Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން

ޓްވީޓަކުން ކުށްވެރިވި ޒަމާން އަނބުރާ އިއާދަކުރައްވަނީތޯ؟

ޓްވީޓެއްކޮށްގެން ކުށްވެރިވާނަމަ ދެން އޮންނާނީ ކޮން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ބާވައޭ މީހުން ބުނަން ފަށައިފިއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 14:53
ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުން

ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުން

ދާދި އިހަކަށް ދުވަހެވެ. ފެނިގެން ދިޔަ މަންޒަރަކީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރި މަންޒަރެވެ. އަދި އެކަމާއި ދެކޮޅަށް ފުލުސް އޮފީސް ކައިރިއަށް އެއްވެ އާއްމުން ޚިޔާލު ފާޅުކުރި މަންޒަރު ވެސް ފެނިގެން ދިޔައެވެ. އެ ދުވަހު ހިތަށް އެރިއެވެެ. ބުރަ މަސައްކަތުން ބަޔަކު ޚިޔާލު ފާޅުކުރުމުގެ ހައްގު ހޯދީ މި ދުވަސް ދެކެންބާވައެވެ؟ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ހޯދާފައި ވަނިކޮށް ސުލްހަވެރިކަމާއި އެކު ޚިޔާލު ފާޅުކުރަން ފުރުސަތު ނުދިނުމަކީ ކިހާ ބޮޑު ބޭއިންސާފެއްތޯއެވެ؟ ސިޔާސީ ގޮތުން ވަކި މަޤްސަދެއް ހާސިލްކުރަން ފުލުހުންގެ ހަކަތަ ޓްވީޓެއް ކުރާ މީހުންގެ ފަހަތުން ހޭދަ ކުރާ މިންވަރަށް އަނެއްކާވެސް ޤައުމުގެ ކަންކަން ބޮއްސުން ލީބާވައެވެ.

އެހެނެއް ނޫނެވެ. ނުރައްކަލެއް އޮތިއްޔާ ހަމަ ބަލަންވީއެވެ. އަނިޔާ އާއި އަޅުގަނޑުވެސް ދެކޮޅެވެ. އެކަމަކު ބަލާ ބަލާވެސް އަނިޔާވެރިކަމަށް ހިތްވަރު ދިން ކަަމަށް އެ ބުނާ ޓްވީޓުގައި އަނިޔާވެރިކަން ރައްދުވާ މީހަކު ބުނެދެވުނު މީހަކު ހަރާމެވެ. އެ ބުނާ ކައްޒާބަކަށް ގޮވައިގެން މާ ބޮޑަށް މީހަކު ކުށްވެރި ވި އިރު އެއީ ކާކުކަން ދެނަހުރި ޝަހްސެއް ނެތެވެ. ތާކުންތާކު ޖެހޭ މޭރުމަކުން ސުވާލެއް ވެސް އެކަމާއި މެދު ނުކުރެވުނެވެ. ތުއްތު ހާޒިރުކުރުމަކީ ސިޔާސީ ކަމެއްކަމަށް ބުނަނީ މިހެންވެގެންނެވެ.

ޝާފިއު ފުލުހަށް ހާޒިރުކުރުމަކީ ސިޔާސީ ކުލަ ޖެހިގެން ހިނގާ ކަމެއް ކަމަށް އެތަނަށް އެއްވި ސިޔާސީ ބޭފުޅުންވެސް ޤަބޫލުކުރައްވާކަން އެ ބޭފުޅުންގެ ވާހަކައިން އެނގެއެވެ. އެކަމުގެ ސަބަބުން ނަޒާހަތްތެރިކަމާއި އެކު ފުލުހުން މަސައްކަތް ކުރާ ކަމާއި މެދު ސުވާލު ކުރަން ފުރުސަތު ލިބުމުގެ ލަދުވެތި ދުވަސްތައް އިއާދަވާކަން އެ ބޭފުޅުން ވެސް ޤަބޫލުކުރައްވައެވެ. އެ އެއްވުމުގައި މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި މަޖިލީހުގެ ކުރީގެ މެމްބަރުން ބައިވެރިވި އިރު އެ ބޭފުޅުން ވެސް ވިދާޅުވަނީ ޓްވީޓެއްކޮށްގެން މި މިންވަރަށް ކުށްވެރިވުން މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ފަހަތަށް އެޅި ފިޔަވަޅެއްކަމެވެ.

ނުވިތާކަށް މިއީ ޤާނޫނުއަސާސީ އަށް ބަދަލުގެނެސްގެން ސަރުކާރުން ބޭނުން ވަނީ ޚިޔާލު ފާޅުކުރުން އެއްކޮށް ނައްތާލަންކަން މިހާރު ހާމަވަމުންދާ ކަމަށް ބުނާ ބޭފުޅުން ވެސް މަދެއް ނޫނެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުން މިއީ އަދި ފެށުމެކެވެ. މިއީ އިދިކޮޅު ޕާޓީ އަަށް ބިރު ދައްކާ ސަރުކާރާއި ދެކޮޅަށް ބަސްބުނުން ހުއްޓުވުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ފުލުހަށް ހާޒިރުކޮށްގެން ހާސިލްކުރަން ބޭނުންވާކަމަކީ ބިރުވެރިކަން އުފެއްދުން ކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. ޤާނޫނާއި ޤަވައިދުތަކަށް ބަދަލު ގެނެސްގެން ކުރަމުންދާ ކަމަކީ މީޑިއާގެ ކޮންޓްރޯލް ހާސިލްކުރުން ކަމަށް އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ސަރުކާރުގެ ވިސްނުން ހުރި މިސްރާބު ކަމަށް ވާނަމަ މިއީ ނުރައްކާތެރި ފާލެެކެވެ. ޓްވީޓެއްކޮށްގެން ދަމާކޫތާފަ ދެއިރު ދެދަޅައަށް ފުލުސް އޮފީހަށް މީހުން ދެމި ޒަމާނެއް ދިވެހިން ދެކުނެވެ. އެއީ އެންމެ ރަނގަޅުކަމެއް ކަމަށް ދެކޭނަމަ އެއީ ސަރުކާރުގެ ވިޔާނުދާ، ނެއެއްގާނީ ވިސްނުމެވެ. އެހެންކަމަށް ވާނަމަ ސަރުކާރުގެ ވިސްނުން ހުރީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުން އެތައްތަނެއް ފަހަތަށް ސޮއްސާލާނެ މޭރުމަކުންނެވެ. ސާފުވާ ކަމަކީ ފެނިގެން އެ ދިޔަ މަންޒަރަކީ މިއީ ޤާނޫނީ ގޮތުން ލިބިފައިވާ ހައްގުތައް ހަނިކުރުމަށް ބާރު ލިބޭ ކަމެއްކަމެވެ. ޓްވީޓެއްކޮށްގެން ކުށްވެރިވާނަމަ ދެން އޮންނާނީ ކޮން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއްތޯއެވެ؟ ޓްވީޓަކުން ކުށްވެރިވި ޒަމާން އަނބުރާ އިއާދަކުރައްވަނީތޯއެވެ؟

މިނިވަންކަންޤާނޫނު އަސާސީ ޤާނޫނުއަސާސީގެ ދިފާއުގައި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

05 ފެބުރުއަރީ 2025
ވީ ގޮތެއް އެނގޭނީ ސަރުކާރަށެވެ. ރައްޔިތުންނަށް އިނގެނީ މި ޖަލްސާ އެތައް ރިކޯޑެއް ހަދައިފި ކަމެވެ

ވީ ގޮތެއް އެނގޭނީ ސަރުކާރަށެވެ. ރައްޔިތުންނަށް އިނގެނީ މި ޖަލްސާ އެތައް ރިކޯޑެއް ހަދައިފި ކަމެވެ

11 ޑިސެމްބަރު 2024
އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

11 ޑިސެމްބަރު 2024
ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

11 ޑިސެމްބަރު 2024
ހުދުމުހުތާރު ވެރިކަމެއްގައި ހަދާ ދޮގުތައް ރައްޔިތުން ބަލައިނުގަންނަން ފެށީމާ ދެން ފެންނާނީ ގާނޫނުތަކަށް ބަދަލު ގެންނަތަން - ޝައުނާ

ހުދުމުހުތާރު ވެރިކަމެއްގައި ހަދާ ދޮގުތައް ރައްޔިތުން ބަލައިނުގަންނަން ފެށީމާ ދެން ފެންނާނީ ގާނޫނުތަކަށް ބަދަލު ގެންނަތަން - ޝައުނާ

11 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު