Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުންޑަސް ލީގާ

ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު

މޮޅުނުވާތާ ހަތަރު މެޗު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 22 އެޕްރީލު 2017 | ހޮނިހިރު 22:59
މެއިންޒް އަތުން އެއް ޕޮއިންޓާއިއެކު ނިންމާލަން ޖެހުމުން ބެޔާން ކުޅުންތެރިން ނުތަނަވަސް ކަމެއްގައި

މެއިންޒް އަތުން އެއް ޕޮއިންޓާއިއެކު ނިންމާލަން ޖެހުމުން ބެޔާން ކުޅުންތެރިން ނުތަނަވަސް ކަމެއްގައި

ޖަރުމަނު ބުންޑަސް ލީގާގައި ހޮނިހިރު ދުވަހުގެ ރޭ ތާވަލްގެ ތޭރަ ވަނައިގައި އޮތް މެއިންޒްގެ އަތްދަށުން ބެޔާން މިއުނިކަށް ސަލާމަތް ވެވޭގޮތެއް ނުވިއެވެ.

ބެޔާންގެ ދަނޑުގައި ކުޅުނު މެޗު ނިމުން 2-2 އިން އެއްވަރު ވެގެންނެވެ. މި ނަތީޖާއާއެކު ބެޔާން މެޗަކުން މޮޅުނުވާތާ ހަތަރެއް ހަމަވީއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ސްޕެއިންގެ ރެއާލް އަތުން ބަލިވެ މުބާރާތާއި ވަކިވާންޖެހުނު ބެޔާން މިހާރު އޮތީ ނުވަ ޕޮއިންޓްގެ ފަރަގަކާއެކު ތާވަލްގެ އެއްވަނައިގައެވެ. ލީގުގައި ބެޔާންއަށް ބާކީ އޮތީ ފަސްމެޗެވެ.

މެޗުގެ ތިން ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ މެއިންޒް އިންނެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ބޯޖަންއެވެ. އޭގެ އިރުކޮޅެއް ފަހުން ބެޔާނުންވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.

ތޭރަވަނަ މިނެޓުގައި ރިބެރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑުޖަހާފައިވަނީ ރޮބެންއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެއިންޒްގެ ފަރާތުން ދެވަނަ ލަނޑެއްވަނީ ފެނިފައެވެ.

ފުރަތަމަ ހާފްގެ ސާޅީސް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބްރޮސިންސްކީއެވެ. ބެޔާންއިން ނަތީޖާ ހަމަހަމަ ކުރާ ފަހުހާފްގެ ހަތްދިހަ ތިން ވަނަ މިނެޓުގައެވެ.

ތިއާގޯ އަލްކަންޓަރާ ލަނޑަށްފަހުވެސް ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސްވެފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2022

ރާއްޖެއަށް ސްރީލަންކާ އަތުންވެސް ސަލާމަތެއް ނުވެވުނު، ފައިނަލްގެ ފުރުޞަތެއް ނެތް!

31 ޖުލައި 2022
ރާއްޖެއަށް ސްރީލަންކާ އަތުންވެސް ސަލާމަތެއް ނުވެވުނު، ފައިނަލްގެ ފުރުޞަތެއް ނެތް!
21 ޖުލައި 2022

ގްރީންއަށް މިފަހަރުވެސް އީގަލްސް އަތުން މޮޅެއްނުވެވުނު

21 ޖުލައި 2022
ގްރީންއަށް މިފަހަރުވެސް އީގަލްސް އަތުން މޮޅެއްނުވެވުނު
17 ޖުލައި 2022

ސިޓީގެ ތިން ކުޅުންތެރިއަކަށް ޕްރީ ސީޒަން ޓުއަރގައި ބައިވެރިނުވެވުނު!

17 ޖުލައި 2022
ސިޓީގެ ތިން ކުޅުންތެރިއަކަށް ޕްރީ ސީޒަން ޓުއަރގައި ބައިވެރިނުވެވުނު!
07 ޖޫން 2022

ފްރާންސަށް ކްރޮއޭޝިއާ އަތުން މޮޅެއް ނުވެވުނު!

07 ޖޫން 2022
ފްރާންސަށް ކްރޮއޭޝިއާ އަތުން މޮޅެއް ނުވެވުނު!
11 އެޕްރީލު 2022

ލެވާންޓޭ ކައިރިން ބާސެލޯނާ މޮޅުވީ ކިރިޔާ!

11 އެޕްރީލު 2022
ލެވާންޓޭ ކައިރިން ބާސެލޯނާ މޮޅުވީ ކިރިޔާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު