސަރަޙައްދުގެ އެންމެ ފަހު އަވަށް މިނިވަންކޮށްފައިވާ އިރު، މިހާރު ހުމްސް ސިޓީގެ ފާރުތަކާ ހަމައަށް ވާސިލު ވެވިއްޖެ،" ސޫރިޔާ ސަރުކާރާ ދެކޮޅަށް ފުޅާ ދާއިރާ އެއްގައި ކުރިއަށް ގެންދާ ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފެކްޝަނުން ޓެލެގްރާމްގައި ބުނެފައިވެއެވެ.

އޭނާ ބުނި ގޮތުގައި ހުމްސް ކޮންޓްރޯލް ކުރެވުމުން އިދިކޮޅު ހަނގުރާމަވެރިންނަށް "ސޫރިޔާގެ ސަރަޙައްދީ ބަނދަރުތަކާ ދިމާއަށް ދާ މައި މަގު ބަންދުކުރުމުގެ" ފުރުޞަތު ލިބިގެންދާނެއެވެ. މި ސަރަޙައްދަކީ ރައީސް ބައްޝާރު އަލް-އަސަދު ނިސްބަތްވާ އަލަވިއްޔާ މައިނޯރިޓީގެ މައި މަރުކަޒެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އަލަވިއްޔާ އަށް ނިސްބަތްވާ އެތައް ހާސް މީހުން ހުމްސް އިން ރައްކާތެރިކަން ހޯދުމަށްޓަކައި ނުކުމެ އެހެން ސަރަހައްދުތަކަށް ދަތުރު ފަށާފައިވެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މައި ގުރޫޕަކީ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިންނެވެ.

ސަރުކާރާ ދެކޮޅަށް ކުއްލި ހަމަލާތަކެއް އެޗްޓީއެސް ގެ ހަނގުރާމަވެރިން ދޭން ފެށީ ނޮވެމްބަރު 27 ވަނަ ދުވަހުއެވެ.

އަސަދުގެ ސަރުކާރާއި އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް އެޗްޓީއެސްގެ ހަނގުރާމަވެރިން ޙަމަލާ ދޭން ފަށާފައި ވަނީ ނޮވެންބަރު 27ވަނަ ދުވަހުއެވެ.

އެޗްޓީއެސްގެ ހަނގުރާމަވެރިންގެ ޙަމަލާތައް ފުރަތަމަ އަމާޒު ކޮށްފައި ވަނީ ހުޅަނގުއުތުރުގައި އޮތް ޙަލަބް ޕްރޮވިންސަށެވެ.                                   

ސީރިޔާގެ ދާޚިލީ ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަން ވެއްޓުނު ފަހުން އަސަދުގެ ފުރަތަމަ ބަޔާން - ފިއްލަވައިގެން ވަޑައިގެންނެވި ގޮތާއި ސަބަބު ހާމަ ކުރައްވައިފި

ވެރިކަން ވެއްޓުނު ފަހުން އަސަދުގެ ފުރަތަމަ ބަޔާން - ފިއްލަވައިގެން ވަޑައިގެންނެވި ގޮތާއި ސަބަބު ހާމަ ކުރައްވައިފި

17 ޑިސެމްބަރު 2024
ސޫރިޔާ ގައި އަސަދުގެ ވެރިކަން ވައްޓާލި "ޓެރަރިސްޓް ގްރޫޕް" އާ އެމެރިކާއިން "ސީދާ ގުޅުން" އޮތް ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ސޫރިޔާ ގައި އަސަދުގެ ވެރިކަން ވައްޓާލި "ޓެރަރިސްޓް ގްރޫޕް" އާ އެމެރިކާއިން "ސީދާ ގުޅުން" އޮތް ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

15 ޑިސެމްބަރު 2024
ދިމިޝްގުގައި ހުންނަ ޖެނެރަލް އިންޓެލިޖެންސް ބްރާންޗް 251 ޖަލުގެ އެތެރޭގެ އައު މަންޒަރުތައް

ދިމިޝްގުގައި ހުންނަ ޖެނެރަލް އިންޓެލިޖެންސް ބްރާންޗް 251 ޖަލުގެ އެތެރޭގެ އައު މަންޒަރުތައް

14 ޑިސެމްބަރު 2024
އިޒްރޭލުން ސޫރިޔާގެ އަސްކަރިއްޔާގެ ކަނޑުމަތީ ވަސީލަތްތަކަށް ބޮން އަޅައިފި

އިޒްރޭލުން ސޫރިޔާގެ އަސްކަރިއްޔާގެ ކަނޑުމަތީ ވަސީލަތްތަކަށް ބޮން އަޅައިފި

11 ޑިސެމްބަރު 2024
މިހާތަނަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލުން ސޫރިޔާ އަށް ދީފި

މިހާތަނަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލުން ސޫރިޔާ އަށް ދީފި

10 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު