Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު ގުރު

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

ރެއާލް އާއި ބަޔާން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީގައި 2014 ވަނަ އަހަރު ވާދަކޮށްފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 17 މާރިޗު 2017 | ހުކުރު 17:01
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ޓީމުތައް ބައްދަލުކުރާ ގޮތް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ޓީމުތައް ބައްދަލުކުރާ ގޮތް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޖަރުމަނުގެ ބޮޑު ބާރު ބަޔާން މިއުނިކް އާއި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ބާސެލޯނާ އާއި އިޓަލީގެ ޔުވަންޓަސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ހުކުރު ދުވަހު ހަވީރު ނެގި ގުރުގައި ކުއާޓާގައި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ އަދި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރަން ޖެހޭއިރު، ފްރާންސްގެ އޭއެސް މޮނާކޯ ބައްދަލުކުރަން ޖެހޭނީ ޖަރުމަނުގެ ބްރޯޝިއާ ޑޯޓްމަންޑްއާ އެވެ.

މުބާރާތުގެ ކުއާޓާ އަށް ރެއާލް މެޑްރިޑް ދަތުރުކުރީ ގަދަ 16 ގައި އިޓަލީގެ ނަޕޯލީ ކަޓުވާލުމަށް ފަހު އެވެ. އިނގިރޭސި ކްލަބް އާސެނަލް ކަޓުވާލުމަށް ފަހު ބަޔާން ކުއާޓާއިން ޖާގަ ހޯދިއިރު، ބާސާ ކުއާޓާ އިން ޖާގަ ހޯދީ ފްރާންސްގެ ޕީއެސްޖީ ބަލިކުރުމަށް ފަހު އެވެ. ޔުވަންޓަސް އިން ޕޯޗުގަލްގެ ޕޯޓޯ ބަލިކޮށް ކުއާޓާގެ ޖާގަ ކަށަވަރުކުރިއިރު، ކުއާޓާ އިން ލެސްޓާ ޖާގަ ހޯދީ ސްޕެއިންގެ ސެވިއްޔާ ބަލިކުރުމަށް ފަހު އެވެ.

ބާސާ އާއި ޔުވަންޓަސް ވަނީ 2015 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފައެވެ. އެފަހަރު 1-3 ގެ ނަތީޖާއިން ޔުވަންޓަސް ބަލިކޮށް ބާސާ އިން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.

މީގެއިތުރުން ރެއާލް އާއި ބަޔާން ވަނީ 2014 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީގައި ވާދަކޮށްފައެވެ. އެފަހަރު 0-5 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް އިން ވަނީ ބަޔާން ބަލިކޮށްފައެވެ.

ކުއާޓާގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11 ވަނަ ދުވަހު އެވެ. އެގޮތުން އެޓްލެޓިކޯ އާއި ލެސްޓާ ބައްދަލުކުރާ ފުރަތަމަ ލެގު އެޓްލެޓިކޯ ދަނޑުގައި ކުޅޭ އިރު، ބަޔާން އާއި ރެއާލް ބައްދަލުކުރާ ފުރަތަމަ ލެގު ކުޅޭނީ ބަޔާން ދަނޑުގައެވެ. މީގެއިތުރުން ޑޯޓްމަންޑް އާއި މޮނާކޯ ކުޅޭ ފުރަތަމަ ލެގު ޑޯޓްމަންޑް ދަނޑުގައި ކުޅޭއިރު، ޔުވަންޓަސް އާއި ބާސާ ބައްދަލުކުރާ ފުރަތަމަ ލެގު ކުޅޭނީ ޔުވަންޓަސް ދަނޑުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު