Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާނޫނުއަސާސީގެ ދިފާއުގައި

"ޗޯޅާއިންނާއި، ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ދިފާއުކުރިފަދައިން، ޤާނޫނުއަސާސީ ދިފާއުކުރުމަށް ވެސް ބޮޑުތިލަދުންމަތި އޮތީ ތައްޔާރަށް"

އާތިފް ވަނީ އެ ޤާނޫނުއަސާސީ ދިވެހިންނާއި ހަމައަށް ގެނެސްދީފައިވަނީ އެމްޑީޕީގެ ބުރަ މަސައްކަތާއި ގުރުބާނީގެ ސަބަބުން ކަމަށް ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ޑިސެމްބަރު 2024 | ހޮނިހިރު 04:51
ކުޅުދުއްފުށީގައި ބޭއްވި ޤާނޫނު އަސާސީގެ ދިފާއުގައި ޖަލްސާގައި،  ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވާހަކަދައްކަވަނީ

ކުޅުދުއްފުށީގައި ބޭއްވި ޤާނޫނު އަސާސީގެ ދިފާއުގައި ޖަލްސާގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވާހަކަދައްކަވަނީ

ބޮޑުތިލަދުންމައްޗަކީ ދިވެހިންގެ ހައްގުގައި ތެދުވާނެ ދަރިންތަކެއް ތިބި ތަނެއް ކަމަށާއި ޤާނޫނުއަސާސީގެ ދިފާއުގައި ބޮޑުތިލަދުންމަތިން ތެދުވާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ކުޅުދުއްފުށީގައި ބޭއްވި ޤާނޫނުއަސާސީގެ ދިފާއުގައި ބޭއްވި މައިދާނީ އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

1932ގައި ޤާނޫނުއަސާސީ އުފެދި ރާއްޖެ ދައުލަތެއްގެ ގޮތުގައި ހިނގަމުން އައީ އެ ހިސާބުން ކަމަށް އޭނާވިދާޅުވިއެވެ. އޭގެ ފަހުން ދިވެހިން ބޭނުންވާ ގޮތަށް ޤައުމު ހިންގާނެ ފޮތެއް ޤައުމުގެ ވެރިންނަށް ހޯދާދީފައިވާ ކަމަށާއި އެއީ ފެހި ޤާނޫނުއަސާސީކަމަށް އޭނާ ވިދާޅުވިއެވެ. އެ ޤާނޫނުއަސާސީ އަކީ ދިވެހިން ހޯދި ޑިމޮކްރަސީގެ ނަތީޖާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އާތިފް ވަނީ އެ ޤާނޫނުއަސާސީ ދިވެހިންނާއި ހަމައަށް ގެނެސްދީފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ބުރަ މަސައްކަތާއި ގުރުބާނީގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. ބޮޑުތިލަދުންމަތީ ރައްޔިތުންނަކީ ދިވެހިންގެ ހައްގުގައި މަސައްކަތް ކުރާ ބައެއްކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ ޗޯޅާއިންނާއި، ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ދިފާއުކުރިފަދައިން، ޤާނޫނުއަސާސީ ދިފާއުކުރުމަށް ވެސް ބޮޑުތިލަދުންމަތި އޮތީ ތައްޔާރަށް ކަމަށެވެ.

އާތިފް ވަނީ ބާރު ލިބޭ ކޮންމެ ފަހަރު ޤާނޫނުއަސާސީ އާއި ނުކުޅުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ޤާނޫނުއަސާސީ އިސްލާހުކުރުމަކީ ކުރިއަށް ވުރެ ރަނގަޅުކުރުން ކަމަށާއި ޤާނޫނުއަސާސީ އިސްލާހުކުރުމުގައި ހައްގުތައް ހަނިކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް އާތިފް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ބާރުތައް ނިގުޅައިގަތުމަކީ ޤާނޫނުއަސާސީ ލިޔުނު ބޭނުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ޤާނޫނުއަސާސީ އާއި ޚިލާފަށް ޚުދުމުހުތާރުވެރިކަމެއް ކުރައްވަން ކަަމަށް އާތިފް ވިދާޅުވިއެވެ. އެކަން އެނގޭ ކަމަކީ ރައީސްގެ މެމްބަރުން އެކަނި މަޖިލީހުގައި ބޭތިއްބުމުގެ ވިސްނުމާއި، މިނިވަން މުއައްސަސާތަކަށް ރައީސްގެ ނުފޫޒު ފޯރުވަމުންދާ ދިއުން ކަމަށް ވެސް އާތިފް ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއަށް ބޭނުންވަނީ ބާރުތައް ވަކިވެފައިވާ، ލާމަރުކަޒީ ނިޒާމެއް ކަމަށް އާތިފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް، އެ ގާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިސްހާލު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފްޤާނޫނުއަސާސީގެ ދިފާއުގައި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

05 ފެބުރުއަރީ 2025
"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"
11 ޑިސެމްބަރު 2024

ވީ ގޮތެއް އެނގޭނީ ސަރުކާރަށެވެ. ރައްޔިތުންނަށް އިނގެނީ މި ޖަލްސާ އެތައް ރިކޯޑެއް ހަދައިފި ކަމެވެ

11 ޑިސެމްބަރު 2024
ވީ ގޮތެއް އެނގޭނީ ސަރުކާރަށެވެ. ރައްޔިތުންނަށް އިނގެނީ މި ޖަލްސާ އެތައް ރިކޯޑެއް ހަދައިފި ކަމެވެ
11 ޑިސެމްބަރު 2024

އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

11 ޑިސެމްބަރު 2024
އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
11 ޑިސެމްބަރު 2024

ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

11 ޑިސެމްބަރު 2024
ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް
11 ޑިސެމްބަރު 2024

ހުދުމުހުތާރު ވެރިކަމެއްގައި ހަދާ ދޮގުތައް ރައްޔިތުން ބަލައިނުގަންނަން ފެށީމާ ދެން ފެންނާނީ ގާނޫނުތަކަށް ބަދަލު ގެންނަތަން - ޝައުނާ

11 ޑިސެމްބަރު 2024
ހުދުމުހުތާރު ވެރިކަމެއްގައި ހަދާ ދޮގުތައް ރައްޔިތުން ބަލައިނުގަންނަން ފެށީމާ ދެން ފެންނާނީ ގާނޫނުތަކަށް ބަދަލު ގެންނަތަން - ޝައުނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު