Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގައި އަނެއްކާވެސް ލޭގެ ކޯރެއް – އިޒްރޭލުން އިމާރާތަކަށް ބޮން އަޅާ 40 މީހުން ޝަހީދުކޮށްފި

1 ޑިސެމްބަރު 2024 | އާދީއްތަ 06:54

މެޑިކަލް މަޞްދަރުތަކުން ރިޕޯޓުކުރި ގޮތުގައި، ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން 100 ށް ވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދު ވެފައިވެއެވެ.

ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2024 | އާދީއްތަ 06:54
އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވެފައިވާ މީހުންގެ ކައިރީގައި އާއިލާގެ މެންބަރުން ހިތާމައިގައި

އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވެފައިވާ މީހުންގެ ކައިރީގައި އާއިލާގެ މެންބަރުން ހިތާމައިގައި

އިސްރާއީލުގެ ބާރުތަކުން ހޮނިހިރު ދުވަހުގެ ރޭ އުތުރު ޣައްޒާގައި އަނެއްކާވެސް އާ ގަތުލުއާންމެއް ހިންގައިފިއެވެ.

މިފަހަރު އަމާޒުކޮށްފައިވަނީ ތާލް އަލް-ޒައާތަރު ސަރަޙައްދުގައި ހުރި އާއިލާތައް ދިރިއުޅޭ ރެސިޑެންޝަލް އިމާރާތަކަށެވެ. މި ހަމަލާގައި މަދުވެގެން 40 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ވަފާ ނިއުސް އިން ބުނެފައިވެއެވެ. އަދި އެތައް ބަޔަކު އިމާރާތުގެ ދަށުވެފައިވެއެވެ.

ސަރަހައްދުގެ މަޞްދަރުތަކުން ވާފާއަށް މައުލޫމާތު ދިންގޮތުގައި އިސްރާއީލީ ފައިޓަރ ޖެޓްތަކުން އިމާރާތަށް ހަމަލާދީފައިވެއެވެ. މި އިމާރާތަކީ އަލް-އަރާޖް ޢާއިލާއަށް ނިސްބަތްވާ މީހުން ދިރިއުޅޭ އިމާރާތެއް ކަމަށާއި، އަދި މިހާރު މި އިމާރާތް ބޭނުންކުރަމުން އައީ ރިހާބިލިޓޭޓް ކުރެވިފައިވާ އާއިލާތައް ބޭތިއްބުމަށް ކަމަށް ބުނެފައިވެއެވެ. އެމަރޖެންސީ ރެސްޕޮންސް ޓީމްތައް ނެތުމާއި، އިމާރާތް ފުނޑުފުނޑު ވެފައިވާތީ، އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައިވެއެވެ.

މެޑިކަލް މަޞްދަރުތަކުން ރިޕޯޓުކުރި ގޮތުގައި، ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން 100 ށް ވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދު ވެފައިވެއެވެ. އަދި ހަމަ އެ މަސްދަރުތަކުން ފާހަގަކުރިގޮތުގައި، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އުތުރު ޣައްޒާގެ ޖަބާލިޔާ އަދި ބައިތު ލަހިޔާގައި އިސްރާއީލީ ބާރުތަކުން ބޮންއެޅި އިމާރާތްތަކުގެ ދަށުވެފައި އެތައް ބަޔަކު ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މީގެ އިތުރުން، އިސްރާއީލީ ބާރުތަކުން ބައިތު ލަހިޔާގައި ހުރި އެތައް ރެސިޑެންޝަލް އިމާރާތްތަކަކާއި ގެތަކެއް ވަނީ ގޮއްވާލާފައެވެ. މީގެ ކުރިން، ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި ހުންނަ އިޓަލިއަން ކޮމްޕްލެކްސް ކައިރީގައި ހުރި އަލް-ބަޠްރާން ޢާއިލާގެ ގެއަކަށް އިސްރާއީލީ ހަނގުރާމަ މަތިންދާބޯޓުތަކުން ބޮންއެޅުމުގެ ސަބަބުން ތިން ފަލަސްޠީނު މީހުން އިތުރު ބަޔަކަށް އަނިޔާވެފައިވެއެވެ.

ވައިގެ މަގުން ދިން އެހެން ހަމަލާއެއްގައި، ޣައްޒާގެ މެދުތެރޭގެ ނުސައިރާތު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް އިސްރާއީލީ ޖެޓްތަކުން ހަމަލާދިނުމުގެ ސަބަބުން 6 ފަލަސްޠީނު މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި ހަމައެއާއެކު، ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ ޤިޒާން އަލް-ނައްޖާރު ސަރަޙައްދުގައި ކާޑު ހޯދަން ކިއޫގައި ތިބި އާންމުންގެ ބަޔަކަށް އިސްރާއީލީ ބާރުތަކުން ބޮންއެޅުމުގެ ސަބަބުން 12 ފަލަސްޠީނު މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިނގަމުންދާ އިސްރާއީލީ އަނިޔާވެރިކަމުގެ ސަބަބުން މިހާތަނަށް މަދުވެގެން 44,363 ފަލަސްޠީނު މީހުން ޝަހީދުވެފައިވާކަން ރެކޯޑް ތަކުން އެނގެއެވެ. އަދި 105,070 ށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމާއި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ގަތުލުއާންމު ހުއްޓުވުމަށާއި ޣައްޒާގެ ނާޒުކު އިންސާނީ ޙާލަތު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް އަންގާފައިވީ ނަމަވެސް، އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ހަމަލާތައް ދަނީ މެދުނުކެނޑި ކުރިއަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް