Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންނަށް ބިރު ދެއްކުން

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބިރު ދައްކައިގެން ވެރިކަން ކުރައްވަން: މާރިޔާ

މި ސަރުކާރުން ނުއަގުގައި ދެ ޑްރޯނެއް ގަތުން ފިޔަވައި އިތުރު ކަމެއް ކޮށްފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ނޮވެމްބަރު 2024 | ހުކުރު 05:28
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބިރު ދައްކައިގެން ވެރިކަން ކުރައްވަން ކަމަށް އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި މާރިޔާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ މަސްވެރިކަމުގެ ސިނާއަތް މިހާރު ފުޑާލާފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ރަންބިސް އަޅާ ކުކުޅު، ފަތުރުވެރިކަމުގެ ސިނާއަތް ފުޑާލުމަށް ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ ހާލަތަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ މިސަރުކާރަށް އެއްއަހަރު ވެގެންދިޔައިރު، ނުއަގުގައި ދެ ޑްރޯނެއް ގަތުން ފިޔަވައި އިތުރު ކަމެއް ކޮށްފައިނުވާ ކަމަށާއި، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށެވެ. މުޅި ރާއްޖެ ފަގީރުވާނެ ގޮތަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހުރިހާ އެއްޗެއް އަގު ބޮޑު ކޮށްފައިވާ ކަމަށާއި، މުދާ ނުލިބި ވިޔަފާރިތައް ބަގުރޫޓުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޚިދުމަތްތައް ވެސް އަގު ބޮޑުކޮށްފައިވާ ކަމަށާއި، ކަރަންޓު ބިލާއި، ފެން ބިލު ވެސް ބޮޑުކޮށް، ރައްޔިތުންނަށް ލިބިފައިވާ ބޯހިޔާވަހިކަން ވެސް ނުދީ ހިފައްޓައި، ރައްޔިތުން ބިކަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ވެރިކަން ކުރުމަށް ރައްޔިތުންނަށް މިސަރުކާރުން ދަތިކުރަމުންދާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ބިރު ދެއްކުމަށް ވެސް މަސައްކަތް ކުރާ ކަމަށާއި، ރައްޔިތުންގެ ބާރު ކެނޑޭ ގޮތަށް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ގެންނަމުންދަނީ އެ އުސޫލުން ވެރިކަން ކުރުމަށް ކަމަށެވެ.

މާރިޔާ ވިދާޅުވީ މިސަރުކާރުގައި ގައުމު ގެންގޮސްފައިވާ ހިސާބުން ހުއްޓިތިބެގެން ނެތް ކަމަށެވެ. އެހެންކަމުން ރައްޔިތުން މިއަދު ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު