Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރުންގެ ނަޒާހަތްތެރިކަން

މެންބަރުންގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނައި އިރު އެމްޑީޕީން 13 މެންބަރުން ގެންދިޔައީ ނަޒާހަތްތެރިކަމުގެ ސުވާލެއްވެސް ނެތި - ސައްލެ

ގައުމީ މަސްލަހަތަށް ބެލުމެއް ނެތި މި ޒާތަށް ހެދޭ ގާނޫނުތައް ރާއްޖޭގައި ނިމިދާތަން ފެންނަނީ ދިއްގާމަލުގެ މިސާލުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2024 | އަންގާރަ 18:13
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

މެންބަރުންގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް މި ސަރުކާރުން ގާނޫނުއަސާސީއަށް ބަދަލު ގެނައި އިރު އެމްޑީޕީން 13 މެންބަރުން ގެންދިޔައީ ނަޒާހަތްތެރިކަމުގެ ސުވާލެއްވެސް ނެތި ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

"ގާނޫނުއަސާސީގެ ދިފާއުގައި" އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ސައްލެ ވިދާޅުވީ މިއަދު ކަންކަން ހިނގަމުންދާގޮތަކީ ގޮންމުށުގެ ވެރިކަން، ހުދުމުހުތާރު ވެރިކަން ހިނގަމުންދިޔަ ގައުމުތަކުގައި އެތަންތާގެ ވެރިން ހިތަށް އެރި ކޮންމެ ކަމެއް ގާނޫނަށް ހަދަމުން ދިޔަގޮތަށް ކަމަށެވެ. ރާއްޖޭގައި ދާދި މިދާކަށް ދުވަހު މެންބަރުންގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ކަމަށް ބުނެ ހައެއްކަ ގަޑިއިރު ތެރޭގައި ގާނޫނުއަސާސީއަށް ބަދަލު ގެނައީ ރައްޔިތުން ކައިރީގައި ހޭވެސް އަހާނުލާކަމަށް ސައްލެއް ވިދާޅުވިއެވެ.

ސައްލެއް ވިދާޅުވީ އޭގެ ދުވަސްކޮޅެއް ކުރިން އެ ބޭފުޅުން އެމްޑީޕީން 13 މެންބަރުން ގެންދިޔައިރު ނަޒާހަތްތެރިކަމުގެ ސުވާލެއްވެސް ނެތް ކަމަށާއި ޕާޓީ ބަދަލުކުރުންވެސް އެންމެ ރަނގަޅު ކަމަށެވެ. ގައުމީ މަސްލަހަތަށް ބެލުމެއް ނެތި މި ޒާތަށް ހެދޭ ގާނޫނުތައް ރާއްޖޭގައި ނިމިދާތަން ފެންނަނީ ދިއްގާމަލުގެ މިސާލުގައި ކަމަށް ސައްލެއް ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ ވެރިކަމުގައި ގިނަ ދުވަހު ތިބުމުގެ މަގުސަދުގައި ކަންކަން ކުރަމުންދާއިރު، ބޭރު ދުނިޔޭގައި މި ރާއްޖެވެފައިވަނީ ބޮޑު އަރަތަކަށް ކަމަށެވެ. އާރު ނުލާ ޅޮސްގަނޑަކަށް ވެފައިވާ ކަމަށާއި، ގައުމުގެ މުގައްދަސް ސިފަތައް ރައްކާތެރި ކުރެވިގެން މެނުވީ އެކަކަށް ވެސް ރައްކާތެރިކަމެއް ނެތްކަމަށް ސައްލެއް ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ ގާނޫނުއަސާސީ ދިފާއުކުރަން ޖެހުމޭ ބުނުމަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫން ކަމަށެވެ. އެއިން ދޭހަވަނީ ގައުމުގެ އެންމެ މަތީ ދުސްތޫރުގެ ހައިސިއްޔަތުން އެ މައްޗަށް ލާޒިމްކުރާ ވާޖިބުތައް އަދާކުރުމުގައި ގާނޫނުއަސާސީ ނުކުޅެދިއްޖެކަމާއި، ގާނޫނު އަސާސީގެ ހުރުމަތް ކެނޑިއްޖެކަމާއި، ފަރުދީ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅިއްޖެކަން ކަމަށެވެ.

ސައްލެ ވިދާޅުވީ ގާނޫނުއަސާސީ ދިފާއުކުރަން ޖެހުމޭ ބުނުމަކީ ދައުލަތް ހިންގުމަށް ކަނޑައަޅާފައިވާ އޮނިގަނޑަށް ބުރާ އަރާފައިވާ ވާހަކައާއި ދައުލަތުގެ ޗެކް އެންޑް ބެލެންސް ގެއްލިއްޖެ ވާހަކަ ކަމަށެވެ. މުޖްތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކޮށާފައިވާ މަގުތައް ބެދިއްޖެކަމާއި، ކުރުގޮތަކަށް ދަންނަވާނަމަ ރައްޔިތުންގެ އަތުގައި އޮތް ބާރު ގެއްލިއްޖެ ވާހަކަ ކަމަށް ސައްލެއް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ކޮންޓްރޯލް އޮންނަންވާނީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެއީ ވެރިމީހާ އަތަށް ލާންޖެހޭ ބާރެއް ނޫން ކަމަށެވެ.

"އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން ވިޔަސް އެމްޑީޕީން މިހުރިހާ ބަދަލުތަކެއް ކުރިން އޮތްގޮތަށް ރުޖޫއަ ކުރާނަން. ވަރަށް ސާފުކޮށް އަޅުގަނޑު މިދަންނަވަނީ މިނިވަން ދިދައެއްގެ ހިޔާ ދަށުގައި ދިވެހިންގެ މި އިއްޒަތްތެރި ބިމުގައި އުނިކަން ނެތް ރޫހާނީ ބިމުގައި ދިވެހިން ނިކަމެތިވާ ގޮތަށް ކޫރުންތަކާ ރޮނގުތައް އަޅަން އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން" ސައްލެ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ ރާއްޖޭގައި ގާނޫނުތަކަށާއި، ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއި ގެންނަ ގޮތަކީ އަނދިރި ސަފްހާތައް އަލުން އިއާދަވެދާނެކަން ދައްކަމުން އަންނަ ނިޝާންތަކެއް ކަމަށެވެ.

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޤާނޫނުއަސާސީގެ ދިފާއުގައި

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު