Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނުއަސާސީއަށް އިސްލާހުގެނައުން

ޤާނޫނުއަސާސީއަށް އިސްލާހުގެންނަން ދިން ވޯޓުގެ ނަތީޖާ ފެންނަ އިރު އެ މެމްބަރުން ހިތާމަކުރާނެ - ރޮޒައިނާ

ޤާނޫނުއަސާސީ އަށް ގެނައި ބަދަލާ ގުޅޭގޮތުން ޤައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އަންގާރަ ދުވަހުގެ ރޭ ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 04:03
އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މިހާރު މަޖިލީހުގައި ތިބި މެމްބަރުން ދިން ވޯޓުގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ފެންނައިރު އެ މެމްބަރުން އެކަމާޢި ހިތާމަ ކުރާނެ ކަމަށް އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އެފަދައިން ވިދާޅުވި އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ޤާނޫނުއަސާސީ އަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމްޑީޕީ އާއި ގުޅުމުގެ ސަބަބުން ޕާޓީން ވަކިކުރުމުގެ ސަބަބުން، މެމްބަރުކަން ގެއްލިއްޖެ ނަމަ އެ މެމްބަރަކު ނިސްބަތްވާ ދާއިރާގެ ބައި އިލެކްޝަންގައި އެ މެމްބަރަކު އަލުން އިންތިޚާބުކުރުމަށް ތާއީދުކޮށް ހުށަހެޅި ޤަރާރަށް ތާއީދުކޮށް ވާހަކަދައްކަވަމުންނެވެ.

19 ވަނަ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު މި ސަރުކާރާއި އެއް ފަދައަކުން ޤާނޫނުއަސާސީ އާއި ޤާނޫނުތަކަށް ބަދަލުގެނައުމުގެ ފުރުސަތު އޮތްކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވަނީ ރައްޔިތުންނަށް ލިބޭ ހައްގުތައް ނިގުޅައިގަތުމަކީ އެމްޑީޕީން ޤަބޫލުކުރާ ކަމަކަށް ނުވާތީ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި މިހާރު ފެނިގެން މިދިޔައީ ވެރިކަން ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ބާރު އެއްވި މަންޒަރު ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް މި ސަރުކާރު ވެރިކަމަށް އައިސްފި ނަމަ މިކަން މިހެން ހިނގާފާނެކަމުގެ ވާހަކަ ތަކުރާރުކޮށް ދައްކާފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ ގަރާރަށް ބަހުސްކުރައްވަން މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް ނާޒިލް ވަނީ މަޖިލީހުގެ 93 މެމްބަރުން ތިބީ ތަޅު އެޅުވިފައި ކަމަށް ސިފަކުރައްވާފައެވެ. އެމްޑީޕީން ފާސްކުރި ގަރާރާއި އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަން އަނެއްކާވެސް ރަނގަޅު ފުރުސަތެއް ލިބިފައިވާ ކަމަށް ފާހަގަކުރައްވާ އެ މަގުން މަސައްކަތްކޮށްދެއްވުމަށް ނާޒިލް އެދިވަޑައިގަތެވެ. މި ގަރާރާއި އެކު މަޖިލިސް މެމްބަރުން ހޮވި އާއްމުންގެ ހައްގުގައި ވާހަކަދައްކަން އެމްޑީޕީ އިސްވެ ހޯދާދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަށް މެމްބަރުން ތަޅު ނޭޅުވޭނެ ކަމަށް ބުނުމުގެ ފުރުސަތު މަޖިލީހުގެ މެމްބަރުންނަށް މި ގަރާރުގެ ސަބަބުން ހޯދާދެވޭނެ ކަަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާޢިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ އެ ގަރާރަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު މެމްބަރުން ގައިގައި އެޅުވި މަރުތަޅު ނައްޓަން އެހީވެދޭނެ ގަރާރެއް ކަމަށެވެ. ޕީއެންސީގެ މެމްބަރުންވެސް ތިބީ ހިލިހިލާ ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މި ގަރާރުން ޤާނޫނުއަސާސީ އަށް ގެނައި ބަދަލާއި ދެކޮޅު މެމްބަރުންނަށް އެ ވާހަކަދައްކަން ފުރުސަތު ލިބޭނެ ކަމަށް ރާއީ ވިދާޅުވިއެވެ. ޕީއެންސީގައި ތިބި ބައެއް މެމްބަރުންނަކީ ވެސް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހާއި ދެކޮޅު މީހުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ގަރާރަށް ބަހުސްކުރައްވަމުން ގައްދޫ ދާއިރާގެ ރައީސް އަދި ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަކަށް ހުންނެވި އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީ އުފެދުނީއްސުރެ އެމްޑީޕީން މަސައްކަތްކުރަމުން ދަނީ ގެއްލޭ ކޮންމެ ހައްގެއް ވެސް ހޯދާދިނުމަށް ކަމަށެވެ. އެ ހައްގުތައް ހޯދާދެވޭކަން ކަށަވަރުކުރުމަށް އެމްޑީޕީން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމަގުން ކަންކަން އިސްލާހުކުރަން މަސައްކަތްކުރުމުގައި ވަކި ބަޔަކު އިސްތިސްނާ ނުކޮށް އެންމެން އެކުގައި މަސައްކަތްކުރުމަށް ތާއީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމްޑީޕީ އާއި ގުޅުމުގެ ސަބަބުން ޕާޓީން ވަކިކޮށް، މެމްބަރުކަން ގެއްލިއްޖެ ނަމަ އެ މެމްބަރަކު ނިސްބަތްވާ ދާއިރާގެ ބައި އިލެކްޝަންގައި އެ މެމްބަރަކު އަލުން އިންތިޚާބުކުރުމަށް ތާއީދުކޮށް އެކަމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ޤާނޫނުއަސާސީ އަށް ގެނައި ބަދަލާ ގުޅޭގޮތުން ޤައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އަންގާރަ ދުވަހުގެ ރޭ ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދުއެވެ.

ރޮޒައިނާ އާދަމްޤާނޫނުއަސާސީގެ ދިފާއުގައި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

23 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

05 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު