Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

އުތުރު ކޮރެއާ އިން މިހާތަނަށް އެމެރިކާގެ ހަތަރު ރައްޔިތަކު ހައްޔަރުކޮށްފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 8 މެއި 2017 | ހޯމަ 09:22
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

އުތުރު ކޮރެއާއާ މެދު "ރުޅިވެރިކަމުގެ އަމަލު" ހިންގުމުގެ ތުހުމަތުގައި އެމެރިކާގެ ހަތަރު ވަނަ މީހާ ހައްޔަރުކޮށްފައިވާ ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.

ކިމް ހަކް ސޯން ނަމަކަށް ކިޔާ އެމެރިކާ މީހާ ހޮނިހިރު ދުވަހު އުތުރު ކޮރެއާ އިން ހައްޔަރުކޮށްފައި ވާއިރު، އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނީ ކިމް ހަކް ސޯން "ޕިޔޮންޔަން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ" ގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އުތުރު ކޮރެއާ އިން ބުދަ ދުވަހު ހާމަކޮށްފައި ވަނީ ކިމް ހަކް ސޯން އާއި އެއް ތަނެއްގައި މަސައްކަތް ކުރި އެކައުންޓިން ޕްރޮފިސަރެއް ކަމަށްވާ ކިމް ސަންގް ޑޮކް ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ މަސައްކަތްކުރީ އުތުރު ކޮރެއާ ސަރުކާރާ މެދު ނަފްރަތު އުފައްދާ ސަރުކާރު ވައްޓާލަން ކަމަށް ވެސް އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ. ކިމް ސަންގް ޑޮކް ހައްްޔަރުކޮށްފައި ވަނީ އޭޕްރީލްގައި ޕިޔޮންޔަންގެ އެއާޕޯޓުންނެވެ.

ދެކޮރެއާ މައްސަލާގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދެކޮރެއާ ސަރަހައްދު ހަލަބޮލިވެފައި ވާއިރު، އުތުރު ކޮރެއާ އިން ހަވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ. އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން ވެގެން އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލަން އުޅޭ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ދާދި ފަހުން ވަނީ ބުނެފައެވެ.

ދެކޮރެއާ މައްސަލައާ ބެހޭ ގޮތުން ދާދި ފަހުން އެމެެރިކާ އިން ޗައިނާ އަށް ގޮވާލާފައި ވަނީ އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް ޗައިނާ އިން އުތުރު ކޮރެއާ އަށް ބާރު އެޅުމަށެވެ. ޗައިނާއަކީ އުތުރު ކޮރެއާ ގެ އެންމެ ބާރުގަދަ ރަހްމަތްތެރިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު