Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރޫޝިއާ ޑޯޓްމަންޑް

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

ބާޓްރާއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ހަތަރު ހަފްތާތެރޭގައި

ލީވާން އަލީ
ލީވާން އަލީ | 15 އެޕްރީލު 2017 | ހޮނިހިރު 19:24
ބްރޫޝިއާ ޑޯޓްމަންޑް ކުޅުންތެރިން ހަމަލާ ދިން ސަރަޙައްދުން ދަނީ

ބްރޫޝިއާ ޑޯޓްމަންޑް ކުޅުންތެރިން ހަމަލާ ދިން ސަރަޙައްދުން ދަނީ

މިދިޔަ އަންގާރަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބްރޫޝިއާ ޑޯޓްމަންޑް އަދި އޭއެސް މޮނާކޯ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗަށް ސްޓޭޑިއަމަށް ދިއުމަށް، ޑޯޓްމަންޑް ޓީމު ދަތުރުކުރަނިކޮށް، އެޓީމު ދަތުރުކުރި ބަހަށް އަމާޒުވި ހަމަލާއާއެކު، މުބާރާތުން ވަކިވުމަށް ވިސްނަމުން ދާކަމަށް އެ ކްލަބުގެ ސީއީއޯ ހެންޒް ޖޯކިމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޯކިމް ވިދާޅުވީ މުބާރާތް ދޫކޮށްލުމަށް އޭނާ ހުށަހަޅާ ކަމަށާއި، އެހެންނަމަވެސް އެ ނިންމުމާއެކު ހަމަލާދިން ފަރާތްތަކަށް ކާމިޔާބީ ލިބުނު ކަމަށް ދެކޭ ކަމަށެވެ. އެގޮތުން އެކަމަށް އަދި ވަކިގޮތެއް ނުނިންމާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމަލާ އަމާޒުވިތާ 24 ގަޑިއިރު ތެރޭގައި އަލުން މެޗު ކުޅެން ޖެހުމުން ޔުއެފާއަށް ޑޯޓްމަންޑުގެ ކޯޗު ތޯމަސް ޓުޗެލްވެސް ވަނީ ފާޑުކިޔާފައެވެ. އެހެންނަމަވެސް އެ މެޗު 24 ގަޑިއިރުތެރޭގައި އަލުން ކުޅެން ނިންމީ ދެ ކްލަބުން އެއްބަސްވެގެންނެވެ.

ޑޯޓްމަންޑް އަދި މޮނާކޯ ބައްދަލުކުރި މެޗު ބުރާސްފަތި ދުވަހު ކުޅެފައިވާއިރު، އެ މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މޮނާކޯ އެވެ. މި މެޗު ކުޅެފައިވަނީ ޑޯޓްމަންޑްގެ ދަނޑުގައެވެ.

ޑޯޓްމަންޑް ދަތުރުކުރި ބަހަށް ދިން ހަމަލާއާއެކު އެންމެ ބޮޑަށް އަނިޔާވެފައިވަނީ އެޓީމުގެ ޑިފެންޑަރު މާކް ބާޓްރާ އަށެވެ. އެގޮތުން އޭނާގެ އަތަށް ޒަޚަމްތަކެއް ލިބިފައިވާއިރު، ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ހަތަރު ހަފްތާތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު