Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ ވިންދު

ވީ ގޮތެއް އެނގޭނީ ސަރުކާރަށެވެ. ރައްޔިތުންނަށް އިނގެނީ މި ޖަލްސާ އެތައް ރިކޯޑެއް ހަދައިފި ކަމެވެ

ރާއްޖެޓީވީގެ ސޯޝަލް މީޑިއާއިން އެކަނި ވެސް 230،000ށް ވުރެ ގިނަ މީހުން މި ޖަލްސާ ބަލައިފިއެވެ. ސަރުކާރު މުޅިން ހައިރާންކޮށްލައިފިއެވެ. ކޮސްކޮށްލައިފިއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 12:26
ޤާނޫނުއަސާސީގެ ދިފާޢުގައި ރައްޔިތުންގެ ނަމުގައި އެމްޑީޕީން ބޭއްވި ޖަލްސާގެ ތެރެއިން

ޤާނޫނުއަސާސީގެ ދިފާޢުގައި ރައްޔިތުންގެ ނަމުގައި އެމްޑީޕީން ބޭއްވި ޖަލްސާގެ ތެރެއިން

އިދިކޮޅު މައި ޕާޓީ އެމްޑީޕީން މާލޭގައި ބޮޑު ޖަލްސާއެއް އިއުލާން ކުރުމާއެކު ސަރުކާރު ތެޅިގަތީ ބާނާފައި ތައްޓުމައްޗަށް ވައްޓާލި ރޯމަހެއް ތެޅިގެންހެންނެވެ. ޑިސެމްބަރު މަހުގެ 10ގައި ބާއްވަން އިއުލާން ކުރި ޖަލްސާގެ ތާރީޚު ގާތްވަމުން އައިވަރަކަށް ސަރުކާރުގެ ވިންދު ދިއައި އަވަސްވަމުންނެވެ. ހިތުގެ ތެޅުން ދިއައީ ބާރު ވަމުންނެވެ. ހަރަކާތްތައް ދިއައީ ހަލުވި ވަމުންނެވެ. ހީވަނީ އެއްޗެއް ގެއްލިދާނެ ކަމުގެ ބިރަށް ދެ ފައި އެއްތާނގާއި ނުޖެހިގެން އުޅޭ މީހެއް ހެންނެވެ.

ޖަލްސާ އަށް ދެ ދުވަހަށް ވީއިރު، މާލެ ކައިރީ ރަށްރަށަށް ރައީސް ވަޑައިގެން ވައުދުވާން ފައްޓަވައިފި އެވެ. މުޅިން އައާ ރަށްރަށުގައި އެއަރޕޯޓް އަޅުއްވާނެ ކަމުގެ ވައުދުތަކެވެ. ރައީސް އުޅުއްވި ގޮތުން ބައެއް ފަހަރު ޖެހިގެން އޮތް ލަންކާ އާއި އިންޑިއާގައި ވެސް އެއަރޕޯޓް އަޅުއްވަން ވައުދުވެވަޑައިގެންފާނެ އޭ ހީވި ފަހަރު ދިއައެވެ.

މި ނޫނަސް އެތައް ކަމެއް ސަރުކާރުން ކުރަމުން ގެންދިއައެވެ. ވަގުތު ކައިރިވަމުން އައިސް ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތް ދުވަހު، އެތައް އެއްބަސް ވުމެއްގައި ސޮއި ވެސް ކޮށްފިއެވެ. ފައިސާ ނުދެއްކިގެން އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތް ކަނޑާލަފައިވަނިކޮށް ދުބާއީއާއި ބެންކޮކުން އާސަންދަ ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ހީވީ ދެންމެ ދެންމެ ހައްޖާ އުމުރާ އާއި ވެސް އާސަންދައިން ކަވަރ ކޮށްދޭނެ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފާނެހެންނެވެ. ޖަލްސާ ބާއްވަން އޮތް ދުވަހުގެރޭގެ އިރުއޮއްސުމާ ހަމައަށް އައި އިރު، ސަރުކާރުގެ ހުރިހާ އެސްއޯއީތަކެއްގައި އޮތީ މަސްދަތުރުތައް ރާވަފައެވެ. މަހަށް ފުރާ އޮޑިތައް ހުރީ ބަނދަރުގައި ތައްޔާރަށެވެ. މުވައްޒަފުން މަހަށް ދިއުން އޮތީ މަޖުބޫރުކޮށްފައެވެ. މަސްދަތުރު ނުބޭއްވޭ ކުންފުންޏެއްގައި ނަމަ ސްޓާފް ބައްދަލުވުންތައް އޮތީ ރާވާފައެވެ. ބައެއް ކުންފުނިތަކުން މަސްވެރިންނާ އޮޑިވެރިންނަށް ޚާއްސަ އެކްސްޕޯތައް ތައްޔާރުކޮށްފައެވެ. މާލެއާއި ހުޅުމާލޭގައި ދެ ޖިންސު އެއްކޮށް ފޯރިނެގޭފަދަ ބޮޑެތި ޝޯވތައް ރާވާ ތައްޔާރުކޮށްފައެވެ. ކޮންމެ އަކަސް މި ބުނާ ޖަލްސާއަކަށް މީހުން ނުދާނެހާ ގޮތްތައް ރޭވުމުގައި އެދުވަހު ހަތަރުދަމު ސަރުކާރު އުޅުނީ އަވަދިނެތިއެވެ. އެހެންވެ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރެވޭނެ ގޮތެއްވެސް ރައީސަކަށް ނުވިއެވެ.

ޖަލްސާ ފެށިއްޖެއެވެ. އިސާހިތަކު ޖަލްސާ ކުރާ މައިދާން ފުރާލައިފިއެވެ. ޖަލްސާ އަށް އައި މީހުންނާއެކު އެތަން ތޮއްޖެހިއްޖެއެވެ. މީހުން އަޔަނުދޭން ސަރުކާރުން ހެދިހާ ފަންޑިތައެއް ބާތިލުވެ ސަރުކާރު ބިރުގަތް ބޮޑު ޖަލްސާ ފެށިއްޖެއެވެ. މިހާވަރަކުން ވެސް ސަލާމަތެއް ނުވިއެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޖަލްސާ ބަލަމުންދިއަ މީހުންގެ އަދަދު މައްޗަށް އަރަމުން ދިއައީ ރޮކެޓް ސްޕީޑުގައެވެ. މަސްދޯނިތަކަށް ލާ މަހަށް ފުރުވާލި އެންމެން ވެސް ޖަލްސާ ބަލަނީ އެވެ. ބައްދަލުވުމުގައި ތިބި މީހުންނާ އެކްސްޕޯތަކުގައި ތިބި މީހުންނާ މިއުޒިކް ޝޯވތަކުގައި ތިބި މީހުންވެސް ޖަލްސާ ބަލަނީއެވެ.

ރައްޖެޓީވީގެ އެކްސް ހެންޑަލް އިން 16،000 މީހުން ވަގުތުން ބަލަމުން ދިއައެވެ. ފޭސްބުކް އެކައުންޓުން ލައްކައަކަށްވުރެ ގިނަ މީހުންނެވެ. އިވެންޓް ނިމި މި ރިޕޯޓް ލިޔުމާ ހަމައަށް އައި އިރު ސޯޝަލް މީޑިއާއިން އެކަނި ވެސް 230،000ށް ވުރެ ގިނަ މީހުން މި ޖަލްސާ ބަލައިފިއެވެ.

ސަރުކާރު މުޅިން ހައިރާންކޮށްލައިފިއެވެ. ކޮސްކޮށްލައިފިއެވެ. ތަލިން ކުޅު ހިއްކާލައިފިއެވެ. އެހާ ބުރަކޮށް ސަރުކާރުން މި ޖަލްސާއަށް ހުރަސް އަޅަން ކުރި މަސައްކަތް ނާކާމިޔާބުވެ އިދިކޮޅު ޕާޓީގެ ޖަލްސާއަށް ލިބުނު ބޮޑު ތަރުހީބު ނުރުހުމުގައި ވެސް ގަބޫލުކުރަން މަޖުބޫރުވެއްޖެއެވެ. ފަހަރުގައި ސަރުކާރު ބިރުން އުޅުނީ މިހެން ވާނެކަން އެނގޭތީ ކަށްނޭނގެއެވެ. ނުވަތަ ބާއްވާލާ ބޮޑު ޖަލްސާއަކުން ވެސް ވެއްޓޭހާ ސަރުކާރު ބަލިކަށި ވެފައި އޮތީ ކަށްނޭނގެއެވެ.

ވީ ގޮތެއް އެނގޭނީ ސަރުކާރަށެވެ. ރައްޔިތުންނަށް އިނގެނީ މި ޖަލްސާ އެތައް ރިކޯޑެއް ހަދައިފި ކަމެވެ.

މަގޭ ރިޕޯޓްޤާނޫނުއަސާސީގެ ދިފާއުގައިމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު