Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނުއަސާސީގެ ދިފާއުގައި

ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

11 ޑިސެމްބަރު 2024 | ބުދަ 11:09

އާ ހިތްވަރަކާ އެކު ނިކުންނަނީ 2028ގެ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބަކަށް ހެދުމަށް

މަޚްތޫމް
މަޚްތޫމް | 11 ޑިސެމްބަރު 2024 | ބުދަ 11:09
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | އެމްޑީޕީ

ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުފެންނާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި އެމްޑީޕީން އަންގާރަ ދުވަހުގެރޭ ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ސިޔާސީ ތާރީޚު ދިރާސާކުރައްވާ ބޭބޭފުޅުން ވިދާޅުވަނީ ސަރުކާރެއްގެ ދެމި އޮތުން ގުޅިފައިވަނީ އެންމެ ބޮޑަށް އެ ސަރުކާރެއްގެ އެންމެ ފަހު އަހަރު އިންތިޚާބާ ދިމާކޮށް ކުރާ ކަންކަމަކުންނެއް ނޫން ކަމަށެވެ. ސަރުކާރެއްގެ ދެމި އޮތުން އެންމެ ބޮޑަށް ގުޅިފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ސަރުކާރެއްގެ އެ ފުރަތަމަ އަހަރު ޢަމަލުތައް ބަހައްޓާ ގޮތުން ކަމަށް އެފަރާތްތަކުން ވިދާޅުވާކަމަށް މީކާއިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ ދިވެހި ރައްޔިތުންނަށް މި ސަރުކާރުގެ ފުރަތަމަ އަހަރު ފެނި ތަޖުރިބާކުރެވިއްޖެ ކަމަށާއި، މި ސަރުކާރު ނިމިއްޖެ ކަމަށެވެ.

މީކާއިލް ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ދުވަހުގައި އަނެއްކާވެސް އާ އަޒުމަކާ އާ ހިތްވަރަކާ އެކު ނިކުންނަނީ 2028ގެ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބަކަށް ހެދުމަށް ކަމަށެވެ. މީކާއިލް ވިދާޅުވީ ރިޔާސީ އިންތިހާބަށް ގަޑުބަޑުކުރުމަށް އެ އިންތިހާބު ވަގަށް ނެގުމަށް މި ސަރުކާރުން މިހާރު އިލެކްންސް ކޮމިޝަން އެ ފުށުން މި ފުށަށް ޖަހައި އިލެޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް ތައްޔާރުވަމުންދާ ވަކިވަކި ފަރުދުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުގެ ކޮރަޕްޝަންގެ ނިވާފަތްގަނޑެއްގެ ގޮތުގައި މިހާރު އޮޕަރޭޓް ކުރަމުންދާ އެންޓި ކޮރަޕްޝަން ކޮމިޝަންގައި ތިއްބެވި މެންބަރުން ބިރު ކަނޑުވާ އެމްޑީޕީން ނިކުންނަނީ ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ ގޮނޑިކޮއްކޮ އަކަށް ވެފައި އޮތް ރައްޔިތުންގެ މަޖިލިސް އަނެއްކާވެސް ރައްޔިތުންނަށް ހޯދައިދޭން ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޤާނޫނުއަސާސީގެ ދިފާއުގައި

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2026

ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި

23 ޖުލައި 2026
ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި
23 ޖުލައި 2026

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު

23 ޖުލައި 2026
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު
21 ޖުލައި 2026

މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު

21 ޖުލައި 2026
މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު
21 ޖުލައި 2026

33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް

21 ޖުލައި 2026
33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް
17 ޖުލައި 2026

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް

17 ޖުލައި 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް
12 ޖުލައި 2026

މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު

12 ޖުލައި 2026
މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު
13 ޖޫން 2026

އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!

13 ޖޫން 2026
އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!
13 ޖޫން 2026

ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު

13 ޖޫން 2026
ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު
24 މެއި 2026

އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް

24 މެއި 2026
އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް
09 މެއި 2026

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

09 މެއި 2026
ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް