Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ޑޯޓްމަންޑު ކައިރިން ބަޔާން ސަލާމަތްކޮށްދިނީ މުސިއާލާ

1 ޑިސެމްބަރު 2024 | އާދީއްތަ 06:19

ނަތީޖާ އާއެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 12 މެޗުން 30 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2024 | އާދީއްތަ 06:19
މެޗުގައި މުސިއާލާ ލަނޑު ޖަހަނީ

މެޗުގައި މުސިއާލާ ލަނޑު ޖަހަނީ

ޖަރުމަނު ލީގުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މިއުނިކް އެއްވަރުވެއްޖެ އެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޑޯޓްމަންޑުންނެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން ބަޔާން ވަނީ މެޗު އެއްވަރު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ޖޭމީ ގިޓެން އެވެ. އޭގެ ފަހުން ވެސް މެޗުގައި ޑޯޓްމަންޑުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގައި ބަޔާނުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މިކޭލް އޮލައިސް އެވެ.

ނަތީޖާ އާއެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 12 މެޗުން 30 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން ވަނީ ނުވަ މެޗުން މޮޅުވެފަ އެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު، އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު

22 އެޕްރީލު 2017
ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
15 އެޕްރީލު 2017

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

15 އެޕްރީލު 2017
ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
12 އެޕްރީލު 2017

ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!

12 އެޕްރީލު 2017
ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް