Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާނޫނުއަސާސީ

"ސަރުކާރުން ކިތަންމެ ވަރަކަށް ނުރުހުނަސް ޤާނޫނު އަސާސީގެ ދިފާއުގައި ތެދުވާނެ ދިވެހިން ތިބޭނެ، ނުހުއްޓުވޭނެ"

ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ފުނޑާލަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް 10 ޑިސެމްބަރވާ އަންގާރަ ދުވަހު ކާނިވާ ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ދަނީ މަސައްކަތްކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޑިސެމްބަރު 2024 | ހުކުރު 13:15
ޤާނޫނު އަސާސީގެ ދިފާއުގައި ކަވަރޭޖްގެ ތެރެއިން

ޤާނޫނު އަސާސީގެ ދިފާއުގައި ކަވަރޭޖްގެ ތެރެއިން

ސަރުކާރުން ކިތަންމެ ވަރަކަށް ނުރުހުނަސް ޤާނޫނު އަސާސީގެ ދިފާއުގައި ތެދުވާނެ ދިވެހިން ތިބޭނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ފުނޑާލަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް 10 ޑިސެމްބަރ ވާ އަންގާރަ ދުވަހު ކާނިވާ ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ދަނީ މަސައްކަތްކުރަމުންނެވެ. ރާއްޖެޓީވީގެ ޤާނޫނު އަސާސީގެ ދިފައުގައި ކަވަރޭޖްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެ އެއްވުމަށް އާއްމުން ދިޔަ ނުދިނުމަށް ސަރުކާރުން އެކި ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުން އެކަން އެގޮތަށް ކުރަނީ ރައްޔިތުންގެ ބާރުތައް ނަގާލާ ރަސްކަމަކާއި ދިމާލަށް ޤައުމުގެ ވެރިކަން ގެންދިއުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ ނަމުގައި އެކުލަވާލި ފޮތަކީ ހައްގުތަކެއް ހޯދުމަށް އެކުލަވާލި ޤާނޫނު އަސާށސީ އެއް ކަމަށާއި، ޤާނޫނުތަކެއް ލިޔުނު ބޭނުމަކީ ޚިޔާލުފާޅުކުރުން ފަދަ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. ކުރިން ޤާނޫނުއަސާސީ ވުޖޫދުވުމުގެ ކުރިން ނުލިބޭ އެތައް ހައްގެއް އެ ޤާނޫނު އަސާސީ މެދުވެރިކޮށް ހޯދާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޚިޔާލުފާޅުކުރުމަކީ ގޯސްކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވީ ވެސް އެ ޤާނޫނު އަސާސީ ހޯދުމަށް އެތައް ބަޔަކު ކުރި މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން ކަމަށް މައުރޫފް ވިދާޅުވިއެވެ. ރައްޔިތުންގެ ބާރުގެ ދިފާއުގާ ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް، އެ ގާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިސްހާލު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައަށް ދަ ޑިމޮކްރެޓްސް އިން ތަދައްހުލުވާން ވަނީ ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މައުރޫފް އަހުމަދު (މާއްޓޭ)ޤާނޫނުއަސާސީގެ ދިފާއުގައި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

05 ފެބުރުއަރީ 2025
"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"
11 ޑިސެމްބަރު 2024

ވީ ގޮތެއް އެނގޭނީ ސަރުކާރަށެވެ. ރައްޔިތުންނަށް އިނގެނީ މި ޖަލްސާ އެތައް ރިކޯޑެއް ހަދައިފި ކަމެވެ

11 ޑިސެމްބަރު 2024
ވީ ގޮތެއް އެނގޭނީ ސަރުކާރަށެވެ. ރައްޔިތުންނަށް އިނގެނީ މި ޖަލްސާ އެތައް ރިކޯޑެއް ހަދައިފި ކަމެވެ
11 ޑިސެމްބަރު 2024

އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

11 ޑިސެމްބަރު 2024
އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
11 ޑިސެމްބަރު 2024

ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

11 ޑިސެމްބަރު 2024
ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް
11 ޑިސެމްބަރު 2024

ހުދުމުހުތާރު ވެރިކަމެއްގައި ހަދާ ދޮގުތައް ރައްޔިތުން ބަލައިނުގަންނަން ފެށީމާ ދެން ފެންނާނީ ގާނޫނުތަކަށް ބަދަލު ގެންނަތަން - ޝައުނާ

11 ޑިސެމްބަރު 2024
ހުދުމުހުތާރު ވެރިކަމެއްގައި ހަދާ ދޮގުތައް ރައްޔިތުން ބަލައިނުގަންނަން ފެށީމާ ދެން ފެންނާނީ ގާނޫނުތަކަށް ބަދަލު ގެންނަތަން - ޝައުނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު